• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ވިޔަފާރި ⁄ އެމްޓީސީސީއިން އެކަނި ދެ ބިލިއަންގެ ރުފިޔާގެ މަޝްރޫއު ހިންގަނީ

އެމްޓީސީސީއިން އެކަނި ދެ ބިލިއަންގެ ރުފިޔާގެ މަޝްރޫއު ހިންގަނީއެމްޓީސީސީގެ އަތުގައި މިހާރުވެސް ދެ ބިލިއަނެއްހާ ރުފިޔާގެ މަސައްކަތް އެބަހުރި ކަމަށް އެކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ. އެމްޓީސީސީއިން ހއ. އާއި ހދ. އަތޮޅުގައި ކުރިއަށް ގެންދާ މަޝްރޫއުތައް ބައްލަވާލެއްވުމުގެ ގޮތުން ކުުރައްވާ ދަތުރުފުޅުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އާޒިމް ވިދާޅުވީ އެ މަސައްކަތްތަކަކީ އެމްޓީސީސީގެ މުވައްޒަފުންނާއި ވަސީލަތްތައް ބޭނުންކޮށްގެން ނުކުރެވޭނެ މަސައްކަތްތަކެއް ނޫން ކަމަށެވެ. “އަޅުގަނޑުމެން ބޭނުމެއް ނޫން އެއްވެސް މަސައްކަތެއް ސަބް ކޮންޓްރެކްޓް ކުރާކަށް. ސަބް ކޮންޓްރެކްޓު ކުރާވަރަކަށް ޕްރޮޖެކްޓެއް ނެތް މިހާރަކު،” އޭނާ ވިދާޅުވި އެވެ. އާޒިމް ވިދާޅުވީ މިހާރުވެސް އެމްޓީސީސީއިން 39 ރަށެއްގައި މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. އެގޮތުން އެ މަސައްކަތްތައް ކުރިއަށްދާއިރު 10 ވަރަކަށް ރަށަށް މިމަހުގައިވެސް މޯބިލައިޒް ކުރާނެ ކަމަށް އާޒިމް ވިދާޅުވި އެވެ. “އެކި ރަށްރަށުގައި މަސައްކަތްކުރާއިރު އެކި ރަށްރަށަށް ބޭނުންވާ ރިސޯސް އެވަގުތަކަށް ބޭނުންވާ ވަރަށް ލައިގެން އަޅުގަނޑުމެން ކުރިއަށް މިގެންދަނީ،” އޭނާ ވިދާޅުވި އެވެ. އެގޮތުން ޕްރޮޖެކްޓުތައް ހިންގާއިރު ހަރަދުތަކަށް ވަރަށް ބޮޑަށް ބަލަން ޖެހޭ ކަމަށް އާޒިމް ފާހަގަކުރެއްވި އެވެ. އާޒިމް ވިދާޅުވީ، ހަރަދުތަކަށް ނުބަލާ ޕްރޮޖެކްޓުތައް ކުރިއަށް ގެންދާނަމަ ޕްރޮޖެކްޓަށް ގެއްލުން ވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އެހެންވީމާ، ޕްރޮޖެކްޓް ހިންގުމުގައި ހަރަދަށް ބަލާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.Source link

Leave a Reply

Related Articles