• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ ވައިރަހާ ގުޅޭ ހަބަރުތައް ގެނެސްދޭއިރު ޒިންމާދާރުވާން މީޑިއާތަކަށް އިލްތިމާސްކޮށްފި

ވައިރަހާ ގުޅޭ ހަބަރުތައް ގެނެސްދޭއިރު ޒިންމާދާރުވާން މީޑިއާތަކަށް އިލްތިމާސްކޮށްފި


ނޫސްވެރިންތަކެއް —

ދުނިޔޭގައި ފެތުރެމުންދާ އާ ކޮރޯނާ ވައިރަސް ރާއްޖޭންވެސް ފެނިފައިވާއިރު، ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެދޭ ގޮތަށް، ދޮގު ހަބަރާއި ސައްހަ ނޫން މައުލޫމާތު އާއްމު ނުކުރުމަށް މީޑިއާ ކައުންސިލުން މިއަދު އިލްތިމާސްކޮށްފި އެވެ.

މީޑިއާ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ވަރަހާގުޅޭ ގޮތުން ސިއްހީ މައުލޫމާތު ފެތުރުމުގައި އޭގެ ސައްހަ މައުލޫމާތު ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ކަށަވަރު ކުރުމާއި، ހަވާލާދޭ މަސްދަރުތަކަކީ ދުނިޔޭގެ ސިއްހީ އިދާރާތަކުގެ މިންގަނޑުތަކާ އެއްގޮތަށް ޝާއިއުކޮށްފައިވާ މައުލޫމާތުކަން ކަށަވަރު ކުރުމަކީ ނޫސްވެރިންނާއި މީޑިއާތަކުގެ ޒިންމާއެއް ކަމަށެވެ.

އެ ބަޔާނުގައި އިތުރަށް ބުނީ ރާއްޖެއަށް ކުރިމަތިވެފައިވާ ހައްސާސީ ދަނޑިވަޅުގައި، ރާއްޖޭގެ މީޑިއާތަކުން ހަބަރާއި މައުލޫމާތު ފެތުރުމުގައި އަމަލުކުރަމުންދާގޮތް އެ ކައުންސިލުން ވަރަށް ގާތުން ބަލަމުންދާނެ ކަމަށެވެ.

އަދި އެ ކޮންޓެންޓަކީ ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ ހާލަތަށް އެކަށީގެންނުވާ ކޮންޓެއްޓެއް ކަމުގައިނުވާނަމަ، އެ މީޑިއާއަކާ ކައުންސިލުން މުއާމަލާތްކުރާނެ ކަމަށާއި، ކައުންސިލުން އަންގާ އެންގުތަކާ އެއްގޮތަށް އަމަލު ނުކުރާ މީޑިއާތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެކަމަށްވެސް އެ ބަޔާނުގައި ވަނީ އިންޒާރުދީފަ އެވެ.

ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓްވެފައިވަނީ ޅ. ކުރެއްދޫ އައިލެންޑް ރިސޯޓްގެ ދެ މުވައްޒަފުންނެވެ. އެ ދެ މީހުންނަކީ ވެސް ބިދޭސީންނެވެ. ނަމަވެސް އެމީހުންގެ ގައުމެއް ހާމައެއް ނުކުރެ އެވެ. އެ މީހުން ތިބީ ފަރުކޮޅުފުށީގައި ކަރަންޓީނުކޮށްފަ އެވެ.

އެ ދެ މީހުންނަށް ކޮރޯނާ ވައިރަހުގެ އަސަރުކޮށްފައިވަނީ އެ ރިސޯޓްގައި ޗުއްޓީ ހޭދަކުރި އިޓަލީ ޓޫރިސްޓެއްގެ ފަރާތުންނެވެ. އެ ޓޫރިސްޓް ކޮރޯނާ ވައިރަހަށް ޕޮޒިޓިވްކަން އެނގުނީ އޭނާ އެނބުރި ގައުމަށް ދިޔަ ފަހުންނެވެ. ސަރުކާރުން މިހާރު ގެންދަނީ އެ ޓޫރިސްޓް ކޮންޓެކްޓްވީ މީހުން ހޯދައި ބަލަން ޖެހޭ ކަންކަން ބަލަމުންނެވެ.

ދިވެހި މީޑިއާ

ކޮރޯނާ ވައިރަސް

ކޮވިޑް-19

Subscribe to Avas daily newsletter

މިލިޔުމާއި ގުޅޭ

ދުވަސްވީ މީހުނާއި ކުދިން މިސްކިތްތަކަށް ނުދާން އެދިއްޖެ

އައިޖީއެމްއެޗްގައި ބަލި މީހުނަށް ޒިޔާރާތް ނުކުރެވޭ ގޮތަށް ހަދައިފި

އިންތިހާބު ފަސްކުރުމާމެދު ޕާޓީތަކާއެކު މަޝްވަރާ ކުރަނީ

އިންތިހާބު ފަސްކުރާނީ އެފަދަ މާހައުލެއް އުފެދިއްޖެނަމަ: އީސީSource link

Leave a Reply

Related Articles