• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ ކޮވިޑް 19: ސަމަރ އައިލެންޑް ރިސޯޓުވެސް ލޮކްޑައުން ކޮށްފި

ކޮވިޑް 19: ސަމަރ އައިލެންޑް ރިސޯޓުވެސް ލޮކްޑައުން ކޮށްފި


ކޮރޯނާ ވައިރަސްއަށް ޝައްކުކުރެވޭ އަލާމާތްތަށް ހުރި 2 ފަތުރުވެރިއަކު ފެނުމާއެކު ސަމަރ އައިލެންޑް ރިސޯޓަށް އަރައި ފައިބާ ހެދުން ވަގުތީ ގޮތުން ހުއްޓާލާފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.ހޮނިހިރު ދުވަހު އެޗްޕީއޭއިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ސަމަރ އައިލަންޑް ރިސޯޓުގައި ޗުއްޓީ ހޭދަ ކުރަމުން ދިޔަ ފަރަންސޭސިވިލާތުގެ 2 ފަތުރުވެރިޔަކު ކޮވިޑް 19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރުމުން މޮނިޓަރކުރުމަށާއި ޓެސްޓު ހެދުމަށް އެކަމަށް ކަނޑައެޅިފައިވާ މަރުކަޒަށް ގެނައުމުގެ މަސައްކަތް ކުރިޔަށް ގެންދާކަމަށެވެ. އަދި ޝައްކުކުރެވޭ މީހަކު ފެނުމުން އަމަލު ކުރަން އޮންނަގޮތުގެ މަތިން އެރަށަށް އަރައި ފައިބާ ހެދުން ވަގުތީ ގޮތުން ހުއްޓާލާފައިވާކަމަށެވެ.

ސަމަރ އައިލެންޑް ރިސޯޓް ލޮކްޑައުން ކުރުމާއިއެކު ރާއްޖެއިން ލޮކްޑައުން ކުރި ތަންތަނުގެ އަދަދު މިވަނީ 3 ކަށް އަރާފައެވެ. ވ. ތިނަދޫއަށް ދިޔަ އިޓަލީވިލާތުގެ 3 ފަތުރުވެރިންގެ ގައިން ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނިވާތީ އާއި، ކުރެއްދޫ ރިސޯޓަށް ދިޔަ އިޓަލީވިލާތުގެ ފަތުރުވެރިއަކު އެނބުރި ގައުމަށް ދިޔަ ފަހުން އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާތީ އެ ދެ ރަށް ވަނީ ލޮކްޑައުންކޮށްފައެވެ. އަދި ބަލަންޖެހޭ ކަންކަން ބަލާ ޓެސްޓްތަކުގެ ނަތީޖާ ލިބެންދެން އަދި ވަކި އެއްޗެއް އަންގަންދެން އެ ދެ ރަށަށް މީހުން އެރުމާއި ފޭބުން ވެސް ވަނީ ވަގުތީ ގޮތުން މަނާކޮށްފައެވެ.އެޗްޕީއޭއިން ބުނީ، ސަމަރ އައިލެންޑް ރިސޯޓް ލޮކްޑައުންގެ އިތުރު މައުލޫމާތު ހިއްސާކުރާނެކަމަށެވެ.Source link

Leave a Reply

Related Articles