• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ ކޮވިޑް-19: ޖަލުތަކުގެ ފިޔަވަޅުތައް ވެސް ވަރުގަދަ ކުރަނީ

ކޮވިޑް-19: ޖަލުތަކުގެ ފިޔަވަޅުތައް ވެސް ވަރުގަދަ ކުރަނީހަލުވިކަމާއި އެކު މިހާރު ފެތުރެމުން އަންނަ ކޮވިޑް19 އާ ގުޅިގެން ޖަލުތަކުގައި ވެސް ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށައިފިއެވެ.
މި ފިޔަވަޅުތަކަކީ ގައިދީންގެ ރައްކާތެރި ކަމަށްޓަކައި އަޅަމުންދާ ހާއްސަ ފިޔަވަޅުތަކެއް ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް އިން ބުނެއެވެ. ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވީ ގައިދީންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ފަށާފައިވާ ކަމަށެވެ. އަދި އެ މައްސަލައިގައި ހައްލު ހޯދުމަށް ކަމާބެހޭ ހުރިހާ ފަރާތްތަކާ މަޝްވަރާކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖެއިންވެސް މި ބައްޔަށް ޕޮޒިޓިވް ވެފައިވާ ދެ މީހަކު މިހާރު ވަނީ ފެނިފައެވެ. އެއީ ކުރެއްދޫ އައިލެންޑު ރިސޯޓުގައި މަސައްކަތް ކުރާ ބިދޭސީ ދެ މުވައްޒަފެކެވެ. އެމީހުންގެ ހާލަތު ރަނގަޅު ކަމަށް ސަރުކާރުން ރޭ ހާމަކުރިއެވެ. އަދި އެ ރިސޯޓު އޮތީ ލޮކްޑައުން ކޮށްފައެވެ. އެ ބައްޔާއި ގުޅިގެން ސަރުކާރުން އަންނަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.
ކޮވިޑް19 އާ ގުޅިގެން އިއްޔެ ސަމާ އައިލެންޑުން ކަރަންޓީން ކުރި ހަތް މީހަކު އެ ބައްޔަށް ނެގެޓިވް ވެފައިވާއިރު އެ ރިސޯޓު މިހާރު ވަނީ ހުޅުވާލައިފައެވެ. މީގެއިތުރުން އއ.ސޭންޑީޒް ބަތަލާ އައިލަންޑް ރިސޯޓުގައި ޗުއްޓީ ހޭދަ ކުރަމުން ދިޔަ އިޓަލީވިލާތުގެ ފަތުރުވެރިއެއް ކޮރޯނާވައިރަހަށް ޝައްކުކުރެވޭ އަލާމާތްތައް ހުރުމުން މޮނިޓަރކުރުމާއި ޓެސްޓު ހެދުމުގެ ކަމާ ގުޅުންހުރި ފަރާތްތަކުން އަންނަނީ ކުރަމުންނެވެ. އަދި އެ ރިސޯޓުވެސް ވަގުތީ ގޮތުން ވަނީ ލޮކްޑައުން ކޮށްފައެވެ.Source link

Leave a Reply

Related Articles