• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ ވަސީލަތްތަކާއެކު އެމްއެންޑީއެފް އޮތީ ތައްޔާރަށް

ވަސީލަތްތަކާއެކު އެމްއެންޑީއެފް އޮތީ ތައްޔާރަށް


ކޮވިޑް-19 އާ ގުޅިގެން އެހީތެރިކަަން ބޭނުންވެއްޖެ ހާލަތެއްގައި މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އޮތީ ފުރިހަމަ އަށް ތައްޔާރަށް ކަމަށް އެ އިދާރާއިން ބުނެފިއެވެ.ހޮނިހިރު ދުވަހުގެރޭ، ކޮރޯނާގެ ޓާސްކްފޯސް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފު ވިދާޅުވީ، ގައުމީ ދިފާއީބާރަށް ހަވާލުކުރެވިފައި އޮތީ، ބަލިޖެހިފައިވާ މީހުން ނުވަތަ ކޮވިޑް-19 އަށް ޝައްކުވާ މީހުން އެކި ތަންތަނަށް ގެންގޮސްދިނުމުގައި އެހީތެރިކަން ފޯރުކޮށް ދިނުމަށް ކަމަށެވެ. އަދި އެކަމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް ކުރަމުންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ، ބައްޔަށް ޝައްކުވާ މީހަކު ނުވަތަ ބަލި ޖެހިފައިވާ މީހަކު އެއްތަނުން އަނެއް ތަނަށް ގެންދާއިރު ބޭނުންކުރާ “ހަޒްމަތް ސޫޓް” ބޭނުންވާ ވަރަށް އެބަހުރި ކަމަށާއި، އަދި ކުރިޔަށް އޮތްތާނގައި އެ ސޫޓް އިތުރަށް ބޭނުންވެއްޖެ ހާލަތެއްގަައި، އެ ހޯދުމުގެ މަސައްކަތް އެ އިދާރާ އިން ކުރާނެ ކަމުގައެވެ.ނޫސްވެރިންގެ ބައްދަލުވުމުގައި އިތުރަށް ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ މީހުން އެއް ތަނުން އަނެއް ތަނަށް އުފުލުމަށްޓަކައި ހުރިހާ އަތޮޅެއްގައި ސީ އެމްބިއުލާންސްތައް ހުންނާނެ ކަމަށެވެ.

ކޮންމެ ސަރަހައްދަކުން ކަމެއްވިޔަސް އެ ސަރަހައްދެއްގެ ކައިރިން އޮންނަ އެމްބިއުލާންސެއް އަޅުގަނޑުމެން އޮޕަރޭޓް ކުރަނީ. އެ އެމްބިއުލާންސްގެ މައްސަލަ ޖެހިފައި އޮތް ކަމަށް ވެއްޖެއްޔާ އަޅުގަނޑުމެން ދެން އޮޕަރޭޓް ކުރަނީ އެންމެ ކައިރީގައި އޮންނަ ސަރަހައްދަކުން ސީ އެންބިއުލާންސް
~ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް – އަބްދުއްރަހީމް އަބްދުލް ލަތީފް

ރައްޔިތުންގެ ތެރޭގައި ބިރުވެރިކަން އުފެދޭ ގޮތަށް ސައްހަ ނޫން މައުލޫމާތު ސޯޝަލް މީޑިއާގެ ޒަރިއްޔާ އިން ނުފެތުރުމަށް މި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ ހުރިހާ ފަރާތްތަކަށް އިލްތިމާސް ކުރައްވާފައެވެ.Source link

Leave a Reply

Related Articles