ސާގު: ބަރުދަން ލުއިކޮށްލަން ރަނގަޅު ބޭހެއް
ރޯދައަށް ހުންނައިރު ހަށިގަނޑަށް ފައިދާ ހުރި އަދި ހަށިގަނޑަށް ފިނިކަމެއް ގެނެސް ތާޒާކަންމަތީ ބަހައްޓުވައިދޭ ކާއެއްޗެހި ބޭނުންކުރުމަކީ ކޮންމެހެން މުހިއްމު ކަމެކެވެ. އެގޮތުން ސާގު ފަނި ނުވަތަ ސާގު ބޭނުންކޮށްގެން ތައްޔާރުކޮށްފައި ހުންނަ ކޮންމެ ކެއުމަކީ ނުވަތަ ބުއިމަކީ ހަށިގަނޑަށް އެތައް ފައިދާ ތަކެއް ލިއްބައިދޭނެ އެއްޗެކެވެ.
ސާގުން ލިއްބައިދޭ ފައިދާތައް:
ސާގުގައި ވަރަށް ގިނަ އަދަދަކަށް ކާބޯހައިޑްރޭޓްސް ހިމެނެއެވެ.
ސާގުގެ ސަބަބުން ހަށިގަނޑަށް ހަކަތަ ލިއްބައިދީ ހަށިގަނޑަށް ފިނި ކަމާއި ތާޒާކަން ގެނުވައިދެއެވެ.
ސާގަކީ ވަރަށް ފަސޭހައިން ހަޖަމް ވާ އެއްޗެކެވެ. އެހެން ކަމުން ރޯދައަށް ހުންނަ އިރު ބަނޑަށް ދިމާވާ ތަފާތު މައްސަލަ ތަކުން ދުރު ކޮށްދެއެވެ.
100 ގްރާމްގެ ސާގުގައި 355 ކެލޮރީސް ހިމެނެއެވެ. އެއީ ގާތްގަނޑަކަށް 94 ގްރާމްގެ ކާބޯހައިޑްރޭޓްސް، 05ގްރާމްގެ ފައިބަރ، 0.2 ގްރާމް ޕްރޮޓީން އަދި 10 މިލި ގްރާމް ކެލްޝިއަމްއެވެ.
ހަމަ އެއާ އެކު ސާގަކީ އެކަށީގެންވާ ވަރަށް ބަރުދަން ލުއި ކުރަން ބޭނުންވާ ފަރާތްތަކަށް އޮތް އެންމެ ރަނގަޅު ހައްލެވެ.