• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ރެސިޕީ ⁄ ނިދާއު ބަދިގެ: މަސްކުރޮޅި

ނިދާއު ބަދިގެ: މަސްކުރޮޅިމަސްކުރޮޅި އަކީ ދިވެހިންގެ ތެރެއަށް ވަރަށް މަސްހޫރު އނަގަޔަށް މީރު ކާއެއްޗެކެވެ. ރޯދަމަސް ނޫނަސް އެހެނިހެން މަސްތަކުގައިވެސް ދިވެހިންގެ ސުފުރާމަތީން އާންމުކޮށް އެންމެ ގިނައިން ފެންނަ އެއްބާވަތަކީ މަސްކުރޮޅިއެވެ. އެގޮތުން މިފަހަރު މި ބަލާލަނީ މަސްކުރޮޅި ތައްޔާރު ކުރާނެ ގޮތެވެ.
ބޭނުންވާ ތަކެތި

1 1/2 ޖޯޑު ހިކިމަސް
1/2 ކާށި ކޮށާފައި
1 މޭޒުމަތީ ސަމްސާ އަސޭމިރުސް
2 ފިޔާ (ކޮށާފައި)
6 ލޮނުމެދު (ރޯސްޓުކޮށްފައި)
6 ހިކި މިރުސް (ރޯސްޓުކޮށްފައި)
1/2 ގިތެޔޮ މިރުސް
1/2 އިނގުރު
2 ލުނބޯ
ލޮނު

ތައްޔާރުކުރާނެ ގޮތް
އެންމެ ފުރަތަމަ މިކްސަރެއްގައި މަސްކޮޅު ގްރައިންޑް (ހިމުން) ކޮށްލާށެވެ. މަސްކޮޅުތައް އެންމެ ހިމުން ނުކުރުމަށް ސަމާލުކަންދޭށެވެ. އެއަށްފަހު ބާކީހުރި ހުރިހާ އެހެން ބާވަތްތަކެއް ހިމުންކޮށްލާށެވެ. އަދި މަސްކޮޅާއި އެއްކޮށްލައި މިކްސް ކޮށްލާށެވެ. އެއަށްފަހު ލުނބޯ ހުތްކޮޅަކާއި އެކު ލޮނު ހެޔޮވަރު ކޮށްލާށެވެ. އޭރުން މަސްކުރޮޅި ތައްޔާރުކޮށް ތި ނިމުނީ އެވެ. ބޭނުންނަމަ ރޮށްޓާއި އެކު ނުވަތަ ބަތްޕެނާއި އެކުގައިވެސް ކާލެވިދާނެ އެވެ.
 Source link

Leave a Reply

Related Articles