• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ ސަރުކާރު ކޯލިޝަންގެ ޖޭޕީގެ ތާއީދު މިފަހަރުވެސް އިދިކޮޅު ޕާޓީއަށް؟

ސަރުކާރު ކޯލިޝަންގެ ޖޭޕީގެ ތާއީދު މިފަހަރުވެސް އިދިކޮޅު ޕާޓީއަށް؟


އަންނަ އޭޕްރީލް ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ތާއީދު މިފަހަރުވެސް އޮތީ އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނާއެކުކަން ހާމަވާން ފަށައިފިއެވެ.އެގޮތުން ޖުމްހޫރީ ޕާޓީގެ ހަރަކާތްތަކުގެ އިސްކޮށް އުޅުއްވާ، އަދި ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ކުރީގެ ލީޑަރު އަހުމަދު ނިހާނު ހުސައިންމަނިކު ވަނީ މާލެ ސިޓީގެ މޭޔަރު ކަމުގެ މަގާމަށް އިދިކޮޅު ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ ޑރ. މުހައްމަދު މުއިއްޒުއަށް ތާއީދު ކުރައްވާކަން ހާމަކުރައްވާފަ އެވެ. އަދި ނިހާނާއެކު ޖޭޕީގެ އިސް ބައެއް ބޭފުޅުން ވަނީ މުއިއްޒުއަށް ތާއީދު ކުރައްވާކަން ހާމަކުރައްވާފައިވެއެވެ. އޭގެތެރޭގައި ޖުމްހުރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމްގެ އެޑްވައިޒަރު ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އިލްހާމު އަހުމަދު ވެސް ހިމެނިވަޑައިގަންނަވައެވެ.ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ޖޭޕީން ވާދަކުރަނީ އެންމެ 127 ގޮނޑިއަށެވެ. އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ކުރިމަތިލާފައިވަނީ 679 ފަރާތެކެވެ. އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާގޮތުގައި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި 982 ގޮނޑިއަށް ބޭފުޅުން އިންތިހާބު ކުރެވޭނެ އެވެ.އެންމެފަހުން ބޭއްވި 19 ވަނަ މަޖިލީހުގެ އިންތިހާބުގައި ޖޭޕީން މަސައްކަތްކުރީ އިދިކޮޅު ޕީޕީއެމް-ޕީއެންސީއާއެކުގަ އެވެ. ނަމަވެސް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ޖޭޕީން ނިކުންނަނީ އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނާއެކުގަކަމަށް އަދި މިހާތަނަށް ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް ޖޭޕީން މާލެ ސިޓީ މޭޔަރުކަމަށް ވާދަނުކުރާއިރު، ޖޭޕީގައި މިހާރު އިސްކޮށް އުޅުއްވާ ބައެއް ބޭފުޅުން ތާއީދު ކުރައްވަނީ އިދިކޮޅު ޕީޕީއެމް ކެންޑިޑޭޓް މުއިއްޒުއަށް ކަމަށް އެބޭފުޅުން ގެންދަވަނީ ހާމަކުރައްވަމުންނެވެ.ސަރުކާރު ކޮލިޝަނުގައި އޮވެ، ޖޭޕީން ސަރުކާރަށް ޖެއްސުން ކުރުމުގެ ގޮތުން ބައެއް ކަންކަން ކޮށްފައިވެސް ވެއެވެ. އޭގެ ތެެރޭގައި ނިމިދިޔަ 18 ވަނަ މަޖިލީހުގެ ދައުރު ނިމެންދަނިކޮށް މަޖިލީހުގެ ރައީސްކަމުގެ މަގާމަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް ވަޑައިގެން، ސަރުކާރުން މަޖިލީހަށް ފޮނުވި ބައެއް ބިލްތައް ފާސްނުކޮށް ހިފަހައްޓާފައި ވެއެވެ. އޭގެ ތެރޭގައި ރިޔާސީ ކޮމިޝަނުގެ ބިލް ހިމެނެ އެވެ.ކައުންސިލްތަކުގެ އިންތިހާބު ޖޭޕީއަށް ދިނުމަށް އެޕާޓީން ބުނަމުންދާއިރު، އެޕާޓީން ވާދަކުރަނީ 982 ގޮނޑީގެ ތެރެއިން އެންމެ 127 ގޮނޑިއަށެވެ. އެހެންކަމުން އެހުރިހާ ގޮނޑިއެއް ޖޭޕީއަށް ދިންނަމަވެސް ޖޭޕީއަށް ކައުންސިލް އިންތިހާބުގެ މެޖޯރިޓީއެއް ނުލިބޭނެ އެވެ. ނަމަވެސް ޖޭޕީން ވާދަކުރާ ކައުންސިލްތަކުގެ މެޖޯރިޓީ ހޯދުމުގެ ފުރުސަތު ޖޭޕީއަށް އެބައޮތެވެ.



Source link

Leave a Reply

Related Articles