• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ ކޯވިޑް-19: މެލޭޝިޔާގައި ތިބި ދިވެހިން ސަމާލުވުމަށް ފޮރިން މިނިސްޓްރީން އަންގައިފި

ކޯވިޑް-19: މެލޭޝިޔާގައި ތިބި ދިވެހިން ސަމާލުވުމަށް ފޮރިން މިނިސްޓްރީން އަންގައިފި


މެލޭޝިޔާގައި ހަލުވި މިނެއްގައި ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 ފެތުރެމުންދާތީ އެ ޤައުުމުގައި ދިރިއުޅެމުންދާ ދިވެހިިން ސަމާލުވުމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން އަންގައިފިއެވެ.ދަތުރުފަތުރު ކުރުމުގައި ސަމާލުވާންޖެހޭ ކަންކަމުގެ މައުލޫމާތު ހިއްސާ ކުރަމުން ފޮރިން މިނިސްޓްރީން ބުނީ ދަތުރުކުރާ ޤައުމެއްގައި ބަލި ފެތުރޭ މިންވަރާއި ސަރަހައްދުތައް ދެނެގަތުން މުހިއްމު ކަމަށެވެ.އެ ޤައުމެއްގެ ސަރުކާރުން، ރައްކާތެރިވުމަށް އެޅުމަށް އަންގާފައިވާ ފިޔަވަޅުތައް ދެނެގަނެ، އެތަންތަނުން ދީފައިވާ އިރުޝާދާ އެއްގޮތަށް އަމަލުކުރުމަށާއި ދަތުރުކުރައްވާ ޤައުމުތަކުގެ ހޮސްޕިޓަލްތަކަށް ދިއުން މަދުކުރުމަށް މިނިސްޓްރީން އިލްތިމާސްކޮށްފައިވެއެވެ. އަދި އެ ބަލި އުޅޭ ޤައުމުތަކަށް ދަތުރުކުރުމަށްފަހު، ހުން އައިސް ކެއްސާނަމަ ފޭސް މާސްކު ބޭނުންކުރުމަށް ވެސް އިލްތިމާސްކޮށްފައިވެއެވެ.މެލޭޝިޔާއަކީ ގިނަ ދިވެހިން ދިރިއުޅެމުންދާ ގައުމެކެވެ. ހޮނިހިރު ދުވަހު ކޮވިޑް-19 ގެ 10 ކޭހެއް މެލޭޝިޔާ އިން ރިޕޯޓު ކުރެވިފައިވާއިރު އެ ޤައުމުން ކޮވިޑް-19 ގެ ޖުމްލަ 93 ކޭސް ރިޕޯޓު ކުރެވިފައިވެއެވެ. މިކަމާއި ގުޅިގެން މެލޭޝިޔާގެ ސިއްހަތާއި ބެހޭ ވުޒާރާއިން ވަނީ އާއްމު ސިއްހީ މިންގަނޑުތައް ދެމެހެއްޓުމަށް އިލްތިމާސްކޮށްފައެވެ.Source link

Leave a Reply

Related Articles