• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ މިނިސްޓަރު ޝާހިދު ބްރޫނާއީގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވައިފި

މިނިސްޓަރު ޝާހިދު ބްރޫނާއީގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވައިފި


ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިހާރު ބްރޫނާއީ ދާރުއްސަލާމަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެގައުމުގެ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް 2 ދާތޯ ސެރީ ސެތިއާ ހާޖީ އެރިވަން ބިން ޕެހިން ދާތޫ ޕެކަރްމާ ޖާޔާ ހާޖީ މުހައްމަދު ޔޫސުފްއާ ބައްދަލުކުރައްވައިފިއެވެ.ހޮނިހިރު ދުވަހުގެ ހެނދުނު ބަންދަރްސެރީ ބެގަވާންގައި އޮތް މި ބައްދަލުކުރެއްވުމުގައި ދެގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމާއި ބެހޭ ގޮތުންނާއި ދެގައުމުގެ ޚާރިޖިއްޔާގެ މެދުގައި ގުޅުން ހަރުދަނާކުރުމާ ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.މިނިސްޓަރު ޝާހިދުގެ ވާހަކަފުޅުގައި ބްރޫނާއީ ސަރުކާރުން ރާއްޖެއަށް ދެއްވާ ސްކޮލަރޝިޕްތަކަށް ޝުކުރު އަދާކުރައްވައި، އިތުރު ސްކޮލަރޝިޕްގެ ފުރުސަތުތައް ދިވެހި ދަރިވަރުންނަށް ހޯދުމާއި ބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ. އަދި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ތައުލީމުގެ ފުރުސަތުތައް ހޯދައިދެއްވުމަށް ދިވެހި ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާކަމަށް ވިދާޅުވެ، އިޖްތިމާއީ ތަރައްގީއަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތަކުގެ މައުލޫމާތު ބްރޫނާއީގެ ވަޒީރާ މިނިސްޓަރު ޝާހިދު ހިއްސާކުރެއްވިއެވެ.މީގެ އިތުރުން ރާއްޖޭގައި ކާބޯތަކެތި ހަލާލް ސެޓްފިކެޓަށް ޓެސްޓްކުރުމަށް ޚާއްސަ ލެބޯޓްރީއަށް ގާއިމްކުރުމަށް ބްރޫނާއީގެ އެހީތެރިކަމަށް މިނިސްޓަރު ޝާހިދު އެދިވަޑައިގަތެވެ.Source link

Leave a Reply

Related Articles