• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ ރާއްޖޭގެ ރިސޯޓުތައް ހުސްކުރަން ޖެހުނަސް އެކަންވެސް ކުރާނަން: އަލީ ވަޙީދު

ރާއްޖޭގެ ރިސޯޓުތައް ހުސްކުރަން ޖެހުނަސް އެކަންވެސް ކުރާނަން: އަލީ ވަޙީދު


ރާއްޖޭގައި ކޮވިޑް-19 ފެތުރި މީހުން ކަރަންޓީން ކުރާނެ ޖާގަ ނެތް ޙާލަތެއްގައި ރާއްޖޭގެ ރިސޯޓުތައް ހުސްކުރަން ޖެހިއްޖެނަމަ އެކަންވެސް ކުރައްވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަޙީދު ވިދާޅުވެއްޖެއެވެ.ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން އެކަށީގެންވާ ފިޔަވަޅު އެޅުން ލަސްވާ ކަމަށާއި، ކޮވިޑް-19 ފެތުރެމުންދާ ޤައުމުތަކުން ރާއްޖެއަށް މީހުން އައުން ހުއްޓުވުން ލަސްވަނީ އާންމު ރައްޔިތުންގެ ސިއްޙަތަށްވުރެ އިޤްތިސާދު މުހިއްމުވާތީކަމަށް ބުނެ ކުރެވެމުންދާ ތުހުމަތުތަކާ ގުޅިގެން ހުކުރު ދުވަހުގެރޭ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އަލީ ވަޙީދު ވިދާޅުވީ، މި ސަރުކާރުން އަބަދުވެސް އިސްކަންދޭނީ އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމަށެވެ.އެގޮތުން ކޮވިޑް-19 އާ ގުޅިގެން ފިޔަވަޅުތައް އެޅުމުގައި ޚާއްސަ އެސްއޯޕީތަކެއް ޤާއިމު ކުރެވިފައިވާކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ، ކޮންމެ ނިންމުމެއް ނިންމަވަނީ ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރެއްވުމަށްފަހު ކަމަށާއި، ވައިރަސް ފެތުރޭ ނިސްބަތަށް އަޅަންޖެހޭ ފިޔަވަޅުތައް ކުރިއަށްއޮތް ތަނުގައިވެސް އަޅުއްވާނެ ކަމަށެވެ.އަދި ރާއްޖޭގައި މި ބަލި ފެތުރިއްޖެ ޙާލަތެއްގައި މީހުން ކަރަންޓީން ކުރާނެ ޖާގަ ނެތިގެން އުޅެން ނުޖެހޭނެކަން ފާހަގަކުރައްވައި މިނިސްޓަރ އިތުރަށް ވިދާޅުވީ، ރާއްޖޭގެ ރިސޯޓުތައް ހުސްކޮށްފައި މީހުން ކަރަންޓީން ކުރަން ޖެހުނަސް އެކަންވެސް ކުރައްވާނެ ކަމަށާއި، ދައުލަތަށް މުހިންމީ ދިވެހި ރައްޔިތުންގެ ރައްކާތެރިކަން ކަމަށެވެ.

މިބަލީގެ ހާލަތާ ގުޅިގެން އާންމު އިޖްތިމާއީ މިންގަނޑަށް އާންމު ސިއްހަތަށް ގެއްލުންވާ ހިސާބަށް ގޮސްގެން މީހުން ލާނެ ތަނެއް ނެތިފައި އިރާދަކުރެއްވިއްޔާ ނޯންނާނެ. އަޅުގަނޑު ދެންނެވި ރާއްޖޭގެ ރިސޯޓުތައް ހުސްކޮށްފައި މީހުން ކަރަންޓީން ކުރަންޖެހުނަސް އެކަން ކުރާނެ ސަރުކާރުން. އެހެންވީމަ އަޅުގަނޑުމެން މިދަންނަވަނީ ހަމަ އަޅުގަނޑުމެންގެ ކޮންފަޑެންސް އޮތީމަ އަޅުގަނޑުމެން އެޕްލޭންތައް ހަދާފަ ތައްޔާރަށް އޮތީމަ. އެހެންވީމަ އަޅުގަނޑުމެންގެ އެއްވެސް ޝައްކެތް ނެތް.
~ ޓޫރިޒަމް މިނިސްޓަރ އަލީ ވަޙީދު

މިނިސްޓަރ އިތުރަށް ވިދާޅުވީ، ފަރުކޮޅުފުށީގައި ޤާއިމު ކުރެވިފައިވާ ފެސިލިޓީގެ އިތުރުން ވިލިވަރުގައި ޤާއިމުކޮށްފައިވާ ފެސިލިޓީވެސް މިހާރު އޮތީ ތައްޔާރުކޮށް މީހުން ކަރަންޓީން ކުރެވޭނެ އިންތިޒާމް ހަމަޖައްސާފައި ކަމަށެވެ. އަދި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ކަނޑައަޅާފައިވާ މިންގަނޑުތަކުގައި ރާއްޖޭގައިވެސް ކަރަންޓީން އިންތިޒާމްތައް ހަމަޖެހިފައި އޮންނާނެ ކަމުގެ ޔަޤީންކަން މިނިސްޓަރ ވަނީ ދެއްވާފައެވެ.ރާއްޖޭގައި ޤާއިމުކޮށްފައިވާ ކަރަންޓީން ފެސިލިޓީތަކަށް ބަލާއިރު ފަރުކޮޅުފުށީގައި ޤާއިމުކޮށްފައިވާ ފެސިލިޓީގައި 40 ބެޑްގެ ކެޕޭސިޓީ ހުންނާނެ ކަމަށާއި، 2 އައިސީޔޫ ބެޑް އަދި 12 ކަރަންޓީން ރޫމް ހުންނާނެ ކަމަށް ކޮވިޑް-19 އާ ގުޅިގެން ބޭއްވި ޕެނަލް ޑިސްކަޝަންގައި ޓާސްކްފޯސް ޓީމުގައި ހިމެނޭ ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ.އޭގެ އިތުރުން، ވިލިވަރުގައި ޤާއިމުކޮށްފައިވާ ކަރަންޓީން ފެސިލިޓީއަކީ 30 ބެޑްގެ ކެޕޭސިޓީގެ ކަރަންޓީންއެއްކަމަށް އެ ފަރާތްތަކުން މައުލޫމާތު ދެއްވައެވެ.Source link

Leave a Reply

Related Articles