• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ މިއަށްވުރެ ފުރިހަމައަށް އެމްޑީޕީ ސަރުކާރެއް މިހާތަނަށް ހިނގާފައެއް ނެތް: ރައީސް ނަޝީދު

މިއަށްވުރެ ފުރިހަމައަށް އެމްޑީޕީ ސަރުކާރެއް މިހާތަނަށް ހިނގާފައެއް ނެތް: ރައީސް ނަޝީދު


ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށްޓަކައި ސަރުކާރުންނާއި ވަޒީރުން ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާކަމަށާއި އެކަންތައް ރައްޔިތުންނަށް ވަރަށް ގާތުން ފެންނާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ފަރާތުން ހޮނިހިރު ދުވަހު ފަށާފައިވާ “ރަށްވެހި ފެސްޓިވަލް” ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖެ ބަދަލުކޮށް އިސްލާހު ކުރާނީވެސް އެމްޑީޕީންކަމަށާއި ވެރިކަން ބަދަލުވުމާއެކު ގިނަ ކަންތައްތަކެއް ރައްޔިތުންނަށް ސާބިތުވެފައިވާކަމަށެވެ.އެގޮތުން ތައުލީމީ ނަޒަރިއްޔާއިން ބަލާލިކަމުގައިވިޔަސް އަދި ރައްޔިތުނަށް އިޖްތިމާއީ ރައްކާތެރިކަން ކަށަވަރުކުރުމަށް އެމްޑީޕީގެ ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށް ހާލަތު ބޮޑުތަނުން ބަދަލުކޮށްފައިވާކަމަށް ވަނީ ފާހަގަކުރައްވާފައެވެ. ރަސްމިއްޔާތުގައި އިތުރަށް ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، މިއަށްވުރެން ފުރިހަމަ އެމްޑީޕީގެ ސަރުކާރެއް މިހާތަނަށް ހިނގާފައިނެތްކަމަށެވެ.

އަޅުގަނޑުމެން ކުރީ ކޮންކަމެއްތޯ އަހާއިރުގައި، ރާއްޖޭގެ ކޮންމެ ރަށެއްގައި ގިނަ އަދަދަކަށް ކުދިން ޔުނިވާރސިޓީ ނިންމަނީ. އަޅުގަނޑުމެން އޯލެވެލް އޭލެވެލް ހެދި އިރު 2000 އެއްހާ ކުދިންނޭ އެކަން ކުރީ، މިއަދު ޔުނިވާރސިޓީގައި 10000 ކުދިން ކިޔަވަމުން އެދަނީ، ރައްޖެ ބަދަލަކުރާނީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ. މިއަށްވުރެން ފުރިހަމަ އެމްޑީޕީގެ ސަރުކާރެއް ހިނގާފަކާއެއް ނެތް. ހިނގަމުން ނުވެސް ދޭ
~ އެމްޑިޕީގެ ރައިސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

ރައީސް ނަޝިދު ވިދާޅުވީ އެޕްރީލް 4 ގައި އޮންނަ ލޯކަލް ކައުންސިލް އިންތިހާބް އެމްޑިޕީން ކާމިޔާބުކުރާނީ ރައީސް ސޯލިހު ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުރިހަމައަށް ފުއްދަމުން ރައްޔިތުންނަށް އެނގެމުން ދާތީކަމަށާއި ރަށްރަށަށް ވަޑައިގެން ރައްޔިތުންގެ ކަންބޮޑުވުންތައް ވަރަށް ގާތުން ބަލަމުން ދާކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީން ވި ވައުދުތައް ފުއްދުމަށްޓަކައި އިންތިހާއަށް މަސައްކަތް ކުރަމުން ދާކަމަށާއި ނިކުމެ ބޮޑަށް ހިންދެމިލައި އިސްސަފުގައި ތިބެން ވެއްޖެކަމަށެވެ.

ކޮންފަރެންސް އަޅުގަނޑުމެން ނިންމާލާނީ، އަޅުގަނޑުމެން އުޅުނިން ހަވާ އަރުވަން. ބްރޯ ސިފަ ޖައްސައި ބްރޯއަށް ވުރެން ގަދަ ކޮށް އަރުވާލަން ހިތަށް އެރި. މާ މަޑުމަޑުންނޭ އަޅުގަނޑުމެން މިތިބެނީ. އަޅުގަނޑުމެން ހެސްކިޔާފަ މަސައްކަތް އެބަކުރަން. ރާއްޖޭގެ ރައްޔިތުންނަށް އިންތިހާއަށް ހެޔޮ އެބައެދޭ. ވަޒީރުންވެސް އިންތިހާއަށް އެބަ މަސައްކަތްކުރޭ. އަޅުގަނޑުމެން ނިކުމެ މާބޮޑަށް ހިންދެމިލާން ވެއްޖެ. އިސްސަފުގައި ތިބެންވެއްޖެ.
~ އެމްޑިޕީގެ ރައިސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

ރައީސް ނަޝީދު ވިދާޅުވީ ކުރީ ސަރުކާރުތަކުން ނިގުޅައިގަނެވިފައިވާ ބާރުތައް ކައުންސިލްތަކަށް އަނބުރައި ހޯދައިދީފައިވާ ކަމަށާއި މިއަދު ރައްޔިތުން ނިކުމެ ތިބީ 33 އިންސައްތަ އަންހެނުންގެ ބައިވެރިކަމާއެކު ރަށްވެރިކަން ކޮށް ރަަށަށް ތަރައްގީކުރުމަށް ނިންމައި އެ މަސައްކަތް ކާމިޔާބުކުރުމަށްކަމަށެވެ. އަދި އެކަން ތަނަވަސް އަޢުލަބިއްޔަތަކުން ކާމިޔާބުކުރާނެކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.



Source link

Leave a Reply

Related Articles