• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ސިއްހަތު ⁄ ހާރުދަމުގައި ކާންވީ ކޮން އެއްޗެއްކަން އެނގޭތަ؟

ހާރުދަމުގައި ކާންވީ ކޮން އެއްޗެއްކަން އެނގޭތަ؟



ހާރުދަމަކީ ރޯދަހިފުމަށް ކާން އެންމެ އެދެވިގެންވާ ވަގުތެވެ. އެހެން ކަމުން މިވަގުތުގައި ބޭނުން ކުރާ ކާނާ އަކީ ހަށިގަނޑަށް ފައިދާ ހުރި، ރޯދައަށް ހުރެވޭ ވަރަށް ހަކަތަ ލިއްބައިދޭ ކެއުމަކަށް ވާން ޖެހެއެވެ. އެހެން ކަމުން ހާރުދަމުގައި ކާން އެންމެ ރަނގަޅީ ކޮންކޮން އެއްޗެއްކަން އެނގުން ވަރަށް މުހިންމެވެ.
ހާރު ދަމުގައި ކެއުން އެންމެ ރަގަޅު ކާނާ:

ޕްރޮޓީންސް ގިނައިން ލިބޭ ކާނާ: ބިސް ފަދަ ތަކެއްޗަކީ އާންމުކޮށް މިވަގުތު ބޭނުންކުރުން އެންމެ ރަނގަޅު ތަކެއްޗެވެ. ސަބަބަކީ، ބިހަކީ އޭގައި ވަރަށް ގިނަ އަދަދަކަށް ޕްރޮޓީންސް އެކުލެވިގެންވާ އެއްޗެކެވެ. ޕްރޮޓީންސް ލިއްބައިދޭ ކާނާ ބޭނުން ކުރާ ކަމުގައި ވަނީނަމަ ހަށިގަނޑު ހެދި ބޮޑުވުމަށް އެހީތެރިވެދެއެވެ. އަދި ރޯދައަށް ހުރުމަށްޓަކައި ހަށިގަނޑަށް ބޭނުންވާ އެންމެ ފުރިހަމަ ހަކަތަ އުފައްދައިދެއެވެ.
ފައިބަރ ލިއްބައިދޭ ކާނާ: ފައިބަރ ލިބޭ ތަކެތީގެ ތެރޭގައި އޯޓްސް އަކީ ވަރަށް ފާހަގަ ކޮށްލެވޭ އެއްޗެކެވެ. އެއް ޖޯޑު އޯޓްސް ގައި 4 ގްރާމް ފައިބަރ ހިމެނޭ ކަމަށް ސިއްހަތާ ބެހޭ މާހިރުން ވިދާޅުވެއެވެ. އަދި އެއް ޖޯޑު އޯޓް މީލްއެއް ގައި މުޅި ދުވަހަށް ބޭނުންވާ ވަރަށް %15 ފައިބަރ ހުންނާނެ ކަމަށް އެބޭފުޅުން ދެކިލައްވައެވެ. އެހެންކަމުން ހާރުދަމުގައި އޯޓްސް ބޭނުން ކުރުމުގެ ސަބަބުން ކާނާ ހަޖަމް ކުރުން ލަސް ކޮށްދެއެވެ. ނަތީޖާއެއްގެ ގޮތުން ބަނޑުގައި ހުންނަ ސަރުބީތައް ވިރުވައިދީ ކޮލެސްޓްރޯލް ދަށްކޮށްދެއެވެ. ވީމާ، އޯޓްމީލް އެއް ހާރު ދަމުގައި ބޭނުން ކުރާ ނަމަ އަނެއް ދުވަހު ރޯދައަށް ބޭނުންވާ ވަރަށް ފުރިހަމަ ހަކަތަ ހަށިގަނޑަށް ލިއްބައިދީ މީހާ ވަރުބަލި ވުމުން ދުރު ކޮށްދެއެވެ.
ކެލްޝިއަމް އަދި ވިޓަމިންސް ލިބޭ ކާނާ: ކިރު ބޭނުން ކޮށްގެން ތައްޔާރު ކޮށްފައިވާ ކޮންމެ ބާވަތެއްގެ ކެއުމަކީ ވެސް ހާރުދަމު ކާލަން އެންމެ އެދެވިގެންވާ ކެއުމެވެ. އެގޮތުން ޔޯގަރޓް، ކޯން ފްލޭކްސް ފަދަ ތަކެތި ހާރުދަމުގައި ބޭނުން ކުމުގެ ސަބަބުން ރޯދަ ވީއްލުމާ ހަމައަށް މީހާގެ ހަށިގަނޑު ތާޒާ ކަންމަތީ ދަމަހައްޓައިދޭނެއެވެ.  



Source link

Leave a Reply

Related Articles