• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ ވައިރަހަށް ޝައްކު ކުރެވޭ ދިވެއްސަކު ޓެސްޓު ކުރަނީ

ވައިރަހަށް ޝައްކު ކުރެވޭ ދިވެއްސަކު ޓެސްޓު ކުރަނީ



ކޮރޯނާވައިރަހަށް ޝައްކު ކުރެވޭ އަލާމާތްތައް ހުރި ދިވެއްސަކު ށ.ފޯކައިދޫއިން ޓެސްޓު ކުރުމަށް ކަރަންޓީނު މަރުކަޒަށް ގެނައުމުގެ މަސައްކަތް ފަށައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އޭނާ މޮނީޓާކޮށް، އަދި ޓެސްޓު ހެދުމަށް ފަރުކޮޅުފުށީގައި ގާއިމުކޮށްފައިވާ ކަރަންޓީނު މަރުކަޒަށް ގެނައުމަށް މިހާރު މަސައްކަތް ކުރަމުންދާ ކަމަށެވެ.
މި މީހާއަކީ ކުރެއްދޫ އައިލޭންޑް ރިސޯޓުގެ މުވައްޒަފެއް ކަމަށްވެސް އެޗްޕީއޭ އިން ބުނެއެވެ.

#ކޮވިޑް19 އަށް ޝައްކު ކުރެވޭ އަލާމާތްތައް ހުރި ދިވެއްސެއް ށ.ފޯކައިދޫއިން ފަރުކޮޅުފުއްޓަށް މޮނިޓަރކޮށް، ޓެސްޓު ހެދުމަށް ގެނައުމުގެ މަސައްކަތް ކުރަމުންދަނީ. މި މީހާއަކީ ކުރެއްދޫ ރިސޯޓްގެ މުވައްޒިފެއް.
މިކަމުގެ އިތުރު މައުލޫމާތު ޙިއްސާ ކުރަމުންދެވޭނެ.
— HPA Maldives (@HPA_MV) March 8, 2020

ކުރެއްދޫ ރިސޯޓުގެ މުވައްޒަފަކު ވައިރަހަށް ޓެސްޓު ކުރަން ނިންމާފައިވާއިރު، އެ ރިސޯޓުގެ ބިދޭސީ ދެ މުވައްޒަފަކު މިހާރު ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ. މިއީ ރާއްޖެ އިން މި ބައްޔަށް ޕޮޒިޓިވްވި ފުރަތަމަ ދެ މީހުންނެވެ.
ރާއްޖެއިން ދެ މީހެއްގެ ފަރާތުން ކޮރޯނާ ވައިރަސް ފެނިފައިވާތީ ކުރެއްދޫ ރިސޯޓަށް ވަނީ އޮރެންޖް އެލާޓް ނެރެފަ އެވެ. އަދި މުޅި ރާއްޖެއަށް މިހާރު އޮތީ ޔެލޯ އެލާޓުގައެވެ.
އޮރެންޖެ އެލާޓް ނެރެނީ ރާއްޖެއިން ބޭރުން ބަލިޖެހުނު މީހާގެ ފަރާތުން އެހެން މީހުންނަށް ބަލި ފެތުރޭ ހާލަތްތަކުގަ އެވެ. އަދި ޔެލޯ އެލާޓް ނެރެނީ ރާއްޖެއިން ބޭރުން ބަލިޖެހިފައިވާ މީހަކު ރާއްޖެ އަންނަ ހާލަތުގަ އެވެ.



Source link

Leave a Reply

Related Articles