• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ ވިލިވަރުގައި 30 ކޮޓަރީގެ ކަރަންޓީނު ފެސިލިޓީއެއް ހަދައިފި

ވިލިވަރުގައި 30 ކޮޓަރީގެ ކަރަންޓީނު ފެސިލިޓީއެއް ހަދައިފި


ރިސޯޓެއް ހިންގުމަށް ފަހު ބަންދުކޮށްފައި އޮންނަތާ އެތައް އަހަރެއް ވެފައިވާ ވިލިވަރުގައި 30 ކޮޓަރީގެ ކަރަންޓީނު ފެސިލިޓީއެއް ހަދައިފި އެވެ.

ކޮވިޑް-19 އަށް ރާއްޖޭން ދެމީހަކު ޕޮޒިޓިވް ވުމުން، ޓޫރިޒަމް އިންޑަަސްޓްރީ އަށް ކުރިމަތިވެފަައިވާ މައްސަލަތަކާއި ގެއްލުން ކުޑަކުރަން އަޅާ ފިޔަވަޅުތަކާ ބެހޭ މައުލޫމާތު ދިނުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ވިލިވަރުގައި ކަރަންޓީނު ފެސިލިޓީ ހަދާފައި ވަނީ ކަރަންޓީނުކުރެވޭ މީހުންނަށް ވީހާ ވެސް ފަސޭހަވާނެ ގޮތަކަށް ކަމަށެވެ. ވިލިވަރުގައި ކޮޓަރިތައް ހަދާފައި ހުންނާނީ ޓޫރިސްޓަކު ކަރަންޓީނު ކުރަން ޖެހުނަސް، އެމީހަކަށް ގޯސް ތަޖުރިބާއަކަށް ނުވާނެ ފެންވަރަކަށް ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ކަރަންޓީނު ކުރެވޭ މީހުންނަށްް، އެކަނިވެރިކަން އިިހުސާސްވާ މިންވަރު ވީހާ ވެސް ކުޑަ ކުރެވޭނެ ފަދަ ގޮތަކަށް އެތަނުގެ އިންތިޒާމްތައް ހަމަަޖައްސާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ޕްރެސްކޮންފަރެންސްގައި އަލީ ވަހީދު ވާހަކަދައްކަވަނީ. އޭނާ ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަޅުތައް ރަނގަޅު ކަމަށް. ފޮޓޯ:އަހްމަދު އަވްޝަމް/މިހާރު

“އެމީހަކަށް އެ ކަރަންޓީނު ޕީރިއަޑްގައި އެމީހާ މުޅި ދުނިޔެއާ ވަކި ނުވެ، ހިތްހަމަޖެހޭ ފެންވަރަކަށް އެތަން ގާއިމްކުރެވިފައި ވާނީ،” އަލީ ވިދާޅުވި އެވެ.

ވިލިވަރަކީ އަތަމާ ކުންފުންޏަށް ދޫކޮށް، އޭގެ ފަހުން މައްސަލަތަކެއް ކުރިމަތިވެ، މަސީގެ ރައީސް މުހައްމަދު އަލީ ޖަނާހު (ޖަނާ) ގެ ހަވާލުގައި އޮތް ރަށެކެވެ. އެރަށުގައި ކަރަންޓީނު ފެސިލިޓީއެއް ހެދީ މިނިސްޓަރު ވިދާޅުވި ގޮތުގައި އެރަށް ވަގުތީ ގޮތުން ދައުލަތަށް ނެގުމަށް ފަހުގަ އެވެ. އެރަށުގައި ކަރަންޓީނު ފެސިލިޓީ ގާއިމްކުރަން ހަރަދު ކުރީ ޓޫރިޒަމް އިންޑަސްޓްރީގެ ޓްރަސްޓް ފަންޑުންނެވެ. އެމަސައްކަތަށް ހަރަދުވީ 2.1 މިލިޔަން ރުފިޔާ ކަމަށް އަލީ ވިދާޅުވި އެވެ.

އަލީ ވިދާޅުވީ ފެބްރުއަރީ މަހުގެ އެކަކުން ފެށިގެން 10 ދުވަހުގެ ތެރޭގައި ވިލިވަރުގެ ކަރަންޓީނު ފެސިލިޓީގެ މަސަސައްކަތް ނިންމައިލީ ޓޫރިޒަމް އިންޑަސްޓްރީ އާއި ދައުލަތުގެ މުއައްސަސާތަކާއި ދައުލަތުގެ ކުންފުުނިތައް ބައިވެރިވެގެން ކަަމަށެވެ. އެގޮތުން އެ މަސައްކަތަށް އެހީތެރިވި ތަންތަނުގެ ގޮތުގައި ފުލުހުންނާއި އެމްޑަބްލިއުއެސްސީ، ފެނަކަ އަދި އެސްޓީއޯގެ ނަން އޭނާ ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ވިލިވަރުގައި ކަރަންޓީނު ފެސިލިޓީ ހެދީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އިސްނެންގެވުމަކުންނެވެ. އެ މަސައްކަތް ކުރި ގޮތުގެ ކުރު ވީޑިއޯއެއް ޕްރެސް ކޮންފަރެންސް ފެށުމުގެ ކުރިން ދައްކައިލި އިރު، އެ ވީޑިއޯއިން ފެނުނު ގޮތުގައި މަސަައްކަތް ހިނގަމުން ދިޔައި އިރު ރައީސް އެތަނަށް ވަޑައިގެން މަސައްކަތް ހިނގަމުންދާ ގޮތް ބައްލަވައިވެސް ލެއްވި އެވެ.

“އަޅުގަނޑު ދެކޭ ގޮތުގައި މިއީ ދުރާލައި، ރައީސްގެ ވިޝަންގައި އަޅުގަނޑުމެންނަށް ކުރެވުނު ކަންތައްތައް. މިކަންތައްތައް ކުރެވިފައި އޮތީމާ އަޅުގަނޑުމެން މި ދަންނަވަނީ ހާސްނުވާށޭ،” އަލީ ވިދާޅުވި އެވެ.

އަލީ ވިދާޅުވީ ބަންދުކޮށްފައިވާ ރިސޯޓެއް ވެސް ވަގުތީ ގޮތުން ކަރަންޓީނު ފެސިލިޓީއަކަށް ބަދަލުކުރަން މަސައްކަތް ކުރަމުން އަންނަ ކަަމަށެވެ. ރާއްޖޭގައި މިހާރު ބަންދުކޮށްފައި ހުރި ރިސޯޓްތަކުގެ ތެރެއިން ބޭނުން ވެއްޖެ ހާލަތެއްގައި ބޭނުން ކުރެވޭނެ ތަންތަން ބަލަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހުއްޓާލާފައި އޮތް، 100 ކޮޓަރީގެ ރިސޯޓެއް މިހާރު އެބަ އޮތް ކަަމަށާއި ކަރަންޓް ދިނުމަށް ބޭނުންވާ ޖަނަރޭޓަރު ފަދަ ބައެއް ތަކެތި ގެންގޮސްގެން އެރަށް ބޭނުން ކުރަން ފެށޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.Source link

Leave a Reply

Related Articles