• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ ޕްރައިމަރީން ބަލިވުމުން ޕާޓީގެ ކެނޑިޑޭޓާ ވާދައަށް ނުކުތުމަކީ ވަރަށް ދެރަ ކަމެއް: ހަސަން ލަތީފް

ޕްރައިމަރީން ބަލިވުމުން ޕާޓީގެ ކެނޑިޑޭޓާ ވާދައަށް ނުކުތުމަކީ ވަރަށް ދެރަ ކަމެއް: ހަސަން ލަތީފް


އިންތިޚާބުތަކުގެ ޕްރައިމަރީން ބަލިވުމުން އަމިއްލަގޮތުން ނުކުމެ ޕާޓީގެ ކެނޑިޑޭޓާ ވާދަކުރުމަކީ ވަރަށް ދެރަކަމެއްކަމަށް ރައްޔިތުން މަޖިލީހުގެ ހެންވޭރު ހުޅަނގުދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޗެއަރޕަސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.އެމްޑީޕީގެ ރަށްވެހި ފަތިސް ކެމްޕެއިންގެ ތެރެއިން ހުވަދު އަތޮޅު ދެކުނު ބުރިއަށް ކުރެއްވި ދަތުރުފުޅުގައި ގދ ތިނަދޫއަށް ވަޑައިގެން ތިނަދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ، އެމްޑީޕީއަކީ ވަކި ޚާއްސަ އުސޫލުތަކަކާއި ހަމަތަކެއް ގެންގުޅޭ ޕާޓީއެއް ކަމަށެވެ. އެގޮތުން ޕާޓީގެ ތެރޭގައި ޕްރައިމަރީއެއް ބާއްވައި ކެނޑިޑޭޓުންތަކެއް ހޮވާފަހުން، ޕްރައިމަރީން ބަލިވާ ކެނޑިޑޭޓުން އަމިއްލަ ގޮތުން އިންތިޚާބުގައި ބައިވެރިވެ ޕްރައިމަރީ ކާމިޔާބުކުރި ކެނޑިޑޭޓާ ވާދަކުރުމަކީ ހިތާމަހުރި ކަމެއްކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

މި މުހިއްމު ނިންމުން ހަޤީޤަތުގައި މި ނިންމަންޖެހޭ ސަބަބަކީ ދިވެހިރައްޔިތުންގެ ޕާޓީއަކީ އެނގިވަޑައިގަންނަވާނެ އުސޫލުތަކަކާއި ހަމަތަކެއް ދަމަހައްޓާ ޕާޓީއެއް، އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ޕާޓީގެ ޕްރައިމަރީ ބާއްވައިގެން ކެނޑިޑޭޓުންތަކެއް ހޮވައި، އެ ކެނޑިޑޭޓުން އަޅުގަނޑުމެން ގޮނޑިތަކަށް ހޮވަން މަސައްކަތް ކުރާއިރު، ޕާޓީގެ ތެރޭގައި ތިބޭ އެހެން ބަޔަކު، އެހެން މެމްބަރުންތަކެއް ނުކުމެ އަޅުގަނޑުމެންގެ ޕްރައިމަރީ ކާމިޔާބުކުރި ކެނޑިޑޭޓުންނާ ވާދަކުރާނަމަ އެއީ ވަރަށް ދެރަ ކަމެއް، ހަޤީޤަތުގައި އަޅުގަނޑުމެންނަށް ގޮނޑި ގެއްލިފައި ހުރިލެއް މަދެއްވެސް ނޫން މި ދެންނެވި ގޮތަށް އަމިއްލަ ގޮތުން ނުކުންނަ އެކަހަލަ ކެނޑިޑޭޓުން ވާދަކުރައްވާތީ، އެހެންވީމާ ފިޔަވަޅުއަޅާ ކޮމިޓީން ނިންމި ނިންމުމާއެކު މާ ފަސޭހައިން މާބޮޑުކޮށް އަނެއްކާވެސް އިރާދުކުރެއްވިއްޔާ މުޅި ރާއްޖޭގައި ގޮނޑިތައް ނެގިގެންދާނެ،
~ އެމްޑީޕީގެ ޗެއަރޕަސަން ހަސަން ލަތީފް

ހަސަން ލަތީފް އެހެން ވިދާޅުވެފައިވާއިރު، އެމްޑީޕީ ޕްރައިމަރީން ނާކާމިޔާބުވި ފަރާތްތަކުގެ ތެރެއިން ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އަމިއްލައަށް ވާދަކުރާ ކޮންމެ ފަރާތަކާއި، އަދި އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައިހުރެ އެއިންތިޚާބުގައި އަމިއްލައަށް ވާދަކުރާ ކޮންމެ ފަރާތެއް އެޕާޓީގެ މެމްބަރުކަމުން ވަކިކުރުމަށް އެމްޑީޕީގެ ފިޔަވަޅުއަޅާ ކޮމެޓީން ބުރާސްފަތި ދުވަހު ވަނީ ނިންމާފައެވެ.އެކަމާ ގުޅޭގޮތުން ހަސަން ލަތީފް އިތުރަށް ވިދާޅުވީ، ޕްރައިމަރީން ބަލިވުމުން އަމިއްލަ ގޮތުން ބައިވެރިވެ ޕާޓީގެ ކެނޑިޑޭޓާ ވާދަކުރުމުން ގިނަ ގޮނޑިތަކެއް އެމްޑީޕީއަށް ގެއްލިފައިވާ ކަމަށެވެ. އެގޮތުން ފިޔަވަޅުއަޅާ ކޮމިޓީން ނިންމާފައިވާ މި ނިންމުމާއެކު މާ ފަސޭހައިން އިންތިޚާބު ކާމިޔާބު ކުރެވޭނެކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.އެމްޑީޕީން ބުނީ ފިޔަވަޅުއަޅާ ކޮމެޓީން މި ނިންމުން ނިންމީ އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި ތިބެ އެޕާޓީގެ އަސާސީ ގަވާއިދާއި ޚިލާފަށް ބައެއް ފަރާތްތަކުން އެފަދައިން ޢަމަލުކުރަމުން ދާކަމުގެ ޝަކުވާގެ މައްސަލަ ފިޔަވަޅުއަޅާ ކޮމެޓީން ބެލުމަށްފަހުގައި ކަމަށެވެ. އެގޮތުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިއުޑީސީ)ގެ ކެންޑިޑޭޓުންގެ ތެރެއިންވެސް މިގޮތަށް އަމަލުކޮށްފައިވާ ފަރާތްތަކާއި މެދު މިފިޔަވަޅު އަޅާފައިކަމަށް އެމްޑީޕީން މައުލޫމާތުދެއެވެ.Source link

Leave a Reply

Related Articles