• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ދީން ⁄ ބަންގި އާ ޤަމަތާއި ދެމެދު ކުރެވޭ ދުޢާ ޢިޖާބަ ނުކުރައްވަވައި ދޫކޮށް ނުލައްވަވާނެތެވެ! ޙަދީޘް

ބަންގި އާ ޤަމަތާއި ދެމެދު ކުރެވޭ ދުޢާ ޢިޖާބަ ނުކުރައްވަވައި ދޫކޮށް ނުލައްވަވާނެތެވެ! ޙަދީޘް



އިމާމް މީހާ ނަމާދަށް ބަންގި ދިނުމާއި ޤަމަތް ދިނުމާއި ދެމެދުގައިވާ ވަޤުތުކޮޅަކީ ވަރަށް މުހިންމު ވަގުތުކޮޅެކެވެ. އެ ވަޤުތުކޮޅުގައި ކުރެވޭ ދުޢާ ޢިޖާބަ ނުކުރައްވަވައި ދޫކޮށް ނުލައްވަވާނެކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ. 
It was narrated that Anas (may Allah be pleased with him) said: The Messenger of Allah (peace and blessings of Allah be upon him) said: “Du’a is not rejected between the adhan and iqamah, so engage in du’a (supplication).”
(Narrated by al-Tirmidhi, 212; Abu Dawood, 437; Ahmad, 12174 – this version narrated by him. Classed as saheeh by al-Albani in Saheeh Abi Dawood, 489).  
އަނަސްގެފާނުގެ އަރިއަހުން ރިވާވެގެންވާ މި ޙަދީޘްފުޅުން އެނގެނީ ބަންގި އާއި ޤަމަތް ދިނުމާއި ދެމެދު ކުރެވޭ ދުޢާ ޢިޖާބަ ނުކުރައްވަވައި ދޫކޮށް ނުލައްވަވާނެ ކަމެވެ. އަދި އެ ވަގުތުގައި ދުޢާ ކުރުމަށްވެސް އެވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ. 
ނަމަވެސް މިހާރަކަށް އައިސް ބައެއް މީހުން އެކަމަށް ސަމާލުކަމެއް ނުދެއެވެ. ޚާއްޞަކޮށް ޢަޞްރު ނަމާދުގައި އެކަން ފެނިގެންދެއެވެ. ޢަޞްރު ނަމާދުގެ ކުރިން ރަވާތިބު ސުންނަތް ކުރަން ނެތުމުން ބަންގިދިނުމުން މިސްކިތަށް ނުވަދެ ބޭރުގައިވެސް އެބަ މަޑުކުރެއެވެ. ޤަމަތް ދިނުމުން މިސްކިތަށް އަރައި ސަފުތަކާއި ގުޅެއެވެ. 
ފުރަތަމަ ކަމަކަށް އެމީހުން އެ ނަގައިލަނީ ދުޢާ ކުރަން ލިބިފައި އޮތް އަގުހުރި ފުރުޞަތެކެވެ. ދެވަނަ ކަމަކަށް އެ ނަގައިލަނީ ކުރީ ސަފުތަކުން ޖާގަހޯދަން ލިބިފައި އޮތް މުހިންމު ފުރުޞަތެކެވެ. 
 -އިސްލާމީ ތިލަފަތުގެ ދަރުސަކުން



Source link

Leave a Reply

Related Articles