• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ވާހަކަ ⁄ ހަށި

ހަށި


373635

އަހަންނަށް އިވިފައި އޮންނަނީ މިހެންނެވެ. އަހަރެން މި ދުނިޔެއަށް އުފަންކުރުމުގެ ތެރެއިން އަހަރެންގެ މަންމަ މި ދުނިޔެއަށް އަލްވަދާއު ކިއީޔެވެ. އެ ހިތާމަވެރި ޚަބަރު ބައްޕައަށް ލިބުމުން ޖެހުނު ހާޓްއެޓޭކެއްގައި އަހަރެންގެ ބައްޕަ ވެސް ނިޔާވީއެވެ. އެދުވަހުން ފެށިގެން އަހަރެން ބެލުމާ ހަވާލުވިކަމަށް ވަނީ އަހަރެންގެ ބޮޑުދައިތައެވެ. ސަމީރާއެވެ. ބޮޑުދައިތަގެ ފަރާތުން އަހަރެންނަށް ލިބުނީ އަވާމެންދުރެއްފަދަ ލޯތްބެކެވެ. އެ ލޯތްބަކީ ދޮން ނިޔަދުރެއްކަން އަހަންނަށް ރޭކައިލީ ބޮޑުދައިތައަށް ދަރިއަކު ލިބުނު ފަހަކުންނެވެ. އެއަށްފަހު ހަޤީޤީ އިމްތިހާނާ އަހަރެން ކުރިމަތިލާން ޖެހުނެވެ.
އަހަރެން ބޮޑުދައިތަމެންގެ ގޭގައި އުޅުނީ ނޯކިރީއެއް ފަދައިންނެވެ. ގޭގެ އެންމެހާ ކަންތައްތައް ކުރުމުގައި ހޭބޯނާރައި އުޅެންޖެހުނެވެ. ޚަރަދުދާނެއޭ ކިޔާ އަހަރެންނަށް ތައުލީމު އުނގެނުމުގެ ފުރުޞަތެއް ނުދިނެވެ. 24 ގަޑިއިރު އަހަރެން އުޅެންޖެހުނީ މަސައްކަތުގައެވެ. ބޮޑުދައިތަގެ ވިހަ ބަސްތަށް އަޑުއެހުމުގައެވެ. ތައުލީމެއް ނެތިއެއްޔާ ދުނިޔެއަށް ރަނގަޅަށް ލޯ ނުހުޅެވޭނޭ ބުނާ ބީދައިން އަހަރެންނަކަަށް ވެސް ރަނގަޅަކަށް ދުނިޔޭގެ ހާޖާފާޖާ އެއް ނޭނގެއެވެ. ހެޔޮ ނުބައި ވަކިކުރުމުގެ މާތް ވިސްނުން އަހަންނަކަށް ނުލިބުނެވެ.
މިކަމުގެ ނާޖާއިޒް ފައިދާ ނެގީ ބޮޑުދައިތަގެ ފިރިމީހާއެވެ. އޭނާގެ ވަހުޝީކަމުން ފުރިފައިވާ ސިނކުޑިން އަހަރެން އޭނާގެ ދަޅަތަކަށް ހައްލުވައިލީއެވެ. ފުރަތަމަ އެކަމަށް އަހަރެން ވެސް އިންކާރު ކުރީމެވެ. ނަމަވެސް ޝައިޠާނީ ވަސްވާސްތަކުން އަހަރެންގެ ސިކުނޑިވެސް ހައްޔަރުކުރުވިއެވެ. ވަހުޝީކަމުން އަހަރެންގެ ހިތް ކަޅުކޮށްލީއެވެ. މަދުމަދުން ފައިސާ ދޭން ފެށުމުން ފައިސާއަށް އަހަންނަށް ދަހިވެތިވެވުނީއެވެ. ދުނިޔެމަތީގައި އަލަށް ފައިސާ މިލްކުވެގެންދިއުމުން އަހަރެންނަށް ދުނިޔޭގެ ވަގުތީ ކުލަތަކަށް މާ ރީތިވީއެވެ.
މިއެޅިގެންދިޔައީ މިކަމުގެ ބިންގާއެވެ. މާކަގިނަދުވަސްތަކެއް ނުވަނީސް މިކަން ފުޅާވެ ތަނަވަސްވެގެން ދިޔައެވެ. ކޮންމެ ރެއަކު ކޮންމެވެސް މީހެއްގެ ފަރާތުން މަދުވެގެން 5000 ރުފިޔާ ހޯދަން ފެށީމެވެ. ކޮންމެ ރެއަކުވެސް ކޮންމެ ވެސް ފިރިހެނެއްގެ އެދުން ފުއްދައިދޭ ބައިވެރިއެއްގެ ގޮތުގައެވެ. އެމީހުން ތަންމަތި ފަޅުފިލުވައިދޭ މިތުރެއްގެ ގޮތުގައެވެ. މިކަމުގައި އަހަރެން “ބޮޑު ގުޅަ” ވެގެން ދިޔައެވެ. އަހަރެން ހަށި ވިއްކާކަން ރަށުގެ ގިނަ ފިރިހެނުންތަކަށް މިހާރު އެނގޭނެވެ. އެމީހުންގެ މެދުގައި އަހަރެން މަޝްހޫރުވެފައިވަނީވެސް “ބަޑި ރުހާ ” ގެ ނަމުންނެވެ.
މިރޭ މިއީ ބޮޑު ރެއެކެވެ. ފުރަތަމަ ފަހަރަށް އަހަރެންނަށް ރަށުން ބޭރުން ފުރުޞަތު ލިބުނު ދުވަހެކެވެ. މިއީ އަހަރެންގެ ހަޔާތް ބަދަލުކޮށްލި ރެއެކެވެ. ފަޒީލެވެ. ފުރަތަމަ ފަހަރަށް ވެސް ފަޒީލު ފެނިލުމުން އަހަރެންގެ ހިތުގެ އެންމެ ހިމަ ނާރަށް ވެސް އަސަރު ކުރުވިއެވެ. މަޑު އޮރެންޖު ކުލައެއްގައިވާ ފަން އިސްތަށިގަނޑެއްގައެވެ. މުށި ކުލައިގެ ބޮޑު ދެލޮލެވެ. ކަސްރަތީ ރީތި ހަށިގަނޑެކެވެ. ހިތްދަމައިގަންނަ ހެޔޮވަރު އިސްކޮޅެވެ. ވާހަކަދެއްކުމުގައިވާ އަބުއިކަމެވެ. އަހަރެން ގަޔާވާ ހުރިޙާ ސިފައެއް އަހަންނަށް ފަޒީލްގެ ކިބައިން ފެނުނެވެ. އަހަންނަށް ހަގީގަތުގައިވެސް ފަޒީލު ދެކެ ލޯބި ވެވިއްޖެއެވެ. އައު ވިންދެއް ހިތުގައި ޖަހަންފެށިކަން އަހަންނަށް އިހުސާސްކުރެވުނެވެ.
ލަހެއް ނުކުރަމެވެ. އަހަރެން ހިތުގައިވާ ހުރިހާ އިހުސާސެއް ވަގުތުން ބަންޑުން ކޮށްލީމެވެ. ފަޒީލް ވެސް އަހަރެންނާ ވަރަށް ކަމުދާ ކަމަށް ބުނި ދުވަހަކީ އަހަންނަށް ހުރިޙާ އުފަލެއް ލިބުނު ދުވަހެވެ. އެ ދުވަހަަށްފަހު އަހަރެންނަށް ބަދަލުތަކެއް އަންނަކަން ހުދު އަހަރެންނަށް ވެސް ފާހަގަކުރެވުނެވެ. ހަށި ވިއްކުމުން އަހަރެން ދުރުވެގެން ދިޔައެވެ. މިއަދު އަހަރެން އަރާމާއި އުފާ ބޭނުންވަނީ ފަޒީލްގެ ކިބައިން އެކަންނެވެ. އެހެން ފިރިހެނަކާ ދިމާއަށް ބަލައިލުމަށް ވެސް އަހަރެންގެ ހިތެއް ބޭނުންނުވެއެވެ.
އެވެސް ދުވަހެކެވެ. އަހަރެން ބަލިވެ އިންކަން އަހަންނަށް އެނގުނު ދުވަހެވެ. އެކަމާ އަހަރެން ހާސްވެ ކަންބޮޑުވެގެން ފަޒީލަށް ގުޅަން ފެށީމެވެ. 03 ފަހަރު ގުޅުމުން ވެސް ފަޒީލް ފޯނު ނުނެގުމުން އަހަރެން އެރަށަށް ދިއުމަށް ނިންމީއެވެ. ކަމުގެ މުހިއްމު ކަމުގެ ސަބަބުންނެވެ. ފެރީއަށް އަރައި އެރަށަށްގޮސް އެ ގެޔަށް ދިޔައީމެވެ. ފަޒީލްގެ ކޮޓަރި ތަޅު ނުލައި ހުރީ އަހަރެންގެ ނަސީބުކަމެއް ނުވަތަ ބަދުނަސީބު ކަމަކުން ކަމެއް ބުނާކަށް ނޭނގެއެވެ. ހުރެވުނު ތަންވެސް އަހަންނަށް ނޭނގުނެވެ. ފަޒީލް އޮތީ އޭނާގެ އެނދުމަތީގައެވެ. އެނދުމަތި ފަޅުފިލުވައިދޭ ބައިވެރިއެއް ގޮވައިގެންނެވެ. އަރާމާއި އުފާ ހޯދުމުގައެވެ. އަހަންނަށް ބޭއިޚުތިޔާރުގައި ބާރުބާރަށް ހަޅޭލަވައިގަނެވުނެވެ.
“ފަޒީލް…………! މޮޔަވީތަ؟”
” ބަލާއެންނު! މަތަ މޮޔަވެގެން މިއުޅެނީ! ކައެ ކިޔެއް ކުރަން މިގެޔަށް ތިޔައީ! މިތަނުން ރައްކާވާން ހަދާ!
” ފަޒީލް! ތިއީތަ ފަޒީލް އަހަރެން ދެކެ ވާލޯތްބަކީ؟ ތިއީތަ އަހަންނަށް ބަދަލުދޭން ފެނުނު އެންމެ ރަނގަޅު ގޮތަކީ؟ ބަލަ އަހަރެން މީނީ ފަޒީލްގެ ދަރިއަކަށް ބަލިވެޔޭ!”
” ލޯބި! ހައްހައްހަާ! ކައެ ކަހަލަ ބަޑި މީހަކަށް ލޯބި އެނގޭނެބާ! އާންއެހެންނަ! އެންމެންގެ ތުންފުހި އައިސް ލޯތްބޭ ކިޔައި އަނގަ ހާރުވާކަށް ލަދެއް ނުގަނޭތަ؟ އައްޗި! އެންމެންގެ ފީކުދާނު1 ތި ނޭނގެ ކާކުގެ ކުނި ލޭކޮޅެއް ކަމެއްވެސް! ކައެ ނޫޅޭތި ހުރިހާ ކަމެއްް މަ ބޮލަށް ޖަހަން! މަންޒަރު ގޯސް ނުވަނީސް މިތަނުން ރައްކާވޭ!
“މަންމާ! މިސް ބުނީ މާދަން އަންނައިރު މި ފިލާވަޅު ހަދައިގެން އަންނާށޯ!” އަހަރެންގެ މާޒީއިން އަހަރެން ހޭލައްވައިލަދިނީ އަހަަރެންގެ ރާއިދެވެ. އަހަރެންގެ 09 އަހަރުގެ ދަރިފުޅެވެ. އެއީ މިއަދު އަހަރެންގެ ފުރާނައެވެ. އަހަރެންގެ ހުރިހާ އުއްމީދެވެ. ފަޒީލާ އަހަންނާ ދިމާވީ ހަމަ އަހަރެންގެ ނަސީބު ގަދަ ކަމުންނެވެ. ދުނިޔެއަަށް އަހަރެން ލޯ ހުޅުވައިދިނީ ފަޒީލެވެ. ފަޒީލްގެ ބޭވަފާތެރިކަމެވެ. އޭނާގެ އެ ބަސްތަކުން އަހަރެން ހިތްވަރު ހޯދީމެވެ. މާތް ﷲ ގެ ދީލަތިވަންތަކަން ދެކިބަލާށެވެ. އެކަލާނގެ އަޅަކަށް ހެޔޮމަގު ދައްކަވަން ހުރި ގޮތަކަށް އެކަލާނގެ އެމީހަކަށް ހެޔޮ މަގު ދައްކަވައެވެ. އަހަރެންގެ މާޒީއަށް އަހަރެން ހިތާމަކުރަމެވެ. އަދި އެ ނުބައި ފާފަތަކަށް އަހަރެން ތައުބާ ވަމެވެ. އަދި ރާއިދަކީ މާތް ﷲ އަހަންނަށް ދެއްވި ނިއުމަތެއްގެ ގޮތުގައި ދެކުނީމެވެ. ހަށި ވިއްކައިގެން އަހަންނަށް ލިބުނު ފައިސާ އަހަރެން ޔަތީމުހާނާއަކަށް ހަދިޔާކުރީމެވެ. މިއަދު ރާއިދާއެކު އުފަލުގައި މިއުޅެނީ އަމިއްލަ ބުރަ މަސައްކަތުން ހޯދައި ހަލާލު ފައިސާއިންނެވެ.
“އެހެންތަ ދަރިފުޅާ! ފިލާވަޅުތައް ހެދުމުގެ ކުރިން ހިނގާ ކާން ދާން! އޭރުން ފިލާވަޅު ވެސް މި ކުޑަކުޑަ ސިނކުޑިތެރެއަށް ވަންނާނި”
އަހަރެންވެސް ސަމާސާކޮށްލުމަށްޓަކައި ބުނީމެވެ.
ކެޓެގަރީ: ކުރުވާހަކަ

3736

މ

0.0

ހަށި ވިއްކާ ކަމަށްވާނީ އެކަކަށް ވެސް ވިއްކީމަ. ކައިވެނިން ބޭރުން ގުޅުން ހިންގަންޔާ އެޔަކީ ހަށިވިއްކުން. އެހެޔޮ އެންމެ މީހަކަށް ވިޔަސް ބޮޑު ބައިގަނޑަކަށް ވިޔަސް. އަދި ލޯބި ވެގެން ވިޔަސް ނުވެ ވިޔަސް. މިއަދު އަހަރެން އަރާމާއި އުފާ ބޭނުންވަނީ ފަޒީލްގެ ކިބައިން އެކަންޏޯ. ބަލާއެއްތާ ދޯ!

3

1

1 month ago

ކިޔުންތެރިޔެއްް

0.0

ހަރާންގޮތުގައި ހޯދި ފައިސާ ޔަތީމުޚާނާ އަކަށް ހަދިޔާ ކުރީމަ އެހާއެހާއެއް ނޫން އަސްލު.. އަންދާލިނަމަ މާ ސަޅިވީސް އަސްލު..

5

1

2 months ago

Kiuntherieh

0.0

Aa vaahakaeh???

5

3 months ago

Vaahaka kiyaa kujja

0.0

Ma heekury mi kury ge hashi ge aneh part henn.ekm kee iru mi v

8

3 months ago

Aish

0.0

LOL mee new story ekey…?

6

3 months ago

ކިޔާމީހާ

0.0

އެހާ ދުވަސްކޮށްފަ މިއޮތީ ކީކޭ ލިޔެފަ؟ އެއްޗެއް ނުލިޔުނަސް މާ ރަނގަޅެއްނު

2

7

3 months ago

Jay

Thinilheny mi story “hashi” series aa confuse koggen dhi

6

3 months ago

ކިޔުންތެރިންގެ ހިޔާލު ކެންސަލް
Your RatingSource link

Leave a Reply

Related Articles