• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ ސީރިއާ ހަނގުރާމައަށް ދިވެހިން ފޮނުވުމަށް މަސައްކަތްކުރި ބަޔަކަށް ދައުވާކޮށްފި

ސީރިއާ ހަނގުރާމައަށް ދިވެހިން ފޮނުވުމަށް މަސައްކަތްކުރި ބަޔަކަށް ދައުވާކޮށްފި


ސީރިއާ ހަނގުރާމައަށް ދިވެހިން ފޮނުވުމަށް މަސައްކަތްކުރި ހަރުކަށި ފިކުރުގެ ބަޔަކަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީސް (ޕީޖީ) އޮފީހުން ދައުވާ އުފުލަައި ކްރިމިނަލް ކޯޓަށް ހުށައަޅައިފިއެވެ.ޕީޖީ އޮފީހުން ބުނީ، ދީނުގެ ނަމުގައި ހަރުކަށި ފިކުރު ޤަބޫލުކޮށް، އެ ފިކުރު ދިވެހިރާއްޖޭގައި ކުރިއެރުވުމަށް މަސައްކަތްކޮށް، ސީރިއާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމަގައިގައި ބައިވެރިވުމަށް ދިވެހިން ފޮނުވުމަށް މަސައްކަތްކުރި މައްސަލައާ ގުޅިގެން 6 މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވާ ކަމަށެވެ. އެގޮތުން ދައުވާ އުފުލާފައިވަނީ ރ. މަޑުއްވަރި، ގުލްއަލާގެ، އިބްރާހީމް ޖިހާދުއާއި، ރ. މަޑުއްވަރި، މީރާ، ޙަސަން ރާޟީއާއި، ރ. މަޑުއްވަރި، މީޒާން ޙަސަން ސިޔާދުއާއި، ރ. މަޑުއްވަރި، މީޒާން، އާދަމް ސުހައިލްއާއި، ނ. މަނަދޫ، ގަހާ، އިބްރާހީމް ޝިބުނީގެ އިތުރުން، ރ. މަޑުއްވަރި، ސަޢީދާމަންޒިލް، މުޙައްމަދު މައުޖޫދުގެ މައްޗަށެވެ.އޭގެ ތެރެއިން އިބްރާހީމް ޖިހާދުއާއި، ޙަސަން ރާޟީއާއި، ޙަސަން ސިޔާދުއާއި، އާދަމް ސުހައިލްއާއި، އިބްރާހީމް ޝިބުނީގެ މައްޗަށް ދައުވާ ކޮށްފައިވަނީ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުން، ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރުމުގެ ކުށުގެ ދަޢުވާއެވެ.އޭގެ އިތުރުން، އިބްރާހީމް ޖިހާދުއާއި، ޙަސަން ރާޟީއާއި، އާދަމް ސުހައިލްގެ މައްޗަށް ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުމުގެ ކުށުގެ ދަޢުވާވެސް ވަނީ އުފުލާފައެވެ. އަދި ރ. މަޑުއްވަރި، ސަޢީދާމަންޒިލް، މުޙައްމަދު މައުޖޫދުގެ މައްޗަށްވެސް އުފުލާފައިވަނީ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުން، ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ފޮޓޯއެއް ގެންގުޅުމުގެ ކުށުގެ ދަޢުވާއެވެ.ޕީޖީ އޮފީހުން ބުނީ، މި ދައުވާތަކުގެ އިތުރުންވެސް ރ. މަޑުއްވަރި، މީރާ، ޙަސަން ރާޟީގެ މައްޗަށް ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ދަށުން، އޮރިޔާންކާޑު އުފައްދައި ގެންގުޅުމުގެ ކުށުގެ ދަޢުވާ ކްރިމިނަލް ކޯޓަށް ހުށައަޅާފައިވާ ކަމަށެވެ.ދީނީ ހައްދު ފަހަނަ އަޅާފައިވާ މީހުން ހޯދުމަށް ފުލުހުންނާއި ޤައުމީ ދިފާޢީ ބާރާއި ގުޅިގެން މަޑުއްވަރީގައި ޚާއްސަ އޮޕަރޭޝަނެއް ހިންގީ 18 ޑިސެންބަރު 2019 ގައެވެ.މަޑުއްވަރީގައި ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއް ހިންގީ އެރަށުން އުމުރުން 13 އަހަރުގެ ކުއްޖަކު ކޯޓުން ބޭރުން ކައިވެނި ކޮށްގެން ދަރިއަކަށް ބަލިވެއިން މައްސަލަ އެއް ފެންމަތިވެފައިވަނިކޮށެވެ.



Source link

Leave a Reply

Related Articles