• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ ވައިރަސްއާ ގުޅޭ ދޮގު ހަބަރު ފަތުރާ މީޑިޔާތަކަށް ގާނޫނީ ފިޔަވަޅު އަޅަނީ

ވައިރަސްއާ ގުޅޭ ދޮގު ހަބަރު ފަތުރާ މީޑިޔާތަކަށް ގާނޫނީ ފިޔަވަޅު އަޅަނީކޮރޯނާވައިރަހާ ގުޅޭ ދޮގު ހަބަރު ފަތުރާ މީޑިއާތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ނިންމައިފިއެވެ.
އެމްއެމްސީން މިގޮތަށް ނިންމާފައިވަނީ ވައިރަހާ ގުޅޭ ހަބަރާއި މައުލޫމާތު މީޑިއާތަކުން ފެތުރުމާ ގުޅޭގޮތުން އެ ކައުންސިލުން ބޭއްވި ކުއްލި ޖަލްސާގައެވެ.
އެމްއެމްސީން ބުނީ މި ޖަލްސާގައި ކޮރޯނާވައިރަހުގެ ހަބަރުތައް ފެތުރުމާ ގުޅޭގޮތުން މީޑިއާތަކުގައި ޝާއިރުކުރާ ހަބަރާއި މައުލޫމާތު ގެނެސްދިނުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް މީޑިއާތަކުގެ އިސްވެރިންނާއި ބައްދަލުކުރުމަށް ނިންމުނު ކަމަށެވެ.
އަދި ކޮރޯނާވައިރަހާ ގުޅޭ ދޮގު ހަބަރު ފަތުރާ މީޑިޔާތަކަށް ގާނޫނީ ފިޔަވަޅު އެޅުމަށާއި، ވައިރަހާ ގުޅިގެން މީޑިއާތައް ވިލަރެސް ކުރުމަށް ހާއްސަ ކޮމިޓީއެއް އެކުލަވާލުމަށް ވެސް މި ޖަލްސާގައި ނިންމާފައިވާ ކަމަށް އެމްއެމްސީން ބުނެއެވެ.
މީގެއިތުރުން ރަޖިސްޓްރީނުކޮށް ހިންގާ މީޑިއާތަކަށް ފިޔަވަޅު އެޅުމާ ގުޅޭގޮތުން ދައުލަތުގެ ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރުމަށް ވެސް މި ޖަލްސާގައި ނިންމާފައިވާ ކަމަށް އެމްއެމްސީން ބުނެއެވެ.Source link

Leave a Reply

Related Articles