• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ އެމްޑީޕީގެ ކެނޑިޑޭޓުންނާ ދެކޮޅަށް ޕާޓީ ތެރެއިން އެންޓި ކެމްޕޭނު ކުރާ މައްސަލަ ހޫނުވެއްޖެ!

އެމްޑީޕީގެ ކެނޑިޑޭޓުންނާ ދެކޮޅަށް ޕާޓީ ތެރެއިން އެންޓި ކެމްޕޭނު ކުރާ މައްސަލަ ހޫނުވެއްޖެ!


ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލާފައިވާ އެމްޑީީޕީގެ ކެނޑިޑޭޓުންނާ ދެކޮޅަށް، އެ ޕާޓީގެ މެމްބަރުން އެންޓި ކެމްޕޭން ކުރަ މައްސަލައެއް ހޫނުވެ އެ މައްސަލަ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ސަމާލުކަމަށް ގެންގޮސްފިއެެވެ.މި މައްސަލަ ނަޝީދުގެ ސަމާލުކަމަށް ގެނެސްފައިވަނީ ހޮނިހިރު ދުވަހު ވިލިމާލޭގައި ކުރިޔަށްދިޔަ ”ރަށްވެހި ފެސްޓިވަލް” ގައެވެ. އެންޓި ކެމްޕޭން ކުރާ ކަމުގެ ޝަކުވާ، ރައީސް ނަޝީދާ ކެނޑިޑޭޓުން ހިއްސާކުރެއްވުމުން އެމަނިކުފާނު ވަނީ ގްރޫޕުތަކަކަށް ބަހާލައިގެން އެމީހުންގެ ކަންބޮޑުވުންތައް އަޑުއައްސަވާފައެވެ.އެއަށް ފަހު ކެނޑިޑޭޓުންނާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ޕާޓީގެ މެމްބަރުންގެ ތެރެއިން ކެނޑިޑޭޓުންނަށް ނުފޫޒު ފޯރުވަމުންފާ ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތަކީ ސަރުކާރުގެ މަގާމެއްގައި ހުރި އެމްޑީޕީގެ މެމްބަރެއްނަމަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އަރިހު ދަންނަވައިގެން އެ ފަރާތްތައް މަގާމުން ވަކިކުރައްވަން ހުށައަޅުއްވާނެ ކަމަށެވެ. އަދި އެންޓި ކެމްޕޭނު ކުރަމުންދާ މެމްބަރުންނާ އިދިކޮޅަށް ނުކުންނަވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.އެމްޑީޕީގެ ކެނޑިޑޭޓުންނާ ދެކޮޅަށް މަސައްކަތަކުރާ މަައްސަލަ ހޫނުވެފައިވާއިރު، ޕާޓީގެ މެމްބަރުންގެ ގޮތުގައި ތިބެ އަމިއްލަ ގޮތުން ވާދަކުރާ ފަރާތްތައް އެ ޕާޓީގެ މެމްބަރުންނާ ޕާޓީގެ މެމްބަރުން ވަކިކުރާނެ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.ރައީސް ނަޝީދު ވިދާޅުވެފައިވާ ގޮތުގައި، އެއީ އެ ޕާޓީގެ މަސްލަހަތާއި ގުޅިފައިވާ އެންމެ ބޮޑު އެއް މައްސަލައެވެ. ޕްރައިމަރީން ބަލިވާ ކެނޑިޑޭޓުން އެެހެން ކެނޑިޑޭޓުންގެ ފަހަތަށް އެރުމުގެ ބަދަލުގައި ޝޯޝަލް މީޑީއާގައި އެންޓި ކެމްޕޭނު ކުރުމަކީ އެމްޑީޕީގެ ތެރޭގައި އާންމުކޮށްވާ ކަންތައްތަކެވެ.Source link

Leave a Reply

Related Articles