• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ ރާއްޖެއިން ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

ރާއްޖެއިން ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ


ރާއްޖެއިން ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.އެ ބައްޔަށް ޕޮޒިޓިވްވެފައިވަނީ ޅ. ކުރެއްދޫ ރިސޯޓުގެ ދެ މުވައްޒަފުންނެވެ.ސަރުކާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ ދެ ބިދޭސީން ކަމަށެވެ. އެކަމަކު އެ ދެ މީހުންގެ ވަނަވަރެއް ސަރުކާރުން ހާމައެއް ނުކުރެއެވެ.ސަރުކާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވީ، ޅ. ކުރެއްދޫ ރިސޯޓުން ކޮވިޑް-19 ފެނުމާއި އެކު އެ ރަށުގެ ސްޓޭޓަސް އޮރެންޖަށް ބަދަލުކޮށްފައިވާ ކަމަށެވެ. ޕޮޒިޓިވްވި ދެ މީހުންގެ ހާލުވެސް ރަނގަޅު ކަމަށް އަމީން ވިދާޅުވިއެވެ. އަދި ސަމަރ އައިލެންޑުން ޓެސްޓް ކުރެވުނު ދެ މީހުންގެ ޓެސްޓު ކުރުމަށް ފަހު އެ ދެމީހުން އައިސޮލޭޓް ކޮށްފައިވާ ކަމަށް ވެސް އަމީން ވިދާޅުވިއެވެ.އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ކޮވިޑް-19 އަށް އަމަލުކުރާން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން އެކުލަވާލާފައިވާ މިންގަނޑުތަކަށް ފެތޭ ގޮތަށް ހަދާފައިވާ އެސްއޯޕީއާ އެއްގޮތަށް މިހާރުން ފެށިގެން އަމަލުކުރަމުންދާނެ ކަމަށެވެ.ވައިރަހާ ގުޅިގެން ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއް ހޮނިހިރު ދުވަހުގެރޭ ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. އަލީ ވަހީދު ވިދާޅުވީ، ކޮވިޑް-19 އަކީ ދުނިޔޭގެ ހުރިހާ ގައުމެއްގައި ފެތުރެމުންދާ ބައްޔަކަށްވާއިރު، އެ ބަލި އައިސްދާނެ ކަމަށް ރާއްޖެ އޮތީ އެ ބައްޔަަށް ފުރިހަމައަށް ތައްޔާރުވެގެން ކަމަށެވެ.ކަމާއިބެހޭ ފަރާތްތަކުން ދެމުންދާ އިރުޝާދާ އެއްގޮތަށް މަސައްކަތް ކުރުމަށް އަލީ ވަހީދު ވަނީ ހުރިހާ ރައްޔިތުންނަށް ގޮވާލައްވާފައެވެ.



Source link

Leave a Reply

Related Articles