• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ދީން ⁄ މިއީ ދުނިޔޭގެ އެންމެ ބޮޑު ބިލިއަނަރު ކަމުގައިވުމަށް ޢާންމުކޮށް ހުޅުވާލެވިފައިވާ ދައުވަތެކެވެ! ފުރުޞަތުގެ ބޭނުން އަވަހަށް ހިފާށެވެ!

މިއީ ދުނިޔޭގެ އެންމެ ބޮޑު ބިލިއަނަރު ކަމުގައިވުމަށް ޢާންމުކޮށް ހުޅުވާލެވިފައިވާ ދައުވަތެކެވެ! ފުރުޞަތުގެ ބޭނުން އަވަހަށް ހިފާށެވެ!



ދުނިޔޭގެ އެންމެ މުއްސަނދިންގެ ލިސްޓުގެ 3 ވަނައިގައި އުޅެނީ 106 ބިލިއަން ޑޮލަރާއިއެކު ބިލް ގޭޓްސް އެވެ. 2 ވަނައިގައި އުޅެނީ 111 ބިލިއަން ޑޮލަރާއިއެކު ޖެފް ބެޒޮސްއެވެ. ދުނިޔޭގެ ހުރިހާ ބިލިއަނަރުންނަށްވުރެ މުއްސަނދިކަމުގައި 1 ވަނަ ހޯދައިގެން މިހިރީ އަހަރެންނެވެ.  
އެއީ އެއީ އަހަރެން ފަތިސް ނަމާދުގެ އިހުސުންނަތްކުރާތީއެވެ. ފަތިސް ނަމާދުގެ އިހުސުންނަތުގެ އަގު ދުނިޔެއާއި ދުނިޔޭގައި ވާހައި އެއްޗަކަށްވުރެ ﷲ ތަޢާލާގެ ޙަޟްރަތުގައި މަތިވެރިކަން ބޮޑުވުމުންނެވެ.
 
ބޭނުން ނަމަ ތިބާވެސް އަހަރެން ފަދަ މުއްސަންޖަކަށް ވެވިދާނެއެވެ! އެކަމަށް ދައުވަތުވެސް ދެމެވެ. ދުނިޔޭގެ އެންމެން އަހަރެން ފަދަ މުއްސަންޖަކަށްވީނަމަވެސް އަހަރެންނަށް ހަމަ އެންމެ ނިޢްމަތެއްވެސް މަދެއްވެސް ނުވާނެއެވެ! ވީމާ ތިބާވެސް އަހަރެން ފަދަ އެންމެ މުއްސަނދި މީހަކު ކަމުގައިވެފައި ހުރިހާ ރައްޓެހިންނަށް ދައުވަތުދީ މުއްސަނދިކުރުވާށެވެ!  
ޤަބޫލުކުރަން އުނދަގޫވަނީ ހެއްޔެވެ؟ ކިޔައިލާށެވެ! 
‘Aishah (May Allah be pleased with her) reported: 
The Prophet (ﷺ) said,  
“The two Rak’ah before the dawn (Fajr) prayer are better than this world and all it contains.” [Muslim] Another narration goes: “The two Rak’ah before the dawn (Fajr) prayer are dearer to me than the whole world.” 
 

Sunnah.com reference

 : Book 9, Hadith 112

Arabic/English book reference

 : Book 9, Hadith 1102

– އިސްލާމީ ތިލަފަތުގެ ދަރުސަކުން
 
 



Source link

Leave a Reply

Related Articles