• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ސިއްހަތު ⁄ ކުރުނބާ: ފައްކާ ފެނެއް އެކުލެވޭ

ކުރުނބާ: ފައްކާ ފެނެއް އެކުލެވޭ



ކުރުނބާ ފެނަކީ ދިވެހިންނަށް ވަރަށް ހާއްސަ ބުއިމެކެވެ. ހާއްސަކޮށް ރޯދަ ވީއްލާގަޑީގައި ސުފުރާ މަތި ފަޅު ފިލުވައިލަދޭ އެންމެ ފައްކާ ފަންޏަކީ ކުރުނބާ ފަންޏެވެ. ކުރުނބާ ފެނަކީ ހަށިގަނޑަށް ހަމަ އެހާމެ ރަގަޅު އެއްޗެކެވެ. އެގޮތުން ކުރުނބާ ފެނަކީ ހަށިގަނޑަށް ފައިދާ ހުރި ތަފާތު އެތައް މާއްދާ ތަކެއް ހިމެނޭ ވަރަށް މީރު ބުއިމެކެވެ. ހާއްސަކޮށް ރޯދައަށް ހުންނަ ދުވަސް ތަކުގައި ކުރުނބާ ފެން ބުއިމަކީ އޭގެ ސަބަބުން ރޯދަ އަށް ހުންނަ މީހާގެ ސިއްހަތައް އެތައް މަންފާ ތަކެއް ކުރާ ކަމެއް ކަމަށް ދިރާސާ ތަކުން ދައްކައެވެ.
ފައިދާތައް:

ކުރުނބާ ފެނުން ހަށިގަނޑުގެ ފިނި ހޫނުމިން އެއްވަރެއް ގައި ބަހައްޓައިދެއެވެ.
ކުރުނބާ ފެނުން ގިނަ އަދަދަކަށް ޕޮޓޭޝިއަމް، ކްލޮރިން، މެގްނީޝިއަމް، ކެލްޝިއަމް އަދި ވިޓަމިން ބީ ހަށިގަނޑަށް ލިއްބައިދެއެވެ.
ކުރުނބާ ފެނުގައި ހުންނަ ތަފާތު މާއްދާތަކުގެ ސަބަބުން ލޭ މައްޗަށް ދިއުމުން ދުރުކޮށްދީ، އަކުނިވަޔަށް ދެމުން ފަދަ ބަލިތަކުން ސަލާމަތް ކޮށްދެއެވެ.
ކުރުނބާ ފެން ބޭނުން ކުރުމުގައި އެންމެ ރަނގަޅުގޮތަކީ ހަކުރު ނާޅާ ބޭނުން ކުރުމެވެ.
ހާރު ދަމުގައި ކުރުނބާ ފެން ބޭނުންކުރުމަކީ ރޯދައަށް ހުންނަ އިރު ހަށިގަނޑުގައި ވަރު ޖައްސައިދޭނެ ކަމެކެވެ.
ރޯދައަށް ހުންނައިރު ބޮލަށް އެނބުރުން އެރުމާ، ކަރުހިއްކުން ފަދަ ކަންކަން ދިމާވަނީ ހަށިގަނޑުން ފެން މަދުވުމުން ކަމަށްވާއިރު، ކުރުނބާ ފެން ބޭނުން ކުރުމަކީ މިކަމަށް ވެސް އޮތް އެންމެ ރަނގަޅު ހައްލެވެ.



Source link

Leave a Reply

Related Articles