• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ މިއީ، ކޮންމެ ގެއެއްގެ ސިޓިން ރޫމް ކާޑު ގުދަނަކަށް ހަދަންޖެހޭ ވަގުތެއް ނޫން: އެސްޓީއޯ

މިއީ، ކޮންމެ ގެއެއްގެ ސިޓިން ރޫމް ކާޑު ގުދަނަކަށް ހަދަންޖެހޭ ވަގުތެއް ނޫން: އެސްޓީއޯ


ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ ދެ މީހެއްގެ ގައިން ކޮވިޑް-19 މިރޭ ފެނުނު ނަމަވެސް މިއީ، އެކަމާ ހާސްވެ، ކޮންމެ ގެއެއްގެ ސިޓިން ރޫމް، ކާޑު ގުދަނަކަށް ހަދަންވީ ވަގުތެއް ނޫން ކަމަށް އެސްޓީއޯ އިން ދެންމެ ބުނެފި އެވެ.

އެސްޓީއޯ އާއި ފުލުހުން އަދި ސިފައިން ގުޅިގެން މިހާރު ކުރިއަށް ގެންދާ ޕްރެސް ބްރީފިންގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވީ، ރައްޔިތުންނަށް ބޭނުންވާ ވަރަށް ކާޑުގެ ބާވަތްތައް އެބަހުރި ކަމަށެވެ. އަދި އާންމުކޮށް ހުސްނުވެ، ބަރާބަރަށް ކާޑުގެ ބާވަތްތައް ލިބެން ހުންނާނެ ކަމުގެ ޔަގީންކަން އަމްރު ދެއްވި އެވެ. އެހެންވެ، މިއީ ކޮންމެ ގެއެއް ވެސް ސިޓިން ރޫމަކަށް ބަދަލުކުރަންވީ ވަގުތު ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

“މި ވަގުތަކީ ކޮންމެ ގެ އެއްގެ ކޮޓަރި ކަންމަތީ ފިހާރައަކަށް ހަދަންޖެހޭ ވަގުތެއް ވެސް ނޫން. ހަމަ އާންމުކޮށް، ކައިބޮއެ އުޅުނީމާ އަޅުގަނޑަށް ހީވަނީ ހުރިހާ ބޭފުޅުންނަށް އެ ކަން ރަނގަޅަށް ކުރެވިދާނެހެން،” އަމްރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ތިން މަސް ނުވަތަ ހަތަރު މަހަށް ބޭނުންވާ ކާޑުގެ ބާވަތްތައް ގޭގެ އަށް ވެއްދުމަކީ ހައްލެއް ނޫނެވެ.

“މި ވަގުތު ކޮންމެހެން އަތުގައި ހުރި ފައިސާ ކާޑަށް ނަގާފައި ގޮސް ގޭގައި ސްޓޮކް ކުރުމަކީ އެހާ މުހިންމު ކަމެއް ނޫން. މިއީ އަދި ޕެނިކަކަށް ގޮސް ބިރުވެރި ކަމުގައި އުޅެންވީ ވަގުތެއް ނޫން. މާލެ އިން ކާޑު ގަނެގެން ދޯންޏަށް ލައިގެން ރަށްރަަށަށް ގެންދެވޭނެ،” އަމްރު ވިދާޅުވި އެވެ.

އަމްރު ވިދާޅުވި ގޮތުގައި، އާންމުންނަށް ސެނިޓައިޒާ ވިއްކުން މިވަގުތަށް އެސްޓީއޯ އިން ވަނީ މަޑުޖައްސާލައިފަ އެވެ. ސަބަބަކީ އާންމުކޮށް ވިއްކަނީ ސިއްހީ ދާއިރާ އަށާއި އިންސްޓިޓިއުޝަނަށް ބޭނުންވާ ސެނިޓައިޒާ ކަމަށް ވާއިރު، އެ ވިއްކުން އާންމުކޮށް ހުޅުވާލައިފި ނަމަ ހުސްވެދާނެ ކަމަށް ގަބޫލު ކުރެއްވޭތީ ކަމަށެވެ. އެހެންވެ، އަމްރުގެ އެދިވަޑައިގަތުމަކީ ގެ އެއްގައި ވެއްޖިއްޔާ ސައިބޯނިލައިގެން އަތްދޮވުމެވެ.

އަމްރު ވިދާޅުވީ، އެސްޓީއޯ އިން މާސްކް ވިއްކުމުގައި ވެސް މިހާރު ކޮންޓްރޯލެއް ގެންގުޅޭ ކަމަށެވެ. އެހެން ނޫނީ އެކަކު އެތައް ހާސް މާސްކެއް ގަންނަމުންދާ ކަމަށް ތަޖުރިބާގެ އަލީގައި އޭނާ ވިދާޅުވި އެވެ.

“ޑޮކްޓަރުން ވެސް އަޅުގަނޑުމެންނަށް ލަފާ ދެއްވަނީ ބަލި ނުވާ މީހުން ނުޖެހެއޭ މާސްކް އަޅާކަށް. ބަލިވީމާ އަޅާ އެއްޗެކޭ މާސްކަކީ،” އަމްރު ވިދާޅުވި އެވެ.

އެކި ގައުމުތަކުގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 އަށް ރާއްޖެ އިން ފުރަތަމަ ފަހަރަށް ޕޮޒިޓިވް ވީ ކުރެއްދޫ ރިސޯޓުގައި މަސައްކަތް ކުރާ ބިދޭސީ ދެ މީހެއް ކަމަށް، އެކަން އިއުލާން ކުރުމަށް މިރޭ ބޭއްވި ނިއުސް ކޮންފަރެންސްގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވި އެވެ. ޑަބްލިއުއެޗްއޯގެ މިންގަނޑާ އެއްގޮތަށް، އެ ދެ މީހުންގެ އިތުރު މައުލޫމާތެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ.

ރެ އިން ފެށިގެން ކަރަންޓީނު ކޮށްފައިވާ ކުރެއްދޫ ރިސޯޓުގެ ބިދޭސީ ދެ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވް މިވީ، އެ ރިސޯޓަށް ޗުައްޓީ އަށް އައި އިޓަލީގެ ޓޫރިސްޓަކު އެނބުރި ދިޔަ ފަހުން، އޭނާ އެ ބައްޔަށް ޕޮޒިޓިވް ވެފައިވާކަން އަންގާފައި ވަނިކޮށެވެ.



Source link

Leave a Reply

Related Articles