• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ދީން ⁄ ސޫރަތުއް ނިސާގެ ތަފުސީރު – 12

ސޫރަތުއް ނިސާގެ ތަފުސީރު – 12


(حَتَّىٰ إِذَا بَلَغُوا النِّكَاحَ فَإِنْ آنَسْتُم مِّنْهُمْ رُشْدًا فَادْفَعُوا إِلَيْهِمْ أَمْوَالَهُمْ   ) “ ފަހެ، (މުދަލާމެދުގައި) ބުއްދި ފުރިހަމަކަން އެއުރެންގެ ކިބައިން ތިޔަބައިމީހުންނަށް ފެނިއްޖެނަމަ، އެއުރެންގެ މުދާތައް އެއުރެންނަށް ދޭށެވެ!“

( بَلَغُوا ) ބާލިޣްވީ ކަމަށް ބެލެވޭނީ ފަސްކަމުން ކުރެ ކަމެއް ވުމުންނެވެ. ތިންކަމެއްގައި އަންހެނުންނާއި ފިރިހެނުން ބައިވެރިވެއެވެ. އަނެއް ދެކަންތައް ޚާއްޞަވެގެންވާނީ ހަމައެކަނި އަންހެނުންނަށެވެ. އަންހެނުންނަށް ޚާއްޞަވެގެންވާ ދެކަންތަކަކީ ޙައިޟުވުމާއި ބަލިވެ އިނުމެވެ. ދެޖިންސުގެ މީހުންނަށް ޢާއްމުވެގެންވާ ކަންތައްތަކަކީ ޢުމުރުން ފަނަރަ އަހަރު ފުރުން، އިޙްތިލާމްވުން، ޢާނަތުގައި އިސްތަށި ފެޅުމެވެ.

( بَلَغُوا النِّكَاحَ ) ކައިވެނީގެ ޢުމުރު،

ފިރިހެނަކަށްވެސް އަދި އަންހެނަކަށްވެސް، ކައިވެނި ކުރުމަށް ވަކި ޢުމުރެއް ޝަރީޢަތުގައި ކަނޑައަޅުއްވާފައެއް ނުވެއެވެ. ސޫރަތުއް ޠަލާގުގެ 4 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَاللَّائِي يَئِسْنَ مِنَ الْمَحِيضِ مِنْ نِسَائِكُمْ إِنِ ارْتَبْتُمْ فَعِدَّتُهُنَّ ثَلاثَةُ أَشْهُرٍ وَاللَّائِي لَمْ يَحِضْنَ) މާނައީ: ”އަދި ތިޔަބައިމީހުންގެ އަންހެނުންކުރެ حيضން އުންމީދު ކެނޑިފައިވާމީހުންނާމެދު (އެބަހީ: عدّةއިން ކެނޑިފައިވާ އަންހެނުންނާމެދު) ތިޔަބައިމީހުން ޝައްކުކުރާނަމަ، ފަހެ، އެކަނބަލުންގެ عدّةއަކީ، އަދި حيضނުވާ މީހުންގެ عدّةއަކީވެސް ތިންމަސް ދުވަހެވެ“.

މި އާޔަތުގެ ތަފްސީރުގައި އިމާމް ސަޢްދީ-ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ. (وَاللَّائِي لَمْ يَحِضْنَ) “ އަދި حيضނުވާ މީހުންގެ عدّةއަކީވެސް ތިންމަސް ދުވަހެވެ“ އޮތް ބަސްފުޅުގެ މުރާދަކީ ޙައިޟުގެ ޢުމުރަށް ނޭޅޭ ކުޑަކުދިންނެވެ. އަދި ޢުމުރުގައި ދުވަހަކުވެސް ޙައިޟުނުވާ ބާލިޣްވެފައިވާ އަންހެނުންނެވެ. މިފަދަ މީހުންގެ ޢިއްދާއަކީ ޙައިޟު ކެނޑިފައި ތިބޭ މީހުން ފަދައިން ތިންމަސްދުވަހެވެ“.

ޞަޙީޙުލް ބުޚާރީ އަދި މުސްލިމް ގައި އައިސްފައިވެއެވެ. ”ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޢާއިޝާ-ރަޟިޔަﷲ ޢަންހާ- އާއި ކައިވެނި ޢަގްދު ކުރެއްވިއިރު އެކަމަނާގެ ޢުމުރުން 6 އަހަރެވެ. އަދި އެކަމަނާ އާއި އެކު ރޭ ކުރެއްވި އިރުގައި ޢުމުރުފުޅުން 9 އަހަރެވެ“.

އިމާމް އިބްނު ގުދާމާ-ރަޙިމަހުﷲ- ވިދާޅުވިއެވެ.

”ކުފޫ ހަމަވާ ކަމަށްވަނީ ނަމަ ޢުމުރުން ނުވައަހަރު ހަމަނުވާ އަންހެން ކުދިން ކައިވެނި ކޮށްދިނުމުގެ ޙައްގު އެކުދިންގެ ބައްޕަ އަށް ލިބިގެންވާ ކަމާއިމެދުގައި ޢިލްމުވެރިންގެ މެދުގައި ޚިލާފެއް ނެތެވެ“.

އިމާމް އިބްނުލް މުންޛިރު -ރަޙިމަހުﷲ- ވިދާޅުވިއެވެ.

”ކުފޫ ހަމަވާ މީހަކާނަމަ ކޮންމެ ޢުމުރެއްގެ އަންހެން ކުއްޖަކުވެސް ކައިވެނިކޮށްދިނުމުގެ ޙައްގު އެކުއްޖާގެ ބައްޕަ އަށް ލިބިގެންވާ ކަމާއިމެދުގައި ތިމަންމެން ދަންނަ ހުރިހާ ޢީލްމުވެރިން އިއްތިފާގުވެލައްވައެވެ. އެއީ އަންހެން ކުއްޖާގެ ނުރުހުމުގައި ކޮށްދެވުނު ކައިވެންޏެއް ކަމުގައިވީނަމަވެސް އެވެ“.

ނަމަވެސް މިކަމުގައި ހަނދާން ބަހައްޓަން ޖެހޭނެ ކަމަކީ ޅަޢުމުރުގައި ކައިވެނިކޮށްދޭންވާނީ އެކަމުގައި ދީނީގޮތުން ގަބޫލުކުރެވޭފަދަ މަޞްލަޙަތެއް އޮތްނަމަ އެވެ. ކުއްޖާގެ…



Source link

Leave a Reply

Related Articles