• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ވާހަކަ ⁄ ބައްޕަ

ބައްޕަ


247332

އަބަދު ވެސް އިިވެނީ އެއް އަޑެކެވެ. އެއް ރާގެއްގައެވެ. އެއް ހަމައެއްގައި އެއް ފުނައެއްގައެވެ. މަންމަ ދަރިންދެކެވާ ލޯބީގެ ވާހަކައެވެ. މައިވަންތަ ލޯބީގެ މަތިވެރިކަމެވެ. އެލޯބީގެ ބޮޑުކަމެވެ. މައިން ދަރިންނަށް ވެފައިވާ ޤުރުބާނީތަކެވެ. އެވެރިން ދަރިންނަށް ޤުރުބާންކުރަމުންދާ އުފާތަކެވެ. ހޭބޯނާރައި މަސައްކަތްކުރަމުން ދަރިންގެ އެންމެހާ ކަންތައްތައް ކޮށްދޭލެއް ފުރިހަމަކަމެވެ. ފަރުދާވެ ކަޝްފުވެފައިވަނީ އެއް ވާހަކައެކެވެ. ބައްޕަގެ ލޯބީގެ ވާހަަކައެވެ. ބައްޕަ ދަރިންދެކެވާ ލޯބީގެ ވާހަކައެވެ. އެވެރިން ވަމުންދާ ޤުރުބާނީ ތަކުގެ ވާހަކައެވެ. ދަރިންގެ މުސްތަޤްބަލަށްޓަކައި ބައްޕައިން ކުރަމުންދާ މަތިވެރި ޖިހާދުގެ ވާހަކައެވެ.
އަހަރެންގެ ބައްޕައަކީ މަސްވެރިއެކެވެ. ކުރަނީ ކަންނެލި މަސްވެރިކަމުން އަބަދާއި އަބަދު އުޅެނީ ކަނޑުމަތީގައެވެ. މެންދުރެއްް މެންދަމެއް ނޯވެއެވެ. ހުކުރެއް ހޮނިހިރެއް ނޯވެއެވެ. ރޯދައެއް އީދެއް ނޯވެއެވެ. އެފަކީރު ރަށަށް އަންނާނީ ވެސް މަހަކުން އެއް ފަހަރުއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ގޭގައި ނިދާލާނީ 03 މަހުން އެއް ފަހަރުއޭ ބުންޏަސް ދުލަކަށް ފާފަވެރިއެއްނުވާނެއެވެ. ފޯނުން ގުޅައިގެން ވާހަކަ ދައްކައިލެވެނީ ވެސް މަހެއްގެ މައްޗަށް 10 މިނެޓް ނުވަތަ 15 މިނެޓް ވަރަކަށޭ ވެސް ބުނެވިދާނެއެވެ.
އަހަރެމެންގެ ވިސްނުމުގައި އައިބުކަމެއް ހުންނަނީ ކަމެއް ބުނާކަށް ނޭނގެއެވެ. ހުރިހާ ދުވަހެއްގައި ހިތުގައި އަޅައިގެން މިއުޅުވުނީ ގޯސްކޮށެވެ. އާއެކެވެ. ބައްޕައެއްް އަހަރެމެން ދެކެ ލޯތްބެެއް ނުވެއެވެ. ދަރިންނާއެކު ވަގުތު ހޭދަކުރުމަށްވުރެއް ބައްޕައަށް މުހިއްމު ވެފައިވަނީ މަސްވެރިކަމެވެ. ރަށަށް އަޔަސް ދޯނިން ނުފައިބެ ދޯނީގެ މަސައްކަތުގައި ހޭބޯނާރައި އެއުޅެނީ އަހަރެމެން ދެކެ ލޯބިނުވާތީއެވެ. ނުވަތަ އަހަރެމެންނާއެކު ވަގުތުކޮޅެއް ހޭދަކުރުމަށް ބޭނުން ނުވާތީއެވެ. އަހަރެމެންނަށް ވުރެއް ބައްޕައަށް ދޯނި މުހިއްމެވެ. މިކަންތައްތައް ހިތުގައި ބޭއްވުމުން ފުދުނީއެއް ނޫނެވެ. އެކަންތައް އަމަލުން ފެންނާންވެސް މާކަ ދުވަހެއް ނުނަގައެވެ. ބައްޕަ ދައްކާ ވާހަކަތަކަށް ސަމާލުކަމެއް ނުދެމެވެ. ބައްޕަ ބުނާ ކަންތައްތައް ކުރަން ފޫހިވާން ފެށިއެވެ. ބައްޕައަށް ވަށްބަހުން ޖަހަންފެށީމެވެ.
” އަހަރެމެންނާއެކު ވަގުތުކޮޅެއް ހޭދަ ނުކެރެވޭއިރު އަހަރެމެން ކިޔެއްކުރަން އެމީހުން ބުނާ ކަންތައްތައް ކޮށްދޭންވީ؟”
“ދެރަކަމަކީ އަހަރެެމެންނަށް ވުރެއް ދޯނި މުހިއްމުވާ މީހުން ގެޔަށް ނިދަން ވެސް އަންނަކަން!”
“ދަރީންގެ ކަމެއް ކޮށްދޭންވެއްޖެތަ ވަގުތެއް ނުވާނެ! އެކަމު ދޯނިގައި ކަމެއް އޮވެބަލަ! ހޭއްވައްލާ ތައްޔާރު!”
ކިތަންމެ ވަރަކަށް ވަށްބަހުން ޖެހިޔަށް ކިތަންމެ މަލާމާތެއް ކުރިޔަސް ބައްޕަ ދުވަހަކު ވެސް އެކަމަށް ރައްދެއް ނުދެއްވައެވެ. އެ މޫނުމަތިން އެންމެނާ ވެސް ޞަދަޤާތްކުރަމުން ދިޔައީ ހިނިތުންވުމެވެ. ހިތާމައާއި ދެރަކަމުގެ އެއްވެސް ކުލައެއް އެ މޫނުމަތިން ނުފެންނާނެއެވެ.
ކޮންމެ ކަމެއްވެސް އެކަމަށް އެންމެ ރަނގަޅު ވަގުތުގައި އެންމެނަށް އެނގިގެން ދާނެއެވެ. ކޮންމެ އިމްތިހާނެއް ވެސް މާތް ﷲ ކުރިމަތިކުރައްވަނީ ކޮންމެވެސް ހިކުމަތަކާއެކީއޭ ބުނާ ވާޙަކަ މިއަދު އަހަންނަށް ޤަބޫލުކުރެވެއެވެ. ހުރިހާ ކަމެއްވެސް ދިމާވީ ހަމަ ކުއްލިއަކަށެވެ. ނޭވާ ކުރުވާންފެށިއެވެ. ދެފައި ދުޅަވާން ފެށިއެވެ. ގައިގެ އެތަންމިތަނުގައި ރިއްސަން ފެށިއެވެ. ކުޑަކަމުދެވޭ އަދަދު މަދުވާންފެށިއެވެ. އަބަދުވެސް ހުންނަނީ ބޮލަށް އެނބުރުން އަރާފައެވެ. ހަށިގަނޑުގައި އެއްްވެސް ހަކަތައެއް ނުހުރެއެވެ. ޑަކްޓަރުންގެ ރިޕޯޓުތަކުން ބުނަނީ ހަމަ އެއް ވާހަކައެކެވެ. ކިތަންމެ ޤަބޫލުކުރަން ދަތިވިއެއްކަމަކު އެވާހަކަތައް ޤަބޫލުކުރުމަށް މަޖުބޫރުކުރުވީ 05 ގައުމުގެ 05 ޑަކްޓަރަށް ދެއްކުމުން ވެސް އެއްގޮތަކަށް ޓެސްޓުގެ ނަތީޖާއައުމުންނެވެ. އާއެކެވެ. އަހަރެންގެ ކިޑްނީ ވަނީ ފެއިލްވެފައެެވެ. 01 ކިޑްނީއެއް ނޫނެވެ. 02 ކިޑްނީ ވެސް ފެއިލްވެފައެވެ.
“ކޮބައި ތިޔައީ ޑިއަލިސިސް ހަދަން ދޯ؟” ވާހަކަ ދެއްކެވީ ޑަކްޓަރު އަލީ ރަޝީދެވެ.
އާއެކެވެ. މިއައީ ޑިއަލިސިސް ހަދާށެވެ. ދެ ކިޑްނީ މަސައްކަތް ނުކުރާތީ ހަށިގަނޑުގެ ލޭގައިވާ ނުރައްކާތެރި މާއްދާތައް ބޭރުކުރާށެވެ. ހަށިގަނޑުގައިވާ ލޭ ފުރާނާށެވެ. ވޭނުން ފުރިފައިވާ ކަމެކެވެ. ކޮންމެ ހަފްތާއަކުން ދެފަހަރު މިވޭން ތަހައްމަލު ކުރަން ޖެހެއެވެ. ނޫނެކެވެ. އަހަންނަކަށް ނޫނެވެ. އަހަރެމެންދެކެ ލޯބިނުވާ ނުބައި ބައްޕައަށެވެ. އަހަރެމެންނަށް ވުރެއް ދޯނި މުހިއްމުވާ ބައްޕައަށެވެ. އަހަރެމެންނާއެކީ ވަގުތު ހޭދަކުރަން ބޭނުންނުވާ ބައްޕައެވެ. އެ ބައްޕަގެ ހިތްގައިމު އަތު ލިޔުން އަދިވެސް އަހަރެންގެ ސިކުނޑީގައި ރައްކާކުރެވިފައި އެބަހުއްޓެވެ. އެ ލިޔުމުގައިވާ ކޮންމެ އަކުރަކާއި ކޮންމެ ފިއްޔެއް އަހަރެންގެ ހިތުގައި ބިންވަޅު ނެގިފައި އެބަހުއްޓެވެ.
“ލޯބިވާ ދަރިފުޅާ! ތެދެއް މިއީ ދަރިންނާއެކީ ވަގުތު ހޭދަނުކުރެވޭ ބައްޕައެއް! ދަރިންނަށް ލޯބިނުދެވޭ ބައްޕައެއް! ދަރިންނަށް ވުރެއް ބޮޑަށް ދޯންނަން ސަމާލުކަން ދިން މީހެއް1 އެކަން ބައްޕަ ޤަބޫލުކުރަން! އެކަމު ބައްޕަ އެގޮތަށް ކަންތައް ކުރީ ބައްޕްގެ އަމިއްލަ ފައިދާއަކަށް ނޫން! ދަރިފުޅުމެންގެ މުސްތަޤްބަލަށްޓަކައި! ދަރިފުޅުމެންގެ ކުރިމަގަށްޓަކައި! ދަރިފުޅާ! ބައްޕައަށް މާފުކުރޭ! ދަރިފުޅުމެން ކައިރީ ނުބުނެ މިވަރު ބޮޑު ނިންމުމެއް ނިންމަންޖެހެނީ ބައްޕަގެ ލަނގޮޑިއަށް ކެތްނުކުރެވިގެން! ދަރިފުޅު އުޅެމުންދިޔަ ހާލު ބަލަން މި ބައްޕަގެ ހިތަށް ކެތްނުކުރެވިގެން! ބައްޕައަށް އެނގޭ ބައްޕަގެ ވެސް އެއް ކިޑްނީ ފެއިލްވެފައި ވާކަންް! ނަމަވެސް ބައްޕަގެ ލޮލަކަށް ކުޅަދާނައެއްްނުވި ދަރިފުޅު ދެ ކިޑްނީ ފެއިލްވެގެން އެހާލުގައި އުޅޭ މަންޒަރު ބަލާކަށް! އެހެންވެ ބައްޕަ ނިންމީ ބައްޕަގެ އެއް ކިޑްނީ މަސައްކަތް ކުރިޔަސް ދަރިފުޅަށް އެ ކިޑްނީ ހަދިޔާކުރުމަށް! ޑަކްޓަރުގެ ގާތުގައި ރޮއި އާދޭސްކޮށްގެން! ކަލާކޮށްޓަކައި ގޮވައިގެން! ބައްޕަ ހުއްޓާނުލައި މަސައްކަަތްކުރަމުން ދިޔައީ މިފަދަ ދުވަހެއް ކުރިމަތިވެދާނެތީ! ދަރިންނަށް ކިޔަވާންދޭން ބޭނުންވާތީ! މިއަދު ބައްޕަގެ އެކައުންޓުގައި އެއްވެސް ފައިސާއެއް ނުހުންނާނެ! ހުރިހާ ހަރަދެއް މިކުރަނީ ހަމަ ދަރިންގެ ބޭނުންތަކަށް! ދަރިންގެ އެންމެހާ ކަންތައްތައް ކޮށްދެވޭތޯ.! ބައްޕަ ތިކުދިންނާއެކީ ގިނަ ވަގުތު ހޭދަނުކުރެވެނީ ތިކުދިންދެކެ ލޯބި ނުވާތީއެއް ނޫން ދަރިފުޅާ! މި ބައްޕަ ދަރިންދެކެވާ ލޯބި މާތް ﷲ ދެނެވޮޑިގެންވާނެ! ކަނޑުަމަތީ އުޅުނަސް ނިދަން އަރައި އޮތަސް ސިކުނޑީގައި އަބަދުވެސް ވަނީ ދަރިފުޅުމެންގެ ހިޔާލުތައް. ދަރިފުޅުމެންގެ ހަނދާންތައް. ބައްޕަ ކެނޑިނޭޅި މަސައްކަތްކުރީ ދަރިންނަށްޓަކައި! ދަރިންގެ ކުރިމަގަށްޓަކައި! ތިކުދިންގެ އުފަލަށްޓަކައި!”
ކެޓެގަރީ: ކުރުވާހަކަ

2473

unknown

0.0

ބައްޕާ މަށައް މާފް ކުރައްވާނެ ކަމައް އުއްމީދު ކުރަމެވެ

1

3 weeks ago

????

0.0

varah salhi vaahaka thi vareh neiy

1

2 months ago

Lul

0.0

Varah reet

2

2 months ago

ޝުކުރިއްޔާ

0.0

މިއީ ވަރަށްވެސް މުހިންމު ވާހަކައެއް. އަބަދު މައިންގެ ވާހަކަ ދައްކާއިރު ބަފައިންވާ ގުރުބާނީގެ ވާހަކަ ދެކެވޭލެއް ވަރަށްވެސް މަދު

7

1

2 months ago

Azza

0.0

Varah varah reeethi;

4

2 months ago

Shau

0.0

ރޮވިއްޖެ????♥️

9

2 months ago

Ooo

0.0

Maasha allah

5

2 months ago

Shamveel ge fan eh?

0.0

Masha Allah. Varah furihama. Shamveel ge hurihaa vahakaa eh haadha reecheh you are one of the favourite writer of mine

6

2 months ago

ކިޔުންތެރިންގެ ހިޔާލު ކެންސަލް
Your RatingSource link

Leave a Reply

Related Articles