• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ވާހަކަ ⁄ މަންމަ

މަންމަ


215636

މަންމައެވެ. މައިމީހާއެވެ. 09 މަހާއި 09 ދުވަސްވަންދެން ބަނޑުގައި ބޭއްވިއެވެ. އެއްވެސް ޝަކުވާއެއް ކުރުމެއް ނެތިއެވެ. އުފާވެރިކަމާއެކުއެވެ. ނިއުމަތެއްކަމަށް ދެކިގެންނެވެ. އެެއީ ދުނިޔެމަތީގެ ރާނީއެވެ. ސުވަރުގޭގެ ވަސް ވެސް ވަނީ އެކަމަނާގެ ފައިތިލަދަށުގައެވެ. އެއީ ރަހުމާއި ކުލުނުގެ ނަމޫނާއެވެ. ލޯބީގައި ދެވަނައެއް ނުވާ މިސާލެވެ. ދަރިއަކު ނުކައި ހުރިނަމަ އެމައިމީހާގެ އަރުތެރެއަށް ކާއެއްޗެއް ނުލެވެއެވެ. ދަރިއަކު ބަލިވެއްޖެނަމަ އެ މަންމައަކަށް ހަމަ ނިންޖެއް ނުލިބެއެެވެ. ދަރިއަކަށް ކިތަންމެ ކުޑަ ހާނިއްކައެއް ވިޔަސް އެމަންމައަކަށް ކެތެއްނުކުރެވެއެވެ. މިއީ އަހަރެންނަށް އިވޭހާ އަޑުތަކެވެ. ބިލާހެކެވެ. އާއެކެެވެ. އެއީ ހަޤީޤަތެއް ނޫނެވެ. މައިންނަކީ އަނިޔާވެރި ބައެކެވެ. އެމީހުން ދަރިންނަށް ދެނީ ލޯތްބާއި އަޅާލުމެއް ނޫނެވެ. ތަދުތަކާއި ވޭންތަކެވެ. އަނިޔާއާއި މަލާމާތެވެ. އަހަރެން ޤަބޫލުކުރާ ގޮތަކީ މިއީއެވެ. ޤަބޫލުކުރެވެން އޮތްގޮތަކީ ވެސް މިއީއެވެ.
އަހަރެން މިއީ ބަޔަކު މީހުންކުރި ކުށެއްގެ ކައްފާރާއެކެވެ. ދެމީހުންވެގެން ހިންގި ފާފައެއްގެ ނަތީޖާއެެވެ. ނޫނެކެވެ. އެ މަންމަ އަހަރެން ދުނިޔެއަށް ނުގެނައުމަށް ކުރެވުނުނުހާ މަސައްކަތެއް ކުރިއެވެ. ބޭރު ކަރަކަރައިން ޑަކްޓަރުންގެ ކައިރިއަށް ދިޔައެވެ. ފާޑުފާޑުގެ ބޭސްތައް ކެޔެވެ. ނަމަވެސް މާތް ﷲ ގެ ކުޅަދުންވަންތަކަން ދެކިބަލާށެވެ. އަހަރެން ދުނިޔެއަށް އުފަންވީއެވެ. އެ މަންމަގެ ހަށިގަނޑުގެ ތެރެއިން ބައިގެންނެއް ނުދިޔައެވެ. ނަމަވެސް އުފަންވީ ފުރިހަމަ އިންސާނެއްގެ ގޮތުގައެއް ނޫނެވެ. ވާހަކަދެއްކުމުން މަހުރޫމުވެފައިވާ މަނު މީހެއްގެ ގޮތުގައެވެ. ބޭނުންކުރި ބޭސްތަކުގެ ނަތީޖާއެއްގެ ގޮތުންނެވެ.
މިއަދާ ހަމައަށް ވެސް މަންމަގެ ފަރާތުން ލޯތްބެއް ކުލުނެއް ލިބުނު ހަނދާނެއް އަހަރެން ނުވެއެވެ. އަހަރެންގެ ޅަ ސިނކުޑީގައި ބިންވަޅުވެ ނެގިފައިވަނީ އެ މަންމަ އަހަންނަށް ދިން އަނިޔާތަކެވެ. އަދިވެސް ހުރިހާ ކަމެއް އަކުރުން އަކުރަށް ހަނދާނުގައި އެބަހުއްޓެވެ. އެހެން މައިން އެތައް އުނދަގޫތަކާއެކު ދަރިންނަށް ކައިން ދިނުމުގައި އުޅޭއިރު އަހަރެން މިޖެހެނީ ކާއެއްޗަކަށް އެދި މަންމަގެ ކައިރީގައި ސަލާން ޖަހާށެވެ. އެއްދުވަހު ކެއްޔާ އަނެއް ދުވަހު ނުކައެވެ. ރަހުމެތްތެރިއެއް ދޭ ކިރު ޕެކެޓަކުން ފުއްދާލައިގެން އަހަރެން ހުންނާނީ ކިތައް ދުވަހު ހެއްޔެވެ؟ އެ މަންމަ ދުވަހަކުވެސް އަހަރެންގެ މި ހަށިގަނޑުގައި ލޯބިން ފިރުމާލި ހަނދާނެއް އަހަންނެއް ނުވެއެވެ. މުޅިންވެސް ބޭނުންކުރަމުން ދަނީ މަންމަގެ ބާރުގަދަ އަތްތިލައެވެ. ނުވަތަ ކައިރީގައި އޮންނަ ދަނޑިބުރިއެކެވެ.
އަހަންނަށް ކުރެވެންހާ އޮތްކަމަކީވެސް ލޮލުން ކަރުނަ ހުސްކުރުމެވެ. އަހަރެންގެ އިހުސާސްތައް އަހަންނަކަށް އެހެންމީހުންނަކަށް ނުކިޔާދެވެއެވެ. މަނަކަށް ވުމުން އެކަމުގެ ނާޖާއިޒް ފައިދާ މަންމަ ވަރަށް ރަނގަޅަށް ވެސް ނެގިއެވެ. އެ މަންމަ ކިތަންމެ އަނިޔާއެއް ކުރިއެއްކަމަކު ކައިރީ ގޭތަކުގައި އުޅޭ މީހަކަށް ރޭކާވެސް ނުލާނެެއެވެ. ގައިގެ އެތަން މިތަނުން ދިލަ ނަގާވަރުން އަރާމު ނިދިން މަހުރޫމުވެފައި އަހަރެން އޮންނާނީ ކިތައް ރޭ ހެއްޔެވެ؟ ތަންތަން ހަލާކުވެ ފާރުވެގެން އަހަރެން ރުއިރުއިން އިހުސާސްކުރެވޭނީ ކާކަށް ހެއްޔެވެ؟
އަދިވެސް އެއް ރެއެއް އަހަރެން ހިތުގައި ބިންވަޅު ނެގިފައިވެއެވެ. އެއީ އަހަންނަށް 15 އަހަރު ފުރުނުދުވަހެވެ. އެއީ އަހަރެންގެ ހަޔާތަށް އައި އުފާވެރި ރެއެކެވެ. މަސްތުވެފައިވާ މަންމަ ގެޔަށް އައީ ދަންްވަރު 03 ޖަހަންވެފައި ވަނިކޮށެވެ. ނިދީގެ ފުން ކަނޑުގައި އަހަރެން ޣަރަގުވެފައި ވަނިކޮށް އަހަރެންނަށް ހޭލެވުނީ މީހަކު ކައިރީގައި އުޅޭހެން ހީވުމުންނެވެ. އަހަރެން ކައިރި ބަލަހައްޓައިގެން ހުރީ މަންމައެވެ. ނަމަވެސް ތަފާތު ބެލުމަކުންނެވެ. މަންމައަކު ދަރިއަކަށް ބަލައި ފަދައަކުންނެއް ނޫނެވެ. އެ މަންމަގެ ލޮލުން އަހަންނަށް ފެނުނީ މައިވަންތަކަމުގެ ލޯތްބެއް ނޫނެވެ.
މަންމަ މަޑުމަޑުން އަހަންނާ ކައިރިވާން ފެށިއެވެ. މަންމަގެ ނިޔަތް ރަނގަޅު ނޫންކަން އަހަންނަށް އެނގުނީ ދެނެވެ. އަވަހަށް ސަލާމަތްތެރިކަން ހޯދުމަށް އުޅުނީމެވެ. ނަމަވެސް މަންމަ އެޔަށްވުރެއް އަވަހަށް އަހަރެންގެ ދެ އަތުގައި ހިފެހެއްޓިއެވެ. މަސްތުވެފައިވާ މަންމަ ދަހިވެތިވެފައި އެވަނީ އަހަރެންގެ ހަށިގަނޑަށެވެ. އަމިއްލަ ބަނޑުން އުފަންކުރި ފުރާނައަށެވެ. ޝައިޠާނާގެ ވަސްވާހާއި ވަހުޝީކަމުން އެ މަންމަގެ ސިކުނޑިވަނީ ހައްޔަރުކުރެވިފައެވެ. އަހަރެންގެ އަނބުރާއި އިއްޒަތް ރައްކާތެރިކުރުމަށް އަހަރެންގެ ފައިން މަންމަ ބާރުބާރަށް ކޮށްޕައިލީމެވެ. އެއީ މަންމައަށް އަހަރެންގެ ފަރާތުން ލިބުނު ފުރަތަމަ އަނިޔާއެވެ. ނަމަވެސް އެއީ އަނިޔާއެއް ގޮތުގައި އަހަރެން ނުދެކެމެވެ.
މަންމަގެ ރުޅިވީ ހައްތަހާ ގަދައެވެ. ދަހިވެތިކަމުން ފުރިފައިވާ ދެލޮލުން އަނގުރު އަލިފާން ބުރަމުން ދިޔައެވެ. މަންމަގެ ލޮލުގައި އަޅާގަތީ މޭޒުގެ މަތީގައިވާ ކަޅުކުލައިގެ ކަތުރެކެވެ. އެއީ މިރޭ ފިލާވަޅު ހެެދުމަށްފަހު އަހަރެން ބޭއްވި ކަތުރެކެވެ. ސަލާމަތާއި ރައްކާތެރިކަމަށް ގޮވާނީ ކިހިނަކުން ހެއްޔެވެ؟ މަންމަ އަހަރެންނަށް ކުރާ ނަފްރަތު ވަރަށް ރަނގަޅަށް ވެސް ހާމަވިއެވެ. ބާރުބާރަށް އައިސް އަހަރެންގެ މެއާއި ބަނޑަށާއި ކަރަށް އެ ތޫނު ކަތުރުން ހަމަލާ ދިނެވެ. އެ މަންމަ ހިތްފުރެންދެން އަހަރެންގެ ގަޔަށް އެކޮއްޕިއެވެ.
އެއީ ހިތާމަވެރި ރެެއެއް ނޫނެވެ. އުފާވެރި ރެއެކެވެ. އަހަރެން މި އަނިޔާތަކާއި ވޭންތަކަށް އަލްވަދާއު ކިޔަންޖެހުނީއެވެ. ނިމުމެއް ނުވާ އުފާތަކާއި ނިއުމަތްތަކަށް އަހަންނަށް މަރުހަބާ ކިޔައިފިއެވެ. އަހަރެން މިއަދު މިވަނީ ފަސްގަނޑުގެ ދަށުގައި ވަޅުލެވިފައެވެ. ހިނެވި ކަފުންކުރެވިފައެވެ. އަހަރެންގެ އިހުސާސްތައް ދަންނަ މީހަކު މި ކެހިވެރި ދުނިޔޭގައި އުޅޭނެބާއެވެ؟ އަހަރެން އުޅުނު ހިތްދަތި ދިރިއުޅުމުގެ ބަދަލު އަހަންނަށް ލިބޭނެ ހެއްޔެވެ؟ އަހަންނަށް ލިބުނު އަނިޔާތަކުގެ އުޖޫރަ އަހަންނަށް ލިބޭނެ ހެއްޔެވެ؟ މަންމަގެ ފަރާތުން ލިބުނު މައިވަންތަކަމުގެ ލޯބި ވަޒަން ކުރެވޭނެފަދަ ފުރާނައެއް މި ދުނިޔޭގައި ވާނެބާއެވެ؟
ކެޓެގަރީ: ކުރުވާހަކަ

2156

Lreesj

0.0

Loabi

2

2 months ago

Nukiyaa meehaa

0.0

Liyuntheriyaa ah neygeytha vaahaka eki GOI gothah geneveykameh! Eki mees .meehunge nazarun kiyaidheveykameh! Adhi lhaveema kanneyge! Fahun ok vaane

2 months ago

ލިޔުންތެރިޔެއް

0.0

އަޅެފަހެ މަރުވެފައިވާ މީހުން ކިހިނެއްތަ ވާހަކަ ކިޔާދޭނީ؟؟ ލިޔާއިރުވެސް ތަންކޮޅެއް ހަމަޖެހޭ ގޮތަކަށް ލިޔެބަލަ!!

4

2 months ago

Anonymous

0.0

??

4

3 months ago

ޝަމްވީލް Listing Owner

0.0

ޝުކުރިއްޔާ! (:

3

3 months ago

Hamathedheh

ޤަބޫލުކުރެވެން އޮތްގޮތަކީ ވެސް މިއީއެވެ

2 months ago

Unknown

Shkuru balaaganefin

2 months ago

❤️Fan

0.0

??Hatts of to you shamveel

4

3 months ago

1828

0.0

ވަރަށް ރީތި ވާހަކައެއް.
ވަރަށްވެސް ތަފާތު. އެހާމެ އަސަރުގަދަ.

9

3 months ago

ކިޔުންތެރިންގެ ހިޔާލު ކެންސަލް
Your Rating



Source link

Leave a Reply

Related Articles