• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ވާހަކަ ⁄ ޚިޔާލީ

ޚިޔާލީ


220629

އިސްތަށިގަނޑު ވަނީ ހޭވިިފައެވެ. މަދުން ނަމަވެސް ހުދު ކުލައިގެ އިސްތަށިތައް އެ ބޮލުން ފެންނާން ހުއްޓެވެ. ކޮންމެ ހުދު އިސްތަށްޓަކުން ވެސް އަންގައިދެނީ އެފަރާތުގެ ތަޖުރިބާއެވެ. ދުނިޔެމަތީގައި ތަހައްމަލްކޮށްފައިވާ ވޭންތަކާއި ތަދުތަކެވެ. ލައިގެން ހުރީ ކަޅުކުލައިގެ ހައުސް ކޯޓެކެވެ. ހަތަރެސްފަޔަށް ހުދު ކުލައިގެ އިސްޓާކީނެއް ލަައްވާފައި އޮތެވެ. ދެ ލޯކައިރީގައިވާ ކަޅުކުލައިގެ އަނދުމުން މޫނުމައްޗަށް ތާޒާ ކުލަވަރެއް ގެނެސްދެއެވެ. އިށީނދެގެން އެއިނީ ވަކަރުން ހަދައި ވަރުނީސްކުރެވިފައިވާ އަނދަރާދު ގޮޑިއެއްގައެވެ. އެ ގޮނޑި ހެއްލައިލާ ހެއްލައިލާ އެ އަންހެންމީހާ އެއިނީ އެއްވެސް ފޫހިކަމެއް ނެތިއެވެ. އަބަދާއި އަބަދު އެއިންނަނީ މަތީގައިވާ ވަކަރުތަކަށް ބަލައިށައެވެ. އިވޭހާ އަޑަކަށް ފެންނަ މަންޒަރަކަށް އެއްވެސް ސަމާލުކަމެއް ނުދެއެވެ. އަހަރެން ގޮސް އެމީހާގެ އުނގުގައި ބޯ އަޅައިލީމެވެ.
“މަންމާ! މި އައީ އޭ! ދެން މި ދަރިފުޅަށް ގޮވައިލަބަލަ! މިއައީ ކިޔަވައިގެން މަންމަމެން އުއްމީދު ކުރާ ކަހަލަ މޮޅު ކުއްޖަކަށް ވެގެން! މުޅި ކޯހުން ވެސް އެއްވަނަ ހޯދީ ތި އޯގާތެރި މަންމަ އަބަދާއި އަބަދު ދެއްވި ހިއްވަރުގެ ބަސްތަކުން! މަންމާ! ހެޔޮނުވާނެ! އެއްފަހަރު ވެސް ދަރިފުޅާ ޝާމިލޭ ކިޔައިފަ އަހަންނަށް ގޮވައިލަބަ! މި ދަރިފުޅުގެ ބުރަ މަސައްކަތަށް ފަހުރުވެރިވަމޭ ބުނެބަލަ މަަންމާ! މަންމާ! އާދޭސްކޮށްފައި ބުނަން! އަހަރެންގެ މި ބޮލުގައި ފިރުމާލަދީބަަލަ! އެންމެ ތުއްތު އިރުއްސުރެެއް މަންމަ ކިޔަމުން ގެންދާ ނާނާ ކިޔައިދީބަަލަ! އަހަރެންގެ ގައިގައި ލޯބިން ފިރުމާލަދީ މަންމާ! ތި އަތުން އަހަންނަށް ކާން ލަވައިލަދީ! އަހަރެންގެ ގައިގަ ލޯބިން ބައްދާލަ ދީބަަލަ މަންމާ! އަހަރެންގެ ނިއްކުރިއަށް ބޮސްދޭން ތެދުވޭ!! އަވަސްކުރޭ! މަންމާ! އަޑު އިވޭބަތަ؟ ތެދުވަންނާށޭ!!!”
ބޭއިހުތިޔާރުގައި އަހަންނަށް ބާރުބާރަށް ހަޅޭލަވައިގަނެވުނެވެ. ގިސްލާ ރުއީމެވެ. ނަމަވެސް އެ މަންމަގެ ހިތަށް އެއްވެސް އަސަރެއް ނުކުރަނީ ހެއްޔެވެ؟ އަހަރެންގެ ދެލޮލަށް އެއްފަހަރު ވެސް ބަލައިލިނަމަ މަންމަ އަށް ނުުހުރެވޭނެކަން ޔަޤީނެވެ. ކަރުނަތަކުން ދެލޯވަނީ ފުރިޖެހިފައެވެ. ރަތްވެ ދުޅަވެފައެވެ. އެއްވެސް ޖަވާބެއް މަންމަގެ ފަރާތުން ނުލިބުން އަހަރެން ކޮޅަށް ތެދުވީމެވެ. ގޭގެ ދޮރު ކައިރީ ހުރި ފިރިހެންމީހާ ދިމާއަށް ބަލައިލީމެވެ.
މޫނުމަތީގައިވަނީ ލުއި ހިނިތުންވުމެކެވެ. ނުރަވެފައިވާ އިސްތަށިގަނޑާއި ތުނބުޅިން ޒުވާންކަމަށް އެއްވެސް އުނިކަމެއް ނުގެނެސްދެއެވެ. ލައިގެން ހުރީ ފެހި ކުލައިގެ ކޮނޑު ކެނޑިއަކާއި ގޮޅިޖަހާފައިވާ ކަނޑުނޫ ކުލައިގެ މުންޑެކެވެ. އެމީހާގެ އެއް އަތުގައި ހެޔޮވަރުވަރެއްގެ މަރުތޭލެއް އޮތެވެ. އަނެއް އަތުގައި 03 ވަރަކަށް މޮހޮރު އަތުުގެ މުށުގެ ތެރެއިން ބޯދެމުން ދެއެވެ. ތަކުރާރުކޮށް ހުއްޓާ ނުލައި އެއްކަމެއް ކުރަމުން ދެއެވެ. އަތުން މޮހޮރެއް ނަގައި ގޭގެ ފާރަށް ޖަހައެވެ. އަދި ޖެހި މޮހޮރު މަރުތޭލުން ނައްޓައިލުަމަށް ފަހު އަނެއްކާވެސް އެ މޮހޮރު ފާރަށް ޖަހައެވެ.
އަހަރެންގެ ގޮސް އެމީހާގެ ފައިބުނޑަށް ތިރިވީމެވެ. އަދި ދެ އަތުން އެ ފައިގައި ހިފައި ބާރުބާރަށް ރޯންފެށީމެވެ.
“ބައްޕާ! ދެން ކޮން ސަކަރާތެއްތަ ތިޖަހަނީ! ކީއްވެތަ ތިގޮތަށް ތިކަންތައް ކުރަނީ! ނިކަން އެއްފަހަރު ވެސް އަހަރެން ކައިރި ބަލައިލަބަލަ! ބައްޕަގެ ދަރިފުޅު ބައްޕަގެ ކައިރިއަށް މިއައީ 03 އަހަރު ކޮށްފައޭ! އަހަރެން ހުންނާނެ ގޮތެއް ބަލައިލަން ވެސް ހަަމަ ބޭނުން ނުވަނީތަ؟ ބައްޕާ! ތިއީ ހުރިހާ ދުަވަހަކު އަހަންނާއެކީ ސަކަރާތްޖަހަމުން ހީ ސަމާސާ ކުރަމުން އައި ބައްޕަތަ؟ އަހަންނާއެކީ މަސްބާނަން ގޮސް މޫދަށް ގޮސް އުފާކުރި ހަނދާން ހަަމަ ނުވަނީތަ؟ އަހަންނަށް ވައިރިން ކުރުމާއި ވަޑާންކުރަން ދަސްކޮށްދިނީ ތި ބައްޕައެއް ނޫންތަ؟ ބައްޕާ! ހެޔޮނުވާނެ! އާދޭސްކޮށް ކަލާކޮށްޓަކައި ބުނަން! މި ދަރިފުޅު ކައިރި ބަލައިލަ ބަލަ! އަހަންނަށް ދަރިފުޅާއޭ ކިޔާ ގޮވައިލަަބަލަ!”
އެއްވެސް ޖަވާބެއް ނުލިބުނުތާ އަހަރެން ކައިރި ބަލައިވެސް ނުލިއެވެ. އަހަންނަށް މި ފަހަރު އިސްކުރެވުނީ ރުޅިއެވެ. ސިޓިންރޫމުގެ އެއްފަރާތުގައިވާ ފާރުގައި ހަރުކޮށްފައިހުރި ޝޯކޭސްގެ މަތީގައިވާ ހުރިހާ އެއްްޗެއް އުކަން ފެށީމެވެ. ކޮންމެ އެއްޗަކުން ވެސް ހާމަކޮށްދެނީ ތައުލީމުގައި އަހަރެން ހޯދާފައިވާ ކާމިޔާބީތަކެވެ. ރަން ވަނަތަކެވެ. ހުރިހާ އެއްޗެއް އެތަން މިތަނަށް އުކައި ސުންނާފަތި ކޮށް ދެލޯ މަރައި ބާރުކޮށްލީމެވެ. އަދި އަޑުގެ ނެތްތަނަށް ހަޅޭލަވާ ގަނީމެވެ.
ރޮއިރޮއި ވަރުބަލިވެފައިވާ ޖިސްމުގައި އެއްވެސް ވަރެއްނެތެވެ. ދެލޯހުޅުވާލީ ގަޔަށް އައު ބާރަކާއި ހިތްވަރެއް ލަމުންނެވެ. ވަށައިގެންވާ މާހައުލަށް ރަނގަޅަށް ބަލައިލީމެވެ. އެއްވެސް މީހެއްގެ ހިލަމެއް ލަކުނެއް ވެސް ނެެތެވެ. ހަމައެކަނި ފެންނާން ހުރީ އަހަރެންގެ ދެއަތުން ސުންނާފަތިކޮށްފައިވާ ހަނދާނީ ފިލާތަކާއި ޓްރޮފީތަކެވެ. ހަޤީޤަތާ ކުރިމަތިލުމަށް އަހަންނަށް އެހާ އުނދަގު މިވަނީ ކީއްވެ ހެއްޔެވެ؟ ހަޤީޤަތަކީ އެއީ ކަން އެނގި ހުރެވެސް އެކަން ޤަބޫލުކުރަން ބޭނުން ނުވެގެން މިއުޅެނީ ކީއްވެހެއްޔެވެ؟
………………………………………………………………………………………………………………
އާއެކެވެ. އަހަންނަކީ އެންމެ ތުއްތު އިރުއްސުރެއް ކިޔެވުމަށް ލޯބިކުރާ ކުއްޖެކެވެ. އަބަދުވެސް އަހަރެން އަޒުމް ކަނޑައަޅަނީ މަންމަމެން ފަހުރުވެރި ކޮށްދިނުމެވެ. އެމީހުން ކޮށްދިން ހިދުމަތްތަކަށް އެމީހުންނަށް ކޮންމެވެސް ބަދަލެއް ދެވޭތޯ މަސައްކަތްކުރުމެވެ. އަހަރެންގެ ބުރަ މަސައްކަތުގެ ނަތީޖާއަކަށްވީ އޭލެވެލްގެ ހުރިހާ މާއްދާތަކުން އަހަންނަށް އޭ ފާސް ލިބިގެން ދިއުމެވެ. ރައީސުލްޖުމްހުރިއްޔާ ދެއްވާ ހައި އެޗީވާރސް ސްކޮލާޝިޕް ލިބިގެން ދިއުމެވެ. އަހަރެންގެ ހުވަފެނަކީ އިންޖިނައޭރިއަން އަކަށް ވުމެވެ. ލިބުނު ފުރުޞަތުގެ ބޭނުން ހިފާ އަހަރެން ކިޔެވުމަށްޓަކައި އޮސްޓްރޭލިޔާއަށް ދިޔައީ މައިންބަފައިންނަށް އެތައް ވައުދުތަކެއް ވެފައެވެ. އެމީހުން ދެކެމުންދާ ހުވަފެނުގައި ކުލަޖައްސައިދޭނެކަމުގެ ފުރިހަމަ ޔަޤީންކަން ދެމުންނެވެ.
ނަމަވެސް ތަޤްދީރުގެ ނިޔާގައި މިހެން ލިޔެވިފައިވާނޭ ހިތަށް އަރާނީ ކާކު ހެއްެޔެވެ؟ 03 އަހަރުގެ ދިގު އިންތިޒާރަކަށްފަހު ކޯސް ފުރިހަމަކޮށް ކޯހުން ފަޚުރުވެރި އެއްވަނަ ހޯދުމަށް ރާއްޖެއަށް އައުމަށް އެއް ހަފްތާއަކަށް ވެފައި އޮށްވާ އަހަންނަށް އިވުނީ މަންމައާއި ބައްޕަގެ މަރުގެ ޚަބަރެވެ. މަރުވީއެއް ނޫނެވެ. ބަޔަކު މީހުން މަރަައިލީއެވެ. މުދަލާއި ފައިސާއަށް ދަހިވެތިވެފައިވާ ބައެއްގެ ސަބަބުންނެވެ. ވައްކަމުގެ ކުށުގެ އިތުރުން އެމީހުން ޤަތުލުކުރުމުގެ ފާފައަށް ވެސް އަރައިގަތީއެވެ. އިންސާނުން އެހާ އަމިއްލަ އެދުން ބޮޑުވީ ހެއްޔެވެ؟ އިންސާނިއްޔަތު އެހިތްތަކުން ފަނޑުވެގެން ދިޔައީ ހެއްޔެވެ؟ އަހަރެންގެ މަންމަ އާއި ބައްޕަ ފަސްގަނޑުގެ ދަށުގައި ވަޅުލީ އަހަންނަށް އެވެރިންގެ މޫނު ދެކުމުގެ ނަސީބުވެސް ނެތިއެވެ. އެއްދުވަހުން ރާއްޖެއަށް ދެވޭނެ އިންތިޒާމެއް ހަމަޖެހިފައެއް ނުވެއެވެ. ބަދުނަސީބު ކަމުން އަމިއްލަ ނަފްސް ކުއްވެރިކުރީމެވެ.
……………………………………………………………………………………………………………….
ބާރުކޮށް މަރާލާފައިވާ ދެލޯ ހުޅުވާލީއެވެ. ކޮޅަށް ތެދުވުމަށް ފަހު އަތުގައިވާ ހިރަފުސް ފޮހެލީމެވެ. ވަށައިގެންވާ މާހައުލަށް ނަޒަރު ހިންގައިލީމެވެ. އަހަރެންގެ މަންމަ އަނދަރާދު ގޮނޑީގައި ހަމަޖެހިލައިގެން އޮތެވެ. ބައްޕަ ފާރަށް މޮހޮރު ޖެހުމުގައި ސާބިތުަކަމާއެކު ހުއްޓެވެ. އެދެމީހުން ދުނިޔޭގެ ލޮލަށް މަރުވެފައި ވީނަމަވެސް އަހަރެންގެ އަމިއްލަ ދުނިޔޭގައި އަދިވެސް އެމީހުން ދިރިއުޅެމުންދެެއެވެ. އަހަރެން އަދި ވެސް އެމީހުންނަށް ވާހަކަ ދައްކާ ހަދަމެވެ. ޝަކުވާ ކޮށް ހަދަމެވެ. އަހަރެން ދުނިޔޭގައި ދިރިއުޅޭހާ ހިނދަކު އެމީހުން ވެސް ދުނިޔޭގައި އުޅޭނެއެވެ. އަހަރެންގެ ޚިޔާލީ ދުނިޔޭގައެވެ.
ކެޓެގަރީ: ކުރުވާހަކަ

2206

Hum

0.0

Haadha bahuge mistakes ginaey..kiyaalaafa bodah heevany haa alif atholhuhen. Noony ehisaabu meehehhen..

3 weeks ago

Xy

0.0

Bro. It’s engineer..
??….Not engineyrian
Balaalaigen ulheba

3

1

1 month ago

Anonymous

0.0

????

3

1 month ago

Anonymous

0.0

…v asarugadha

2

1

1 month ago

ކިޔުންތެރިންގެ ހިޔާލު ކެންސަލް
Your RatingSource link

Leave a Reply

Related Articles