• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ އައްސޭރި ޖަލުގައި ހަމަނުޖެހުމެއް ހިނގައި 3 އޮފިސަރަކަށް އަނިޔާވެއްޖެ

އައްސޭރި ޖަލުގައި ހަމަނުޖެހުމެއް ހިނގައި 3 އޮފިސަރަކަށް އަނިޔާވެއްޖެ


އައްސޭރި ޖަލުގައި ހަމަނުޖެހުމެއް ހިނގައި 3 އޮފިސަރަކަށް އެކިވަރުގެ އަނިޔާވެފައިވާކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސް (ކަރެކްޝަންސް) އިން ބުނެފިއެވެ.އެކަމާ ގުޅޭގޮތުން ކަރެކްޝަންސް އިން ކުރި ޓްވީޓެއްގައި ބުނީ، މި ހާދިސާ ހިނގާފައިވަނީ ބުރާސްފަތި ދުވަހުގެރޭގެ ވަގުތެއްގައި ކަމަށެވެ. އެގޮތުން ހާދިސާ ހިނގަން މެދުވެރިވީ ޤައިދީއަކު ޖަލުގައި ގެންގުޅުން މަނާ އެއްޗެއް ގެންގުޅޭކަން ފާހަގަ ކުރެވިގެން ޖަލު އޮފިސަރުން އޭތި ނަގަން މަސައްކަތް ކުރުމުން ބައެއް އެހެން ގައިދީން ބައިވެރިވެގެން ހަމަނުޖެހުން ހިންގުމުގެ ސަބަބުން ކަމަށް ކަރެކްޝަންސް އިން ބުނެއެވެ.ކަރެކްޝަންސް އިން އިތުރަށް ބުނީ، މި ހާދިސާގައި 3 އޮފިސަރަކަށް އެކިވަރުގެ އަނިޔާލިބިފައިވާ ކަމަށާއި، ނަމަވެސް ލަސްތަކެއްނުވެ މި ހާދިސާ ކޮންޓްރޯލްކޮށް އާންމުހާލަތަކަށް ގެނެސްފައިވާ ކަމަށެވެ.އޭގެ އިތުރުން، މި ހާދިސާގައި ޤައިދީއަކަށް އަނިޔާވެފައި ނުވާ ކަމަށާއި، އެކަމާއި ގުޅިގެން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރެވެމުންދާކަމަށް ކަރެކްޝަންސް އިން ވަނީ ބުނެފައެވެ.ރާއްޖޭގައި ގާއިމްކޮށްފައިވާ ޖަލުތަކަކީ ކަރެކްޝަނަލް ސާވިސް އިން ބަލަހައްޓަމުންދާ ހަތަރު ޖަލަކާއި މާލެ އާއި ރާއްޖޭގެ އެކި ރަަށްރަށުގައި ފުލުހުން ބަލަހައްޓަމުންދާ ކަސްޓޯޑިއަލް ޖަލުތަކެވެ. ކަރެކްޝަނަލް ސާވިސް އިން ބަލަހައްޓާ ހަތަރު ޖަލަކީ މާފުށީ ޖަލާއި، ހިންމަފުށީ އައްސޭރި ޖަލާއި، ހުޅުމާލެ ޖަލުގެ އިތުރުން މާލެ ޖަލެވެ.



Source link

Leave a Reply

Related Articles