• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ބޭރުގެ ހަބަރު ⁄ ކޮވިޑް-19 ޖެހިގެން އީރާނުގެ އިތުރު ޕާލިމެންޓު މެމްބަރެއް އަވަހާރަވެއްޖެ

ކޮވިޑް-19 ޖެހިގެން އީރާނުގެ އިތުރު ޕާލިމެންޓު މެމްބަރެއް އަވަހާރަވެއްޖެތެހެރާން (މާޗް 8): އީރާނުގައި ކޮވިޑް-19 ޖެހުނު އިތުރު ޕާލިމެންޓު މެމްބަރެއް އަވަހާރަވެއްޖެ ކަމަށް އެގައުމުގެ ސަރުކާރުގެ ރަސްމީ ނޫސް އޭޖެންސީ އައިއާރުއެންއޭއިން ބުނެފި އެވެ. އައިއާރުއެންއޭގައިވާ ގޮތުން މަޖިލިސް މެމްބަރު ފާތިމާ ރަބާ އަވަހާރަވީ ތެހެރާން ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް އިއްޔެ އެވެ. އަދި އޭނާއަކީ ކޮވިޑް-19 ޖެހިގެން އަވަހާރަވި ދެވަނަ އެމްޕީ އެވެ. މީގެ ކުރިން އީރާނުން ވަނީ އެހެން އެމްޕީއެއް ކަމަށްވާ މުހައްމަދު އަލީ ރަމަޒާނީވެސް ކޮވިޑް-19 ޖެހިގެން މިދިޔަ ހަފްތާގައި އަވަހާރަވެފައިވާ ކަމަށް ބުނެފަ އެވެ. އަދި އެގައުމުގެ ޕާލިމެންޓުގެ 290 މެމްބަރުންގެ ތެރެއިން 23 މެމްބަރަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ. އުމުރުން 56 އަހަރުގެ އެމްޕީ ރަބާ ވަނީ އީރާނުގައި 2004އިން 2016އަށް ޕާލިމެންޓު މެމްބަރުކަން ކުރައްވާފަ އެވެ. އަދި އޭނާ ވަނީ މިދިޔަ މަހު ބޭއްވި އާއްމު އިންތިހާބުގައި އަނެއްކާވެސް ގޮނޑިއެއް ކާމިޔާބު ކުރައްވާފަ އެވެ. އީރާނުގެ ޕާލިމެންޓު މެމްބަރުންގެ އިތުރުން ކޮވިޑް-19 ޖެހިފައިވާ ސަރުކާރުގެ އިސް ބޭފުޅުންގެ ތެރޭގައި އެގައުމުގެ ވިމެން އެންޑް ފެމިލީ އެފެއާޒްގެ ނައިބު ރައީސާއި ގައުމުގެ ޑެޕިއުޓީ ހެލްތު މިނިސްޓަރު ހިމެނެ އެވެ. އީރާނުގައި މިހާތަނަށް 5،000އަށް ވުރެ ގިނަ މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ، އޭގެ ސަބަބުން 145 މީހަކު ވަނީ މަރުވެފަ އެވެ. އަދި މުޅި ދުނިޔޭގައި މިހާތަނަށް ކޮވިޑް-19 ޖެހިފައިވާ މީހުންގެ އަދަދު 106،000އަށް ވުރެ އިތުރުވެ، މަރުވި މީހުންގެ އަދަދު ވަނީ 3،600އަށް އަރާފަ އެވެ.Source link

Leave a Reply

Related Articles