• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ ރާއްޖެ އެއްކޮށް ލޮކްޑައުން އަކަށް ނުދާނެ: މިނިސްޓަރު އަލީ

ރާއްޖެ އެއްކޮށް ލޮކްޑައުން އަކަށް ނުދާނެ: މިނިސްޓަރު އަލީ



ކޮރޯނާ އާ ގުޅިގެން މުޅި ރާއްޖެ ލޮކްޑައުން އަކަށް ނުދާނެ ކަމަށާއި ރާއްޖޭގެ އިގްތިސާދީ ހަރަކާތްތައް މި ސަރުކާރުން ކުރިއަށް ގެންދާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ. ޓޫރިޒަމް މިނިސްޓްރީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ ވިދާޅުވީ ކޮރޯނާގެ ސަބަބުން ރާއްޖެއަށްވެސް އަސަރު ކުރާނެ ކަމަށާއި އޭގެ ބިރު ދިވެހި އިގްތިސާދަށްވެސް އެބައޮތް ކަމަށެވެ. ނަަމަވެސް ހުރިހާ ގައުމަކުން ރާއްޖެއަށް މީހުން އެތެރެ ނުވެވޭގޮތް ހަދައި، ރާއްޖެ ލޮކްޑައުން ކުރެވެން ނެތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިނސިްޓަރު ވިދާޅުވީ ކޮރޯނާ ފެތުރެމުންދާގޮތަށް ބަލާއިރު އެ ބަލި އަންނަނީ ސީދާ މިވެނި ތަނަކުންނޭ ބުނެވޭނެ ޖާގައެއް މިހާރު ނެތްކަމަށާއި ބަލީގެ ކޭހެއް ފެންނަ ކޮންމެ ގައުމަކުން މީހުން އައުން މަނާކުރެވެން ނެތްކަމަށެވެ. ރާއްޖެއިން މިހާތަނަށް ވަނީ ޗައިނާ، އިޓަލީ، އިރާނު އަދި ދެކުނު ކޮރެއާގެ ދެ ސަރަހައްދަކުން މީހުން އައުން ވަގުތީގޮތުން ހުއްޓުވައިފަ އެވެ. މިނިސްޓަރު ވިދާޅުވީ، ހާލަތަށް ބަލައި އިތުުރު ގައުމުތަކަށް ޓްރެވަލް ރެސްޓްރިކްޝަންތައް ނެރޭނެ ކަމަށާއި މިހާރު މީހުން އައުން މަނާކޮށްފައިވާ ގައުމުތަކުން މީހުން އައުމުގެ ހުއްދަ ދޭންޖެހޭ ހާލަތު އައުމުން އެކަންވެސް ކުރާނެ ކަމަށެވެ. މިނިސްޓަރު އަލީ ވިދާޅުވީ ބޫޓާނުން އަމަލު ކުރިގޮތަަށް ޓޫރިސްޓުން އައުން އެއްކޮށް ހުއްޓުވެން ނެތްކަމަށެވެ. އޭގެ އަސަރު އާންމު ދިރިއުޅުމަށާއި އިގްތިސާދަށް ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. “ރާއްޖެ އެއްކޮށް ލޮކްޑައުން އަކަށް ނުދާނެ. ކޮވިޑް19 ނޫޅޭ ގައުމުތަކަށްވުރެ އުޅޭ ގައުމުތައް ގިނައީ،” މިނިސްޓަރު ވިދާޅުވި އެވެ. “ދިވެހި ރާއްޖެއަކަށް ދިވެހި ރައްޔިތުންނަކަށް ދިވެހި ދައުލަތަކަށް ދިވެހި ރާއްޖެ ލޮކްޑައުންއަކަށް ދިޔުން އެ ކޮސްޓެއް ނުނެގޭނެ. އެއީ ދިވެހި އިގްތިސާދު ފުނޑުފުނޑުވެ، ދިވެހިރާއްޖެ، ދިވެހި ރައްޔިތުން ބަނޑަށް ޖެހޭނެ ސިޗުއޭޝަން އަކަށް ދިވެހި ސަރުކާރަކުން ނުގެންދާނެ،” https://sun.mv/132584 ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަމުން ދިޔައީ ޗައިނާއިންކަން ފާހަގަ ކުރައްވަމުން އަލީ ވަހީދު ވިދާޅުވީ، ޗައިނާމީހުން އެހާ ގިނައިން އަންނަމުން ދިޔައިރުވެސް ކޮރޯނާގެ ކޭސްއެއް ރާއްޖެއިން ނުފެނި މިހާ ދުވަހަށް ދިގު ދެމިގެން ދިޔުމަކީ، ރާއްޖެއަށް ހޯދުނު ކާމިޔާބެއް ކަމަށެވެ. އަދި މި ސަރަހައްދުގެ އެހެން ގައުމުތަކަށް ކޮރޯނާ ވައިރަސް ފެތުރިފައި އޮތްއިރު، ރާއްޖެއިން ޕޮޒިޓިވް ކޭސްއެއް މިހާލަހުން ފެނުމަކީ ވެސް ފާހަގަކޮށްލަން ޖެހޭ ކަމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. “މިވަރު ބޮޑުކަމެއް ދުނިޔެއަށް އައިސްގެން ދާއިރު، އަޅުގަނޑު ދެކޭގޮތުގައި ޑިސެމްބަރު 31 އިން ފެށިގެން މި ބަލި ޗައިނާ އިން ނިކުތީ. ޗައިނާ އަކީ ރާއްޖޭގެ ނަންބާ ވަން މާކެޓު. ހަގީގަތަށް ބުނަންޏާ ޖެނުއަރީ އެކެއްގައި މިރާއްޖެއަށް މި ބަލި އައި ނަމަވެސް އަޅުގަނޑުމެން ހައިރާން ވެގެން ނުވާނެ. ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައީ ޗައިނާ އިން. އަޅުގަނޑަށް ހީވަނީ ފިޔަވަޅުތަކެއް ރަނގަޅަށް އެޅުނީމާ ކަންނޭނގެ މާޗު ހަތަކާ ހަމައަށް މި ކަން ޑިލޭ ކުރެވުނީ،” މިނިސްޓަރު ވިދާޅުވި އެވެ. ރާއްޖެއިން ކޮރޯނާ ވައިރަސްގެ…



Source link

Leave a Reply

Related Articles