• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ ކޮވިޑް-19 އާ ގުޅިގެން އެމްޑީޕީގެ އަމަލީ ކެމްޕޭނުތައް ހުއްޓާލުމަށް ފަހު ސޯޝަލް މިޑީއާ އަށް

ކޮވިޑް-19 އާ ގުޅިގެން އެމްޑީޕީގެ އަމަލީ ކެމްޕޭނުތައް ހުއްޓާލުމަށް ފަހު ސޯޝަލް މިޑީއާ އަށް


ކޮވިޑް-19 ގެ ސަބަބުން ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް އެމްޑީޕީން ކުރިޔަށް ގެންދާ ކެމްޕޭނު ހަރަކާތްތައް ވަގުތީ ގޮތުން މެދުކަނޑާލުމަށް ފަހު، ސޯޝަލް މިޑީއާގައި ކެމްޕޭނު ކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެމްޑީޕީން ބުނެފިއެވެ.ކުރިން ހަމަޖެހިފައިވާ ގޮތުން އެމްޑީޕީގެ އަންހެނުން ރޫހުން އިންތިޒާމް ކޮށްގެން ބާއްވާ ”ރަށްވެހި ފެސްޓިވަލް” ހޮނިހިރު ދުވަހުގެ ރޭ 10:00 ގެ ނިޔަލަށް ކުރިޔަށް ގެންދަން އޮތީ ހަމަޖެހިފައެވެ. އެހެންނަމަވެސް އެ ހަރަކާތްތައް މިހާރު ވަނީ ކުއްލިގޮތަކަށް ހުއްޓާލާފައެވެ.އެމްޑީޕީގެ ޗެއަރޕަސަން ހަސަން ލަތީފް ވަނީ، އެމްޑީޕީގެ ކެމްޕޭނު ހަރަކާތްތައް ހުއްޓާލިކަން ރާއްޖެ.އެމްވީ އަށް ކަށަވަރު ކޮށްދެއްވާފައެވެ. އަދި އާދިއްތަ ދުވަހު ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ލ. އަތޮޅު ކުރައްވަން ހަމަޖެހިފައި އޮތް ކެމްޕޭން ދަތުރާއި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ފުވައްމުލަކު ސިޓީ އަށް ކުރައްވަން ހަމަޖެހިފައި އޮތް ދަތުރުތައް ކެންސަލް ކޮށްފައިވާ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.އެމްޑީޕީން އެ ޕާޓީގެ ކެމްޕޭނު ހަރަކާތްތައް ސޯޝަލް މިޑިއާގައި ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާއިރު، ޕީޕީއެމް އާއި ޖުމްހޫރީ ޕާޓީން ވެސް ވަނީ އެ ދެ ޕާޓީ އިން ކުރިޔަށް އޮތް ތާނގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައެއް ޖަލްސާތަކާއި އިވެންޓުތައް ފަސްކޮށްފައެވެ.ކޮވިޑް-19 އަށް ރާއްޖެއިން މިހާތަނަށް އެއްވެސް މީހަކު ޕޮޒިޓިވްވެފައެއް ނުވެއެވެ. އެކަމަކު އެ ބައްޔަށް ޝައްކު ކުރެވިގެން ދިވެހިންގެ އިތުރުން ބައެއް ފަތުރުވެރިން ވަނީ ޓެސްޓް ކޮށްފައެވެ.Source link

Leave a Reply

Related Articles