• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ ކަންބޮޑުނުވޭ، ރައްޔިތުންގެ ރައްކާތެރިކަމަށް މިދަނީ ފިޔަވަޅު އަޅަމުން

ކަންބޮޑުނުވޭ، ރައްޔިތުންގެ ރައްކާތެރިކަމަށް މިދަނީ ފިޔަވަޅު އަޅަމުންކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާ ދެ މީހަކު ރާއްޖެއިން ފެނުނު ނަމަވެސް ކަންބޮޑުނުވެ، ޑޮކްޓަރުންގެ އިރުޝާދުތަކަށް އަމަލުކުރައްވަމުން ގެންދެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިލްތިމާސްކުރައްވައިފިއެވެ.
ރައީސް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޯވިޑް 19 އާ ގުޅިގެން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރަމުންދާ ކަމަށެވެ. އަދި މިވަގުތު ކަންބޮޑުވުމާއި ހާސްކަމުގެ ތެރެއަށް ވަޑައިނުގެން ޑޮކްޓަރުންނާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ލަފަޔާއި އިރުޝާދަށް ޢަމަލުކުރައްވަމުން ގެންދެވުމަށް ރައީސް ވަނީ އިލްތިމާސްކުރައްވާފައެވެ.

ކޯވިޑް 19 އާ ގުޅިގެން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން މިދަނީ ކުރަމުން. މިވަގުތު ކަންބޮޑުވުމާއި ހާސްކަމުގެ ތެރެއަށް ވަޑައިނުގެން ޑޮކްޓަރުންނާއި @HPA_MV ގެ ލަފަޔާއި އިރުޝާދަށް ޢަމަލުކުރައްވަމުން ގެންދެވުމަށް އިލްތިމާސް ކުރަން.
— Ibrahim Mohamed Solih (@ibusolih) March 8, 2020

މި ބަލި ޖެހިފައިވާ ދެ މީހަކު ރާއްޖެއިން ފެނިފައިވާކަން ސަރުކާރުން ރޭ ހާމަކޮށްފައިވާއިރު އެ ދެ މީހުންނަކީ ކުރެއްދޫ އައިލޭންޑް ރިސޯޓުގައި މަސައްކަތް ކުރާ ބިދޭސީ ދެ މުވައްޒަފުންނެވެ.
ރާއްޖެއިން ދެ މީހެއްގެ ފަރާތުން ކޮރޯނާ ވައިރަސް ފެނިފައިވާތީ ކުރެއްދޫ ރިސޯޓަށް ވަނީ އޮރެންޖް އެލާޓް ނެރެފަ އެވެ. އަދި މުޅި ރާއްޖެއަށް މިހާރު އޮތީ ޔެލޯ އެލާޓުގައެވެ. އޮރެންޖެ އެލާޓް ނެރެނީ ރާއްޖެއިން ބޭރުން ބަލިޖެހުނު މީހާގެ ފަރާތުން އެހެން މީހުންނަށް ބަލި ފެތުރޭ ހާލަތްތަކުގަ އެވެ. އަދި ޔެލޯ އެލާޓް ނެރެނީ ރާއްޖެއިން ބޭރުން ބަލިޖެހިފައިވާ މީހަކު ރާއްޖެ އަންނަ ހާލަތުގަ އެވެ.
މި ބައްޔަށް ޕޮޒިޓިވްވެފައިވާ ދެ މީހަކު ފެނުމުން ވަޒީރުންގެ މަޖިލީހުގެ ކުއްލި ޖަލްސާއެއް ވެސް ރޭ ވަނީ ބާއްވާފައެވެ.
އެ ބައްދަލުވުމުގައި ރާއްޖޭގައި ކޮވިޑް-19 އިތުރަށް ފެތުރެމުން ހިނގައިދާނެތީ، މިހާރުން މިހާރަށް ކަންކަން ގެންދާނެ ގޮތްތަކާބެހޭގޮތުންވެސް މެންބަރުން ވަނީ މަޝްވަރާ ކުރައްވާފައެވެ.
އަދި މިވަގުތަށް އަޅަންޖެހޭ މުހިއްމު ފިޔަވަޅުތަކުގެ ތެރޭގައި ގިނަ މީހުން ބައިވެރިވާ ގޮތަށް ބާއްވާ އެއްވުންތައް މަދުކޮށް، ވީހާވެސް ޚަރަދުތައް ކުޑަކުރުމަށް ހުރިހާ ފަރާތްތަކުން މަސައްކަތް ކުރަންޖެހޭކަން މެންބަރުން ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެއެވެ.Source link

Leave a Reply

Related Articles