• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ދީން ⁄ ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟



19 ފެބްރުއަރީ 2019 ގެ ލިޔުމާ ގުޅޭ
ބ. ވައްކަން ކުރުމުގެ ކުށް.
ވައްކަންކުރުމަކީ: އެއްޗެއް ހުންނަންވީ ތަނެއްގައި ރައްކައުތެރި ގޮތުގައި ހުއްޓާ ސިއްރުން އެހެން މީހެއްގެ މުދަލެއް ނެގުމެވެ. ވައްކަން ކުރާ މީހާގެ އަތްކަނޑަން ޖެހެނީ ޝަރުޠުތަކަކާއި ލައިގެންނެވެ. ވައްކަންކުރުމަކީ الله تعالى ނަހީ ކުރައްވާފައި ވާ ބޮޑު ފާފައެކެވެ. އެކަންކުރާ މީހުންނަށް ދީނުގައި ނުހަނު ބޮޑު ޢުޤޫބާތް ކަނޑަ އަޅުއްވާފައި ވެއެވެ. الله تعالى ވަޙީ ކުރައްވަނީ: وَالسَّارِقُ وَالسَّارِقَةُ فَاقْطَعُوا أَيْدِيَهُمَا جَزَاءً بِمَا كَسَبَا نَكَالًا مِّنَ اللَّـهِ ۗ وَاللَّـهُ عَزِيزٌ حَكِيمٌ (المائدة: ٣٨) މާނައީ: “ވައްކަންކުރާ ފިރިހެނާ އާއި، ވައްކަންކުރާ އަންހެނާ (ދަންނާށެވެ!) ފަހެ، ތިޔަބައި މީހުން އެ ދެ މީހުންގެ އަތްތައް ބުރިކުރާށެވެ! (އެއީ) އެ ދެ މީހުން ކުޅަކަންތަކުގެ ޖަޒާއަކަށް، اللَّه ގެ حضرة ން ކަނޑައަޅުއްވާފައިވާ عبرة ތެރި عقوبات އެއްގެ ގޮތުންނެވެ. اللَّه އީ، عزيز ވަންތަ حكيم ވަންތަ ރަސްކަލާނގެއެވެ.”
ވައްކަން ކުރުމަކީ ދީނީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ގެއްލުންބޮޑު ކަމެކެވެ. ވައްކަން ކުރާ މީހާ މި ނުބައި ޢަމަލު ކުރާއިރު އޭނާ އަކީ މުއުމިނެއް ކަމުގައި ނުވެއެވެ. ކީރިތި رسول އާ محمد صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. قَالَ أَبُو هُرَيْرَةَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ (لايزني الزَّانِي وَهُوَ مُؤْمِنٌ وَلا يَسْرِقُ السَّارِقُ وَهُوَ مُؤْمِنٌ وَلا يَشْرَبُ الْخَمْرَ حِينَ يَشْرَبُهَا وَهُوَ مُؤْمِنٌ) (رَوَاهُ مُسْلِم) މާނައީ: “ޒިނޭ ކުރާ މީހާ ޒިނޭކުރާ ހިނދު އޭނާ މުއުމިނަކު ކަމުގައި ވެ ހުރެ ޒިނޭއެއް ނުކުރެއެވެ. އަދި ވައްކަން ކުރާމީހާ ވައްކަން ކުރާ ހިނދު އޭނާ މުއުމިނަކު ކަމުގައި ވެ ހުރެ ވައްކަމެއް ނުކުރެއެވެ.” މިބަސްފުޅުން ވެސް އެނގޭ ގޮތުގައި الله ޙަރާމް ކުރައްވާފައި ވާ ކަންތައްތަކުގެ ތެރެއިން ޒިނޭކުރުމާއި ވައްކަން ކުރުމުގެ ނުބައިކަން ބޮޑުކަން ހާމަވެއެވެ. އެހެނީ މުއުމިނަކު ކަމުގައިވާ ޙާލު މީހަކު ޒިނޭއެއް ނުކުރާނެއެވެ. އަދި ވައްކަމެއްވެސް ނުކުރާނެއެވެ. ވީމާ މިނުބައި އަމަލުކުރާއިރު އެކަންކުރާ މީހެއްގެ ކިބައިން އީމާންކަން ނެތިގެން ދާނެއެވެ. ހަމަ އެހެންމެ ވައްކަންކުރުމުގައި އިޖްތިމާޢީ ގެއްލުންތައްވެސް ގިނަގުނައެވެ.
ވައްކަން ކުރިކަން ޘާބިތުވުން:
ވައްކަން ކުރިކަން ޘާބިތު ވާނީ އެކަން ކުރި މީހާ އެކަމަށް އިޢުތިރާފް ވިނަމައެވެ. ނުވަތަ ޢަދުލުވެރި އިންޞާފުވެރި ދެ ހެކިވެރިންގެ ހެކިބަހުން އެކަން ޘާބިތުވާ ނަމައެވެ.
ވައްކަން ކުރުމުން އިސްލާމް ދީނުގައި ކަނޑައަޅުއްވާފައި ވާ ޢުޤޫބާތްތައް:
ވައްކަންކުރުން ހުއްޓުވުމަށް އިސްލާމް ދީނުގައި ކަނޑަ އަޅުއްވާފައި ވާ ޢުޤޫބާތްތަކަކީ އެކަމާމެދު ބިރުވެތިވެ ޖެހިލުން ވާންޖެހޭ ފަދަ ކަންކަމެވެ. އިންސާނެއްގެ އަތުގެ އަގަކީ 500 ދީނާރުކަމުގައި އިސްލާމީ ޝަރީޢަތު ގައި ލައްވާފައި ވެއެވެ. މި މަތިވެރި ނިޢުމަތް ނުވަތަ ބޭނުން ބޮޑު ގުނަވަނުގެ އަގު ވަޒަން ނުކޮށް އެއަތުން ކުރުމަށް، الله ނަހީ ކުރައްވާފައިވާ ފާފައެއް ކަމުގައިވާ ވައްކަންކުރުމުގެ ސަބަބުން އަތް ކަނޑާލެވެނީ އެވެ. ގާތްގަނޑަކަށް 100 ވަރަކަށް ރުފިޔާގެ ބަދަލުގައެވެ. މިއިން ދޭހަވަނީ الله ދެއްވި މިއަގުބޮޑު ނިޢުމަތަށް ކުފުރުވެރިވުމުގެ ގެއްލުން ބޮޑުކަމެވެ. އަދި ކީއްތޯއެވެ؟ ވައްކަން ކުރާ މީހާ އެންމެ 4/1 ދީނާރުގެ އަގުހުރި އެއްޗެއް ވަގަށް ނެގުމުގެ ސަބަބުން އޭނަގެ މުޅި ޙަޔާތަށް އޭގެ ނުބައި އަސަރު ކުރުވަނިވި ގޮތުގައި އޭނާގެ އަތާ ވަކިވާން ޖެހުމަކީ الله ގެ ކޯފާއާއި ލަޢުނަތް ރައްދުވާ ކަމެކެވެ. ކީރިތި ރަސޫލާ ހަދީޡް ފުޅެއްގެ މާނާގައި ވެއެވެ. “ވައްކަން ކުރާމީހާގެ މައްޗަށް الله ގެ ލައުނަތް ހުއްޓެވެ. އޭނާ ދަގަނޑު އުނޑައެއް ވަގަށް ނެގުމުން އޭނާގެ އަތްކެނޑެއެވެ. އަދި އޭނާ ވާބުރިއެއް ވަގަށް ނެގުމުން އޭނާގެ އަތްކެނޑެއެވެ.” (އަލްމެމްބަރ: 12)
މީހަކު ވައްކަމެއް ކޮށްފިނަމަ އޭނާގެ އަތް ކަނޑަން الله ވަނީ އަންގަވާފައެވެ. ފުރަތަމަ ވައްކަމުން ކަނޑާނީ ކަނާއަތެވެ. ކަނޑަން ޖެހެނީ އަތުގެ ކުޑަ ހުޅުންނެވެ. އަތް ކެނޑުމަށް ފަހު ބޭސް ފަރުވާ ކޮށްގެން އަތުގެ ބާކީ ބައި ސަލާމަތް ކުރަންވާނެއެވެ. ދެވަނަ ފަހަރަށް ވައްކަމެއް ކޮށްފިނަމަ ކަނޑަން ޖެހެނީ އޭނާގެ ވާތުފައެވެ. ކަނޑާނީ ތަނބިކަށީގެ ހުޅުންނެވެ. އެއަށްފަހު އަނެއްބަޔަށް ފަރުވާކޮށް، ލޭ މަނާ ކުރަންވާނެއެވެ.
އިސްލާމް ދީނުގައި ވައްކަންކުރާ މީހުންގެ މައްޗަށް މިހާބޮޑު އުޤޫބާތެއް ކަނޑަ އަޅުއްވާފައި މި ވަނީ ވަރަށް މަތިވެރި މަޤުޞަދެއްގަ އެވެ. މިފަދަ ޢުޤޫބާތެއް ނެތްނަމަ އިންސާނުން އޭގެ ކުރިމަތީ ގައި ތަސްލީމް ކުރާނޭ ޙައްދެއް ނެތުނީހެވެ. (އަލްމެމްބަރ: 12) ޔަޢުޤޫބުގެފާނާއި އެކަލޭގެފާނުގެ ބޭފުޅުންގެ ޒަމާނުގައި ވައްކަންކުރި މީހާ އަޅަކަށް ހެއްދެވިއެވެ. މޫސާގެފާނުގެ ޝަރީޢަތު ގައި ވައްކަން ކުރާ މީހާގެ އަދަބަކީ އަތް ކެނޑުމެވެ. (ޙޫދޫދު، ސާމިޔާ ޒަކަރިއްޔާ)



Source link

Leave a Reply

Related Articles