• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ސިއްހަތު ⁄ ރޯދަ އަށް ހުރެގެން ވެސް ބޭސް ބޭނުން ކުރެވިދާނެތަ؟

ރޯދަ އަށް ހުރެގެން ވެސް ބޭސް ބޭނުން ކުރެވިދާނެތަ؟



ބޭހަކީ އިންސާނާއާ ވަރަށް ގުޅުން ހުރި އެއްޗެކެވެ. ބަލިމަޑުކަމުން ސަލާމަތް ވުމަށްޓަކައި ބޭސް ބޭނުން ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ކީރިތި ޤުރުއާނުން ހުރިހައި ބަލިތަކުގެ ޝިފާ ލިބެން ހުރި ކަމުގައިވިޔަސް ބޭސް ފަރުވާ ހޯދުމަކީ ކީރިތި ރަސޫލާ ﷺ ގެ ސުންނަތުން ވެސް ފެންނަން ހުރި ރިވެތި ނަމޫނާ އެކެވެ. ވީމާ ބަލިތަކަށް ޝިފާ ނުހޯދޭނެ އެއްވެސް އިރެއް, އެއްވެސް ދުވަސްވަރެއް ނޯންނާނެ ކަމަށް ގިނަ ދީނީ ޢިލްމުވެރިން އެއްބަސްވެވަޑައިގަންނަވައެވެ. ހާއްސަކޮށް ރަމަޟާން މަހު ރޯދައަށް ހުރެ ޤަވާއިދުން ބޭނުން ކުރަން ޖެހޭ ބޭސް ބޭނުން ކުރާނޭ ގޮތް އިނގުމަކީ ވަރަށް މުހިންމު ކަމެކެވެ.
ރޯދައަށް ހުންނަ މީހާ މިކަހަލަ ބޭސް ބޭނުން ކުރުމަކީ މައްސަލަ އެއް ނޫން!

ލޮލަށް އަޅާ ބޭސް
ކަންފަތަށް އަޅާ ބޭސް
ދޫދަށަށްލާ ބޭސް
ހަށިގަނޑުގައި އުނގުޅާ އެކި ޒާތުގެ ބޭސް
އަނގަ ދޮންނަން ބޭނުން ކުރާ ބޭސް ނުވަތަ ސްޕްރޭ
އަންހެނާގެ ކުރިމަތި ފަރާތަށް ލައްވާ ބޭސް



Source link

Leave a Reply

Related Articles