• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ އިގްތިސާދެއް އޮންނާނީ ރާއްޖެ ރައްކާތެރިކުރެވިގެން: އަލީ ވަހީދު

އިގްތިސާދެއް އޮންނާނީ ރާއްޖެ ރައްކާތެރިކުރެވިގެން: އަލީ ވަހީދު


އިގްތިސާދެއް އޮންނާނީ ރާއްޖެ ރައްކާތެރިކުރެވިގެން ކަމަށާއި، އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް ފަސްޖެހުމެއް ނެތި ސަރުކާރުން އަޅާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.ހުކުރު ދުވަހުގެ ރޭ ކޮވިޑް19ގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވިދާޅުވީ ސަރުކާރުން ކޮންމެ ގައުމަކާ ދޭތެރޭގައި ވެސް ފިޔަވަޅަނީ ބަލަންޖެހޭ ހުރިހާ ބެލުންތަކެއް ބެލުމަށްފަހު ކަމަށެވެ.އެގޮތުން ޗައިނާ އަދި އިޓަލީވިލާތުން ރާއްޖެއަށް ސީދާ ފްލައިޓް އަދި ޓްރާންސިޓް ފްލައިޓުތައް ވެސް ވަގުތީ ގޮތުން އައުން މަނާ ކުރީ މި ވަގުތަށް އެންމެ ރަނގަޅު ނިންމުމަކީ އެއީ ކަމަށްވަތީ ކަމަށެވެ.

އަޅުގަނޑުމެން ޗައިނާއާ ދޭތެރޭގައި ފިޔަވަޅު އެޅިއިރުގަ ކޮން ގައުމަކުންތޯ އެޅީ އެއީ ނޫން ހަމައެކަނި އަޅުގަނޑުމެން ބަލާ މިންގަނޑުތަކަކީ. ހުރިހާ ގަތަކުން ބެލުމަށްފަހު ރާއްޖެ އަށް އޭގެ ނުރައްކަ އެކިގޮތްގޮތުން އޮވެއްޖެ ކަމަށްވަންޏާ އެގައުމަކާ މެދު ފިޔަވަޅު އަޅަމުން މިދަނީ.
~ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު

މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ކޮރެއާ ޖަޕާންގެ އިތުރުން ޔޫރަޕްގައި ވެސް ކޮވިޑް19 ފަތުރެމުންދާއިރު، އެކަންކަން ވެސް ގާތުން ބަލަމުންދާ ކަމަށެވެ.ރާއްޖޭގައި އެންމެ މުހިންމުވާނީ އާންމުންގެ ސިއްހަތުކަން ފާހަގަކުރައްވައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މިގައުމަކީ ފަތުރުވެރިކަމަށް ބަރޯސާވާ ގައުމަކަށްވާއިރު، އިގްތިސާދަށް ފައިސާ ނުވަދެދާނެތީ ފިޔަވަޅު އެޅުން ލަސްކޮށްފާނެ ކަމަށް ބައެއް މީހުން ހީކުރި ނަމަވެސް އެގޮތަށް އަމަލުނުކުރާނެ ކަމަށެވެ. އެއީ މުޅިން ގޯސް ވިސްނުމެއް ކަމަށާއި، އިގްތިސާދެއް އޮންނާނީ ރާއްޖެ ޕްރޮޓެކްޓް ވެގެން ކަމަށް މިނިސްޓަރު އަލީ ވަހީދު ވިދާޅުވިއެވެ.Source link

Leave a Reply

Related Articles