• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ ދަނޑުވެރިކަމުގެ ލޯނުގެ 30 ޕަސެންޓު އަންހެނުންނަށް ހާއްސަކޮށްފި

ދަނޑުވެރިކަމުގެ ލޯނުގެ 30 ޕަސެންޓު އަންހެނުންނަށް ހާއްސަކޮށްފި



“ދަނޑުވެރި ނަފާ” ލޯން ޕްރޮގްރާމްގެ 30 ޕަސެންޓް ދަނޑުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އަންހެނުންނަށް ހާއްސަކުރުމަށް ނިންމައިފިއެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ އަންހެން ކަނބަލުންނަށް މި ލޯން ޕްރޮގްރާމުގައި ވަކި ނިސްބަތެއް ޚާއްސަކުރުމުގެ މައިގަނޑު މަޤްޞަދަކީ، ދަނޑުވެރިކަމަކީ އިޤްތިސާދަށް މަންފާކުރާ، ތިމާވެއްޓާއި ރައްޓެހި ދެމެހެއްޓެނެވި ސިނާޢަތަކަށް ހެދުމުގައި އަންހެން ކަނބަލުން ބާރުވެރި ކުރުވުން ކަމަށެވެ.
“ދަނޑުވެރި ނަފާ” ލޯން ޕްރޮގްރާމްގެ ދަށުން ޓެކްނޮލޮޖީ ބޭނުންކޮށްގެން ޒަމާނީ ދަނޑުވެރިން ފަދަ އަރބަން އެގްރިކަލްޗަރ، ޕްރޮޓެކްޓަޑް އެގްރިކަލްޗަރ، ޓެރެސް ނުވަތަ ވަރޓިކަލް އެގްރިކަލްޗަރ ކުރުމަށާއި، ޕޯލްޓްރީ އަދި ކުދި ޖަނަވާރު ގެންގުޅުން، ވެލިއެޑިޝަން އަދި އެގްރޮފޮރަސްޓްރީ ނުވަތަ ގަހުގެ ނާސަރީ ފަދަ ދަނޑުވެރިކަމުގެ ސިނާޢަތުގެ ކަންކަމަށް ލޯނު ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
މިނިސްޓްރީން ވަނީ އަންހެންކަނބަލުންނަށް ޚާއްސަކުރެވިގެން ހުޅުވާލެވުނު ލޯނު ފުރުސަތުގެ ބޭނުންކޮށްގެން ދަނޑުވެރިކަމުގައި އަންހެނުންގެ ދައުރު ފުޅާ ވެގެން ދިޔުމަކީ މިސިނާއަތުގެ ކުރިއެރުންކަމަށް ބުނެފައެވެ.
ލޯން ޕްރޮގްރާމްގެ ފޯމް އެސް.ޑީ.އެފް.ސީ އިންނާއި މިމިނިސްޓްރީން ލިބެން ހުންނާނެއެވެ. ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެސް.ޑީ.އެފް.ސީ އިންނެވެ.



Source link

Leave a Reply

Related Articles