• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ރެސިޕީ ⁄ ސީފްޑް ބާގަރ

ސީފްޑް ބާގަރބޭނުންވާ ތަކެތި
1 ބާގަރ ބަނަސް
2/1 ޖޯޑު ސީފްޑް ( ހިމުން ކޮށާފައި ހުރި ކަޓްލް ފިޝް ޕްރޯންސް
4 /1 ސައި ސަމުސާ މުގުރި އަސޭ މިރުސް
2 މޭޒުމަތީ ސަމުސާ ހިމުންކޮށް ކޮށާފައި ހުރި ފިޔާ
1 ލޮނުމެދު ( ހިމުން ކޮށް ކޮށާފައި )
1 ފޮތި ސްލައިސް ޗީޒް
2 ފޮތި ޓޮމާޓޯ
1 ލެޓިއުސް ފަތް
ބަޓަރުކޮޅެއް
ލޮނު
މެޔޮނައިސް
ތައްޔާރުކުރާނެ ގޮތް
ތަވާ އުނދުން މައްޗަށް އުދާލާފައި ކުޑަ ތެޔޮ ފޮދެއް  އަޅާލާފައި ހޫނުވީމާ ފިޔާ، ލޮނުމެދު، އަދި މަސްކޮޅު އަޅާފައި ރޯފިލަންދެން ހަނާކުރަށެވެ.  އަސޭ މިރުސް ކޮޅާއި ލޮނުކޮޅު އެއްކޮށްފައި އުނދުން މަތިން ބާލާށެވެ. ދެން ބަނަސް މެދުން ދެފަޅިކޮށްފައި އެއްފަޅީގައި ތުނިކޮށް މަސްތަރދް ކްރީމް ހާކާލޡާށެވެ.އަނެއް ފަލީގައި ތުނިކޮށް ބަޓަރު ހާކާލާށެވެ. ދެން ހަނާކޮށްފައި ހުރި މަސްކޮޅު  ރަހަ ހިފާވަރަށް މެޔޮނައިސްކޮޅެއް ލާފައި އެއްކޮށްލާށެވެ. ބަނަހުގެ އެއްފަޅި މަތީގައި ލެޓިއުސް ފަތްކޮޅު ބާއްވާފައ މަސް އަޅާފައި ޓޮމާޓޯ ފޮތި ތައް އަތުރާލާށެވެ. މަތީގައި ޗީޒް ފޮތި ބާއްވފައި އަނެއް ބަނަސް ފަޅި ތަތްކޮށްލާށެވެ.
 
ޖުވޭSource link

Leave a Reply

Related Articles