• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ވާހަކަ ⁄ ޤުރުބާން ވީމޭ

ޤުރުބާން ވީމޭ


360749

އިރު އޮއްސި މުޅި ރަށުގެ ތެރެއަށް ހަނދުވަރުގެ އަލިކަން ވެރިވެގެންފިއެވެ. ފަލަކުގައި ހަނދު ރަނިކަން ކުރާއިރު އެ ހަނދު ވަށައިގެންވާ ތަރިތައް ވިދާ ބަބުޅަމުން ދިޔައެވެ. މުޅި ފަލަކުން ފެންނަމުން ދިޔައީ ޤުދުރަތުގެ ފުރިހަމަ ކަމެވެ. މާގިނައިރު ތަކެއް ނުވަނީސް ބަނަ ވިލާތަކުން މުޅި ކަޢުނު ބައްދާލައިފިއެވެ. ފަލަކުގައި ވިދަމުން ދިޔަ ތަރިތައް އެއްކޮށް ނިވާ ވެއްޖެއެވެ. ރަނިކަން ކުރަމުން ދިޔަ ހަނދާއި އެކުގައެވެ. ޖެހެމުން ދިޔަ ވައިރޯޅި ތަކަށް ހަލަބޮލިކަން އަންނަށް ފަށައިފިއެވެ. އިސާހިތަކު ވާރޭގެ ތިކިތަކުން މުޅި ރަށުގެ ބިންގަނޑު ތެތްމާލިއެވެ. ބޯކޮށް ވާރޭ އޮއްސައިގަތެވެ. ވިދާ ގުގުރަމުންނެވެ.
“ސަކީނާ… ގޭގެ މައިދޮރު ޖެހޭ އެބަ… ގޮސް ދޮރު ލައްޕާ ތަޅުލަ ބަލަ..”
އާދަނު އެހެން ބުނުމާއިއެކު ސަކީނާ ގޮސް ގޭގެ މައިދޮރު ތަޅުލިއެވެ. އޭރުވެސް މުޅި ރަށުތެރެއިން އިވެމުން ދިޔައީ ބޯކޮށް ވާރޭ ވެހެމުންދާ އަޑެވެ. ސަކީނާ ގޮސް އާދަނު ގެ ގާތުގައި އިށީންނެވެ.
“ކޮބާތަ އަހަރެމެންގެ ދަރިފުޅު މަލީކާ…؟”
ސަކީނާ އިށީންނުމާއި އެކު އާދަނު ސުވާލު ކުރިއެވެ.
“މަލީކާ ވީ ކޮޓަރީގަ… އިޝާ ނަމާދުކޮށް ނިންމައިގެން ފިލާވަޅުތައް ހަދަނީ…” ސަކީނާ ޖަވާބު ދިނެވެ. މިގޮތުގައި އެދެމީހުން ވާހަކަ ދައްކަން ތިއްބެވެ.
އާދަނާއި ސަކީނާ އަކީ ވަރަށް ފަޤީރު ނިކަމެތި ދިރިއުޅުމެއް އުޅެމުންދާ ދެމަފިރިންނެވެ. ޖިފުޓި ގަނޑެއް ފަދަ ކުޑަ ގެއެއްގައި އެދެމަފިރިންނާއި އެދެމަފިރިން ގެ ހުރި ހަމަ އެކަނި ދަރިފުޅު ދިރިއުޅެމުން ދިޔައެވެ. އެ ކުޑަ އާއިލާއަށް އެމީހުން ދިރިއުޅެމުން ދިޔަ ޖިފުޓިގަނޑަކީ ގަނޑުވަރެއް ފަދަ ތަނެކެވެ. އާދަނާއި ސަކީނާގެ ހުރިހާ ވެސް އުއްމީދަކީ އެމީހުންގެ ދަރިފުޅު މަލީކާއެވެ. މަލީކާ ރަނގަޅު މޮޅު ކުއްޖަކަށް ހަދަން އެދަމަފިރިން ވަރަށް ބޭނުންވެއެވެ. ލިބޭ ހުރިހާ ރުފިޔާއެއް މަލީކާގެ ބޭނުމަށް ޚަރަދުކުރަމުން ގެންދިޔައީ މަލީކާ އާއި މެދު ކުރެވޭ އުއްމީދުތައް ވަރަށް ބޮޑުވީމައެވެ. މަލީކާ ބޮޑުވެގެން ޑޮކްޓަރަކަށް ވުމަކީ މަލީކާގެ ވަރަށް ބޮޑު ހުވަފެނެކެވެ. އެ ދަރިފުޅުގެ ހުވަފެން ހަޤީޤަތަކަށް ހެދުމަށް ރޭދުވާ މަގުން އެތައް ބުރަ މަސައްކަތެއް އާދަނު ދިޔައީ ކުރަމުންނެވެ. ވެހޭހާ ވާރެ އާއި ދިއްލާހާ އަވީގައި އަރާމު ނިދިން މަޚުރޫމުވެ އެތަކެއް ޤުރުބާނީ ތަކެއް ދިޔައީ ވަމުންނެވެ. އާއިލާގެ ތެރޭގައި އާމްދަނީ ހޯދުމަށް މަސައްކަތް ކުރަމުން އައީ ހަމަ އެކަނި އާދަނެވެ. ސަކީނާ ގޭތެރޭގެ ކަންތައްތައް އެންމެ ފުރިހަމަ ގޮތުގައި ބަލަހައްޓަމުން ދިޔައެވެ.
ދުވަސްތައް ފައްވަމުންދެއެވެ. މަލީކާ ތައްޔާރު ވަމުން ދިޔައީ އޭނާގެ ބޮޑު އިމްތިޙާނަށެވެ. ސަކީނާ އާއި އާދަނުގެ ހިތްވަރުން މަލީކާގެ އަޒުމް ދިޔައީ ވަރުގަދަ ވަމުންނެވެ. ގުރޭޑު 10 ގެ އެންމެފަހުގެ އިމްތިޙާން ފެށިއްޖެއެވެ. މަލީކާ ގެ ހުރިހާ ކަމެއް ވެސް އެންމެ ފުރިހަމަ ގޮތުގައި އަދާކުރެވޭތޯ ސަކީނާއާއި އާދަނު ބަލައެވެ.
“ދަރިފުޅާ… ކިހިނެއް ވަނީ ޓެސްޓު…؟ ފަސޭހަތަ؟…” މަލީކާ ގެއަށް ވަނުމާއި އެކު ސަކީނާ އެއްސެވެ.
“އާނ މަންމާ… ވަރަށް ފަސޭހަ.. އިރާދަކުރެއްވިއްޔާ ވަރަށް ރަނގަޅު ނަތީޖާއެއް ލިބޭނެ…” މަލިކާ ގެ ޖުމުލައިން އާދަނާއި ސަކީނާގެ މޫނުމަތި އުޖާލާވިއެވެ. އެދެމީހުންގެ ދުޢާ އަކީ ވެސް އެއީ އެވެ.
ދުވަސްތައް ދިޔައީ ހީވެސް ނުކުރާހާ އަވަށެވެ. މިއަދަކީ މަލީކާގެ ޓެސްޓުގެ ނަތީޖާ ލިބޭ ދުވަހެވެ. އާދަނާއި ސަކީނާގެ މޫނުމަތިން އެއްވެސް ވަރަކަށް ހާސް ކަމެއް ނުފެނެއެވެ. އެ ދެމީހުންގެ ދަރިފުޅު ފާސް ވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެދެމީހުންގެ ހިތުގައި އަބަދުވެސް އޮވެއެވެ.
“މަންމާ… ބައްޕާ…” މަލީކާ ދުވެފައި ގެއަށް ވަތް ގޮތަށް ސަކީނާއާއި އާދަނުގެ ގައިގައި ބައްދައިގަތެވެ.
“މަންމާ… ބައްޕާ… ބަލާލަބަލަ ނަތިޖާ…”
މަލީކާ ވާހަކަ ދެއްކީ ނުހަނު އުފަލާއި އެކުގައެވެ. ނަތީޖާ ފެނުމާއި އެކު އާދަނާއި ސަކީނާއަށް ރޯންފެށުނެވެ. ދެރަވެގެން ނޫނެވެ. ވީ އުފަލެއް ބޮޑު ކަމުންނެވެ. މަލީކާއަށް ލިބުނީ މުޅި ރާއްޖެއިން އެއްވަނަ އެވެ. އާދަނު “މަގޭ ދަރިފުޅާ” ކިޔައި މަލީކާ އުރާލިއެވެ.
“ދަރިފުޅާ ބުނޭ… ބޭނުން އެއްޗެއް ބުނޭ… އިރާދަކުރެއްވިއްޔާ ބައްޕަ ހޯދަ ދޭނަން…” އާދަނު އޭރުވެސް ހީވަނީ އުފަލުން އުދުއްސައިގެން ގޮސް ދާނެހެންނެވެ.
“ބައްޕާ… އަޅުގަނޑު ބޭނުމީ ކުރިން ދުވަހު ބައްޕައަށް ދެއްކީމެއްނު ހެދުމެއް؟ އެކަމު 900 ރުފިޔާ އަށް ލިބޭނީ… އެދުވަހު އަޅުގަނޑު ދެން ނުބުނީ ބައްޕަ ގާތު ގަންނަން… ބައްޕާ.. އެހެދުން ގަނެވިދާނެތަ…؟” މަލީކާ ބުނެލިއެވެ. އާދަނު ވަރަށް އުފާވިއެވެ. ދަރިފުޅު އުފާވެފައި ހުރިވަރު ފެނުމުންނެވެ. ދަރިފުޅުގެ އެދުމަށް އާދަނު އެ ހެދުން ގަންނަން ބޭނުންވިއެވެ. އެކަމު އެވަރަށް ރުފިޔާއެއް ވެސް ނެތެވެ. އެހެންނަމަވެސް ކޮންމެ ގޮތެއް ހަދާފައި ވެސް އެ ހެދުން ގަންނަން އާދަނު ނިންމިއެވެ.
ޖެހިގެން އައި ދުވަހު މަލީކާ ބުނި ހެދުން އާދަނު ގަނެދިނެވެ. އަދި މަލީކާ އަށް އެ ހެދުން ހަދިޔާ ކުރިއެވެ. މަލީކާ ހުރީ އުފަލުން ފޮޅިފައެވެ.
އާދަނު ހުރީ އޭނާގެ ކޮޓަރީގައެވެ. އާދަނަށް ފަހަތް ބަލައިލެވުނީ ސަކީނާ ކޮޓަރިއަށް ވަތް އަޑަށެވެ.
“އާދަނޫ… ކޮންތާކުން ތަ ރުފިޔާ ހޯދީ…؟ އަހަރެންނަށް އެނގޭ އާދަނުގެ އަތުގަ ހެދުން ގަންނަން ރުފިޔާ ނުހުންނާނެކަން… ބުނޭ އެއީ ކިހިނެއް ހޯދި ރުފިޔާއެއް؟” އާދަނުގެ ގާތަށް އައިސް ސަކީނާ އެހިއެވެ.
“އެއީ އަހަރެން ރައްކާކޮށްފައި ހުރި ކޮންމެ ވެސް ވަރެއްގެ ރުފިޔާ ކޮޅަކުން… ދެން މީހަކަށް މަސްކޮޅެއް ކަނޑާ ދީގެން ލިބުނު ރުފިޔާ ކޮޅު އެއްކޮށްލައިގެން ހެދުން ގަތީ… ކޮންމެ ގޮތެއް ވިޔަސް މަލީކާގެ މޫނުމަތިން އުފާވެރިކަން ފެންނަން ހުރިއްޔާ އެ ލިބެނީ އަހަރެމެންނަށް ވަރަށް ބޮޑު ހިތްހަމަ ޖެހުމެއްނު” އާދަނު ސަކީނާއަށް ބަލަހައްޓައިގެން ހުރެ ބުނެލިއެވެ.
“އާނ.. އެއީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް…” ސަކީނާ އާދަނުގެ ގައިގައި ބައްދާލަމުން ބުނެލިއެވެ.
މުޅިން އާދުވަހެކެވެ. އާދަނު ތައްޔާރުވަމުން ދިޔައީ މާލެ ފުރުމަށެވެ. މަލީކާ ގެ މަތީ ތަޢުލީމަށް ރުފިޔާ ހޯދާށެވެ. މަލީކާ އާއި ސަކީނާ ދޫކޮށްފައި އާދަނު ފުރައިފިއެވެ. އެދެމައިންގެ މޫނުމަތިން އާދަނު ނެތް ކަމުގެ ހިތާމަ ފައުޅުވެއެވެ. އާދަނު މާލެ ދިޔުމަށްފަހު ހަމަ ކޮންމެ ދުވަހަކުހެން ސަކީނާ އާއި މަލީކާ ގެ ޙާލު ބަލައެވެ.
***
އެއްމަސްފަހެވެ. ސަކީނާ އިލޮށިފަތި ހިފައިގެން ކުނިކަހަން ނިކުންނަން ދިމާ ކޮށްލި ތަނާ ލޮލުގައި އަޅައިގަތީ އާދަނު އަންނަ ތަނެވެ. ސަކީނާއަށް ވީގޮތް ވެސް ނޭނގުނެވެ. ދުވެފައި ކަހަލަ ގޮތަކަށް ގޮސް އާދަނުގެ ގައިގައި ބައްދާލިއެވެ. މަލީކާ ވެސް ހުރީ ވަރަށް އުފާވެފައެވެ.
“ދަރިފުޅާ… ދަރިފުޅު ގެ ކިޔެވުމުގެ ޚަރަދުތައް ހަމަޖެހިއްޖެ… އަވަހަށް ފުރަން ތައްޔާރުވޭ…” އާދަނު ހިނިތުންވެލަމުން ހުރެ މަލީކާގެ ގާތުގައި ބުނެލިއެވެ. މަލީކާ ވީ އުފަލުން ގޮސް އާދަނުގައި ގައި “ބައްޕާ” އޭ ކިޔައި އޮޅުލައިގަތެވެ. ސަކީނާ ހުރީ ޙައިރާން ވެފައެވެ. އެންމެ މަހެއްގެ ތެރޭގައި މަލީކާ ބޭރަށް ކިޔަވަން ފޮނުވޭ ވަރަށް ރުފިޔާ ލިބުނީމައެވެ. ސަކީނާގެ ބޮލުގެ ތެރޭގައި ތަފާތު ޚިޔާލުތައް އެނބުރެމުން ދިޔައެވެ.
ދުވާލުގެ ދަންފަޅި ނިމި ރޭގަނޑުގެ ދަންފަޅިއަށް މަރުޙަބާ ކިޔައިފިއެވެ. ސަކީނާ އެނދުމަތީގައި އޮތް އާދަނަށް ބަލައިލަމުން ބުނެލިއެވެ.
“އާދަނު.. އެއީ ކިހިނެއް އެހާ ގިނަ ފައިސާ ހޯދީ؟؟ އަނެއްކާ އެއީ އާދަނު ނުބައި ގޮތަކުން ހޯދި ފައިސާ ތަ؟” ސަކީނާ ވަރަށް އުނދަގުލުން އެހިއެވެ. އާދަނު އެނދުން ތެދުވެ ސަކީނާގެ ކުރިމަތީގައި ހުއްޓުނެވެ.
“ހީވޭތަ އަހަރެން ނުބައި ގޮތުގަ ފައިސާ ހޯދާނެހެން.؟” އާދަނުގެ ލޯ ފެންކަޅިވިއެވެ.
“އާދަނު… ކިހިނެއްތަ ވީ..؟؟” އާދަނުގެ ލޮލުން ފައިބަން ފެށި ކަރުނައިން ސަކީނާއަށް އަސަރު ކުރިއެވެ.
“ސަކީނާ… އަހަރެން… އަހަރެންގެ… އަހަރެންގެ ކިޑްނީ ވިއްކާލައިފިން….” އާދަނުގެ އަޑު ބެދުނެވެ. ސަކީނާއަށް ހީވީ އޭނާގެ ކަންފަތުގެ ތެރެއަށް ވަޒަނެއް ވަދެގެން ދިޔަހެންނެވެ. ދެންވެސް ވާހަކަ ކުރިޔަށް ގެންދިޔައީ އާދަނެވެ.
“އެއީ އަހަރެންގެ ދަރިފުޅަށްޓަކައިި ނިންމި ނިންމުމެއް.. ފައިސާ ހޯދަން.. އަހަރެމެންގެ އުފަލަކީ ވެސް އަހަރެމެންގެ ދަރިފުޅު މަލީކާއެއްނު؟ ހެޔޮނުވާނެ ސަކީނާ.. މިކަންތައް މަލީކާއަށް ސިއްރު ކޮށްދޭތި…!” އާދަނަށް ހަމަ ރަނގަޅަށް ވެސް ރޮވިއްޖެއެވެ. އޭރު ސަކީނާ ވެސް މޫނުމަތީގައި އަތް އަޅައިގެން ގިސްލަ ގިސްލާފައި ރޮނީއެވެ.
“ސަކީނާ ނުރޮއި…. މިކަމާ ހިތާމަ ނުކުރޭ… އަދި އިރާދަކުރެއްވިއްޔާ އުފާވެރި ދުވަސްތައް ކުރިއަށް އޮތީ….. މާތް ﷲ އަހަރެމެންގެ އުމުރު ދިގު ކުރައްވާނެ…” ސަކީނާގެ ލޮލުން އޮހެމުން ދިޔަ ކަރުނަތައް ފޮހެދެމުން ސަކީނާގެ ގައިގައި ވަރަށް ބާރަށް އާދަނު އޮޅުލައިގަތެވެ. އަނެއްކާ ވެސް ސަކީނާ ގެ ބަޑި ފަޅައިގެން ދިޔައެވެ. ސަކީނާ އެރޭ ވަރަށް ރުއެވެ. އާދަނު ވަރަށް ޙާލުން ސަކީނާ ހަމައަކަށް އެޅުވިއެވެ.
ހަފުތާއެއް ފަހެވެ. މަލީކާ މިހާރު ގެންދަނީ މެލޭޝިޔާގެ ކޮލެޖެއްގައި ޑޮކްޓަރުކަން ކިޔަވަމުންނެވެ. ކޮންމެ ދުވަހަކުވެސް މަލީކާ އޭނާގެ މަންމަ އާއި ބައްޕައަށް ގުޅައިގެން ވާހަކަ ދައްކައެވެ. ޙާލު ބަލައެވެ. ސަކީނާ އާއި އާދަނު އިންތިޒާރު ކުރަމުން ގެންދަނީ ޑޮކްޓަރަކަށް ވެގެން އެ މީހުން ގެ ދަރިފުޅު މަލީކާ އަންނާނެ ދުވަހަކަށެވެ.
****
5 އަހަރު ފަހެވެ. މިއަދަކީ މަލީކާ ޑޮކްޓަރުކަން ކިޔަވައި ނިންމައިގެން މާލެ އަންނަން ހަމަޖެހިފައި އޮތް ދުވަހެވެ. ސަކީނާ އާއި އާދަނު ހުރީ ހުޅުލޭ އެއާރޕޯޓުގައެވެ. އެމީހުންގެ ދަރިފުޅުގެ އިންތިޒާރުގައެވެ. އެ ދެމީހުންގެ މޫނުމަތިން ފެންނަމުން ދިޔައީ އިންތިހާއަށް އުފާވެރިކަމެވެ. އެ ދެމީހުންނަށް ސިފަވަމުން ދިޔައީ މަލީކާ ސުކޫލުގެ ނަތީޖާ ހިފައިގެން ދުވަމުން އައި މަންޒަރެވެ. އެ ހިތް އުފާ ކުރުވި އެ ވަގުތުކޮޅެވެ. މިއަދުވެސް މަލީކާ ދުވެފައި އައިސް އެދެމީހުންގެ ގައިގައި ބައްދާލާނެ ވަގުތަަކަށް ކެތްމަދުވެފައި އެ ދެމީހުންވެސް ތިއްބެވެ.
ވައިގެ ތެރޭގައި މިނިވަންކަމާއިއެކު ދުއްވަމުންދާ ފުލައިޓް ތައްޔާރުވަމުން ދިޔައީ ހުޅުލޭ އެއާރޕޯޓަށް ޖައްސާށެވެ. އެ މަންޒަރު ބަލަން އާދަނާއި ސަކީނާ އަތުގުޅުވާލައިގެން ހެވި ދިލިފައި ހުއްޓެވެ. އެމީހުންގެ ދަރިފުޅު ދުވެފައި އަންނަހެން ވެސް އެ ދެމީހުންނަށް ހީވާ ކަހަލައެވެ.
ފްލައިޓް ޖެއްސުމާއި އެކު އިވުނީ ބާރު އަޑު ފަށްގަނޑެކެވެ. ހަމަ އެއާއި އެކު ފްލައިޓްގައި ރޯވިއެވެ. ސަކީނާ އާއި އާދަނަށް ވީގޮތްވެސް ނޭނގުނެވެ. “ދަރިފުޅާ” އޭ ކިޔައި އާދަނު ހެއިނެތިގެން ވެއްޓުނެވެ. ސަކީނާ ރޮމުން އޭނާގެ ގައިން ވަރު ދޫވެ ހުރިތަނަށް ތިރި ވިއެވެ. އޭރު މުޅި އެއާރޕޯޓް ހަލަބޮލި ވެއްޖެއެވެ. މުޅި ތަނަށް ވަނީ ދުމުގެ އަސަރު ފޯރާފައެވެ. އެ ހިތާމަވެރިން ޚަބަރުން މުޅި ރާއްޖެ ހިމޭންވިއެވެ. އެތައް ބައެއްގެ ލޮލުން ކަރުނަ ހިލުވާލިއެވެ. މުޅި ޤައުމަށް ފުން ހިތާމައިގެ ބޮޑު ކޯރެއް ބަންޑުންވިފަދައެވެ.
ސަކީނާއަށް ލޯ ހުޅުވާލެވުނު އިރު އޭނާ އޮތީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައައެވެ. “އަހަރެންގެ އާދަނު… ދަރިފުޅާ މަލީކާ…”ސަކީނާ ރޮމުން އެނދުން ތެދުވާ މަސައްކަތްކުރިއެވެ. އެހެންނަމަވެސް ސަކީނާ ގާތުގައި ހުރި ނަރުސް ކުއްޖާ ސަކީނާ އެނދުމަތީގައި ބޭއްވިއެވެ. އެއާއި އެކު ސަކީނާއަށް ރޯންފެށުނެވެ. ގިސްލަ ގިސްލާފައެވެ.
“މަންމާ…” ސަކީނާ ސިހިފައި ބަލައިލީ އެނދުގެ ކަނުގައި ކޮޅަށް ހުރި އޭނާގެ ދަރިފުޅު މަލީކާ އަށެވެ. ފްލައިޓުން ސަލާމަތް ވި މަދު މީހުންގެ ތެރޭގައި މަލީކާ ވެސް ހިމެނުނެވެ.
“ދަރިފުޅާ… ދަރިފުޅާ…” މަލީކާ އޭނާގެ މަންމަ އާއި ގާތްވެލުމުން ސަކީނާ ވަރަށް ލޯބިން މަލީކާގެ ގައިގައި އޮޅުލައިގަތެވެ. ސަކީނާ އާއި މަލީކާ ވެސް ރޮމުން ގެންދިޔައެވެ. އެތަން ބަލަން ނަރުސް ކުއްޖާއަށް ހުރެވުނީ ހިތް ރޫޅޭ ވަރުވެފައެވެ. މަލީކާ އާއި ސަކީނާ އަވަސްވެގަތީ އާދަނުގެ ޚަބަރެއް ބެލުމަށެވެ.
“ޕޭޝަންޓްގެ އެއް ކިޑްނީ ނަގާފަ ވާއިރު ޕޭޝަންޓްގެ ޙާލު ވަރަށް ސީރިއަސް.. އަދިވެސް އޮތީ ހޭނެތިފަ…” ޑޮކްޓަރުގެ ޖުމުލައިން މަލީކާއަށް ހީވީ މީހަކު އައިސް އޭނާ ހޫރާލިހެންނެވެ. ވަރަށް ބާރަށް ރޯންފެށިއެވެ.
“ކިޑްނީ ނަގާފައޭ… ކޮން އިރަކު.. ؟ މަންމާ.. އެއީ ކޮން އިރަކު؟” މަލީކާ އޭނާގެ ނޭފަތުން ފައިބަމުން ދިޔަ ފެންތައް އަތުން ފޮހެމުން ގެންދިޔައިރު، އޭނާގެ ލޮލުން އެއްވެސް ހިފެހެއްޓުމެއްނެތި ކަރުނަތައް ފައިބަމުން ދިޔައެވެ. ސަކީނާ ހުރިހާ ވާހަކައެއް މަލީކާއަށް ކިޔާ ދިނެވެ. މަލީކާއަށް ވަރަށް އަސަރުކޮށްފިއެވެ. މަލީކާ ދުވަމުން ގޮސް ވަނީ ހޮސްޕިޓަލުގެ ނަމާދު ކުރާ ބަޔަށެވެ. އަދި މާތް ﷲއަށް ދުޢާ ކުރަންފެށިއެވެ. ބައްޕަ ރަނގަޅު ކޮށް ދެއްވުމަށެވެ.
މާ ގިނަ އިރު ތަކެއް ނުވިއެވެ. ﷲގެ ކުޅަދުންވަންތަކަމުން އާދަނު ހޭއެރިއެވެ. އަދި އާދަނުގެ ޙާލު މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށް ޑޮކްޓަރުން ބުންޏެވެ. ސަކީނާ އާއި މަލީކާ ގޮސް އާދަނުގެ ގައިގައި ބައްދައިގަތެވެ.
“ﷲއަށް ޝުކުރު ކުރަން…. ބައްޕާ… ބައްޕަ ތީ މި ދުނިޔޭގަ ހުރިހާ ބައްޕައިންނަށް ހުރި ނަމޫނާ އެއް…. ދަރިއަކަށްޓަކައި ތިވީ ކޮންފަދަ މަތިވެރި ޤުރުބާނީ އެއް… އަޅުގަނޑު އަބަދުވެސް ބައްޕަގެ ތި ޤުރުބާނީ ހަނދާނުގަ ބަހައްޓާނަން… އިރާދަކުރެއްވިއްޔާ މަންމަ އާއި ބައްޕަ ބަލިވާ ދުވަހަކުން ދެން ފަރުވާކޮށް ރަނގަޅު ކުރާނީ އަޅުގަނޑު… ބައްޕާ..”
މަލީކާ ރޮމުން އާދަނުގެ ގައިގައި ބައްދައިގަނެގެން އޮތެވެ. އާދަނު މަޑުމަޑުން އޭނާގެ އަތް ނަގާ މަލީކާގެ ބޮލުގައި ފިރުމާލިއެވެ. ސަކީނާ ވެސް މަލީކާގެ ބުރަކަށީގައި ފިރުމާލިއެވެ. އާދަނާއި ސަކީނާ އަށް މަލީކާ ފަދަ ދަރިއެއް މާތް ﷲ ދެއްވީތީ އެ ދެމީހުން އެކަލާނގެއަށް ޙަޟްރަތަށް ޝުކުރުވެރިވިއެވެ. އަދި ފްލައިޓްގައި އަލިފާން ރޯވި ބިރުވެރި ހާދިސާ އިން މަލީކާ ސަލާމްކުރެއްވީތީ ﷲ އަށް ޙަމުދްކުރިއެވެ.
ނިމުނީ
ކެޓެގަރީ: ހިތާމަވެރި ކުރުވާހަކަ

3607

ނަޖާ

0.0

އަލްހަމްދުލިލާހި

1

6 hours ago

Janoo#jan

0.0

This was a great story. Allah is the best from all.

2

7 days ago

Xudhu

0.0

Maa fake i think

2

2 weeks ago

Darling I love you

0.0

Enme furathama alifaan roaviey jahaafainiru neyge vaanuvaa eh maafahun enguny keekey kun liyefa othee but still love it ?????????

1

2 weeks ago

Anonymous

0.0

ވަރަށް ރީތި ވާހަކައެއް.

6

1

1 month ago

ރިމީ

0.0

ވާވް

8

1

1 month ago

???

0.0

Varah emotional ?

13

1

1 month ago

Nash

0.0

Vara reethi story

9

1

1 month ago

ޖަނާ

0.0

ވާވް

15

1

1 month ago

ކިޔުންތެރިންގެ ހިޔާލު ކެންސަލް
Your RatingSource link

Leave a Reply

Related Articles