• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުކުރުން ކެންސަލްކޮށްފި

ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުކުރުން ކެންސަލްކޮށްފި



މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައެއްގައި އެ އިދާރާއަށް ހާޒިރުވާން މިއަދު އަންގާފައި ވަނިކޮށް އެކަން ކެންސަލްކޮށްފިއެވެ.
ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުކުރުން އޮތީ މިއަދު މެންދުރު 13:00ގައެވެ. ނަމަވެސް އެކަމާއި ގުޅިގެން ފުލުހުން ވަކި އެއްޗެއް ހާމައެއް ނުކުރެއެވެ. ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގާފައިވާ ކަމަށް ހާމަކުރީ ކުރީގެ ނާއިބު ރައީސް އަދި ރައީސް ޔާމީން ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. މުހައްމަދު ޖަމީލް އަހުމަދުއެވެ.
ޑރ. މުހައްމަދު ޖަމީލް އަހުމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީން މިއަދު ފުލުހަށް ހާޒިރުކުރަން އަންގާފައިވަނީ މިއަދު މެންދުރު 13:00 ގައި ކަމަށެވެ. ޖަމީލް ވިދާޅުވީ މުޅި ރާއްޖޭއަށް ރޭގައި ލިބުނީ ބޮޑު ސިހުމެއް ކަމަށާއި، އަދި މިފަދަ ދަނޑިވަޅަކީ އެކަކު އަނެކަކަށް ހަމްދަރުދީވާންޖެހޭ ވަގުތެއް ކަމަށެވެ. ނަމަވެސް ފުލުހުންގެ އިދާރާއިން އަވަސް ވެގަތީ މިއަދު އަނެއްކާވެސް ރައީސް ޔާމީން ތަހުގީގަށް ހާޒިރު ކުރަން ކަމަށާއި، މިއަށްވުރެން މުހިއްމު ކަމެއް ނެތީތޯވެސް ޖަމީލު ސުވާލު ކުރެއްވިއެވެ.
މީގެކުރިންވެސް ރައީސް ޔާމީން ވަނީ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައެވެ. އެގޮތުން މިދިޔަ މަހު މި މައްސަލާގައި ފުރަތަމަ ރައީސް ޔާމީން ހާޒިރުކޮށް ފުލުހުން ވަނީ ބަޔާނެއްވެސް ނެރެފައެވެ. ފުލުހުން ބުނީ ރައީސް ޔާމީން ހާޒިރުކޮށް ސުވާލުކުރެވުނު އެއް މައްސަލައަކީ ޓޫރިޒަމް މިނިސްޓްރީއާ އެމްއެމްޕީއާރްސީ މެދުވެރިކޮށް ޓޫރިސްޓު ރިސޯޓު ތަރައްގީ ކުރުމަށްޓަކައި ދިވެހިރާއްޖޭގެ ފަޅުތަކާއި ރަށްތައް ކޮރަޕްޝަންގެ އަމަލު ހިމެނޭގޮތަށް އެކިފަރާތްތަކަށް ކުއްޔަށް ދޫކުރުމަށްފަހު، އެރަށްތަކާއި ފަޅުތަކުގެ އިކުއިޒިޝަން ކޮސްޓުގެ ގޮތުގައި ލިބުނު 77،504،912 (ހަތްދިގެ ހަތްމިލިއަން ފަސްލައްކަ ހަތަރުހާސް ނުވަސަތޭކަ ބާރަ ޑޮލަރު) އަށް ހިޔާނާތްތެރިވެ އެފައިސާ ލޯންޑާ ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލަ ކަމަށެވެ.
އަދި އަނެއް މައްސަލައަކީ ކޮރަޕްޝަނުގެ އަމަލުތަކެއް ހިމެނޭގޮތަށް ބޭރުފައިސާ ގަނެދިނުމުގެ ނަމުގައި ދައުލަތުގެ ކުންފުނިތަކުން އެމްއެމްޕީއާރުސީ އަށް 220,704.5461 (ދުއިސައްތަ ވިހި މިލިޔަން ހަތްލައްކަ ހަތަރުހާސް ފަސްސަތޭކަ ސާޅީސް ހަ) ރުފިޔާ ހޯދުމަށްފަހު އެފައިސާއަށް ހިޔާނާތްތެރިވެ، އެފައިސާލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ކަމަށް ފުލުހުން ބުނެއެވެ.
ތިންވަނަ މައްސަލައަކީ ކޮރަޕްޝަނުގެ އަމަލުތަކެއް ހިމެނޭގޮތަށް އެމްއެމްޕީއާރްސީއިން އަމިއްލަ ފަރާތްތަަކަށާއި ކުންފުނިތަކަށް ލޯނުގެ ގޮތުގައި 1.9 މިލިއަން ރުފިޔާ ދޫކޮށް އެ ފައިސާއަށް ހިޔާނާތްތެރިވެ އެ ފައިސާ ލޯންޑާކޮށްފައިވާ ތުހުމަތު ކުރެވޭ މައްސަލަ ކަމަށްވެސް ފުލުހުން ބުނެއެވެ.
މީގެއިތުރުން ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް ޓޫރިސްޓު ރިސޯޓު ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި 1،118،000 ޔޫއެސް ޑޮލަރު ނަގައި އަމިއްލަ ފަރާތްތަކާއި ކުންފުނިތައް ބޭނުން ކޮށްގެން ލޯންޑާ ކުރުމުގެ ތުހުމަތުގައި ވެސް ޔާމީންއާ މިއަދު ސުވާލު ކުރެވުނު ކަމަށް ފުލުހުން ބުންޏެވެ.



Source link

Leave a Reply

Related Articles