• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ ކޮވިޑް-19 އާ ގުޅިގެން ރައީސް ނަޝީދު ފާޅުކުރައްވަމުން ގެންދަވާ ހިޔާލުތަކަކީ ރަނގަޅު ހިޔާލުތަކެއް: އަލީ ވަހީދު

ކޮވިޑް-19 އާ ގުޅިގެން ރައީސް ނަޝީދު ފާޅުކުރައްވަމުން ގެންދަވާ ހިޔާލުތަކަކީ ރަނގަޅު ހިޔާލުތަކެއް: އަލީ ވަހީދު


ކޮވިޑް-19 ނުވަތަ ކޮރޯނާވައިރަސް ގުޅިގެން ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފާޅުކުރައްވަމުން ގެންދަވާ ހިޔާލުތަކަކީ ރަނގަޅު ހިޔާލުތަކެއް ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.ހުކުރު ދުވަހުގެ ރޭ ކޮވިޑް-19 ގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއެއްގެ ސުވާލަކަށް ޖަވާބުދެއްވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ރައީސް ނަޝީދު ފާޅުކުރަމުންގެންދަވާ ހިޔާލުތަކަކީ ހަމަ ރަނގަޅު ހިޔާލުތަކެއް ކަމަށާއި، އޭގައި ގޯހެއް ނެތް ކަމަށެވެ.މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަކީ މި ވައިރަސްއަށް ތައްޔާރުވެ ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ދެއްކެވި ވާހަކަތަކެއް ކަމަށެވެ. އެއީ މައްސަލައެއް ނޫން ކަމަށާއި، އެކި ބޭފުޅުންގެ ހިޔާލު ތަފާތުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ރާއްޖެއަށް މިބަލި އަތުވެއްޖެނަމަ އެބައްޔާއެކު ދިވެހިން އުޅެން ވެސް ތައްޔާރަށް ތިބެންޖެހޭނެ ކަމަށް ގަބޫލުކުރާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަޅުގަނޑުމެންނަށް ޕެނިކްވެގެން މިހިސާބުން މިނިމުނީއޭ އެހެން ބުނެފަ ފަހަތަކަށް ނުޖެހޭނެ. އަޅުގަނޑު ދެކޭ ގޮތުގައި އެއީ އާންމު އިޖްތިމާއީ ހޭލުންތެރިކަމަށް ދައްކަވާ ވާހަކަތަކެއް އެއީ. އަޅުގަނޑު ދެކޭ ގޮތުގައި އެއީ އެއްވެސް މައްސަލައެއް ނޫން.
~ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު

މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މުޅި ދުނިޔޭގައި މިބަލި ފަތުރެމުންދާއިރު ދުނިޔޭގެ އެއްކާއިރިއަށް ނުވަތަ ބާކީވުމަކީ ހައްލު ނޫން ކަމަށެވެ.

އެއީ މުޅި ދުނިޔޭގައި މިބަލި ފަތުރެމުންދާއިރު އަޅުގަނޑުމެން ކޮރޯނާވައިރަސްއޭ ކިޔާފަ އަނެއް ފަހަރު މުޅި ދުނިޔޭގެ އެއްކާއިރިއަށް ބާކީވާކަށް ހެޔޮނުވާނެ، މިބަލި ދުނިޔޭގައި އޮންނާނީ ކިހާ ދުވަހެއް ވަންދެން ކަމެއް ދުނިޔޭގެ އެއްވެސް އެޖެންސީއަކަށް ކަށަވަރެއް ނުވޭ. ޑަބްލިޔުއެޗްއޯއަކަށް ވެސް ކަށަވަރެއް ނުވޭ.
~ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު

މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ގިނަ ފިޔަވަޅުތައް އަޅަމުންދާ މިދަނޑިވަޅުގައި ރައްޔިތުން މަޖިލީހުގެ ފުރިހަމަ އެއްބާރުލުން ލިބޭ ކަމަށެވެ.ކޮވިޑް-19 އާބެހޭ ގޮތުން ހުކުރު ދުވަހު އެމްޑީޕީގެ ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ތެރެއިން ދޮރުން ދޮރަށް ކުރިޔަށްގެންދިޔަ ހަރަކާތެއްގައި ރައީސް ނަޝީދު ވިދާޅުވީ މިހާތަނަށް ރާއްޖެއިން ކޮވިޑް-19 ފެނިފައި ނުވާއިރު، ޑަބްލިއުއެޗްއޯގެ މިންގަނޑަށް އަޅާ ބަލާއިރު ހާސްވާން ޖެހޭ ކަމެއް އަދި ނެތް ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ، މިކަމުގެ ބިރުވެރިކަމުގެ ތެރެއަށް ގޮސް، ހުން ނާންނަނީސް ރަޖާލާ އުސޫލަށް ބަދަލުވާން ފަށައިފި ނަމަ، ދުނިޔޭގެ އިގްތިސާދަށް ވެސް އެކަމުގެ އަސަރު ކުރާނެ ކަމަށެވެ.



Source link

Leave a Reply

Related Articles