• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ވާހަކަ ⁄ ޑިމެންޝިއާ

ޑިމެންޝިއާ


165330

“މިއަދު ވެސް ހަނދާން ނެތިގެން ދޯ ފިލާވަޅު ނުނިންމަ ތިޔައީ! ހަނދާން ނެތިގެން ދޯ އިއްޔަ ގަޑި ނިންމާފަ މަޑުކުރާށޭ ބުނީމާ މަޑުނުކޮށް ދިޔައީވެސް! ކީއްވެތަ ހަނދާން ނެތިގެން ތި ޔުނީފޯރމް ނުލައި ނާންނަނީ!”
މުދައްރިސް ވެސް ނުކިއްސަރު ގޮތުގައި އަހަންނަަށް މަލާމަތްކޮށްލިއެވެ. ކުލާހުގެ ހުރިޙާ ކުދިން ޕަކަޕަކަ ލާފައި ހޭންފެށިއެވެ.
“މު.ދައް..ރިސް…… ހަނދާ….ންނެ….”
” ކޮން މޫދާއްރީ…..ސް އެކޭ ކިޔާކަށް! މިއަދު ޒާހީގެ ބެލެނެވެރިޔާ ގެންނާނަން! މިހާރުގެ ޒާހީގެ ކަންތައް މާ މައްޗަށް މިދަނީ! މިހާރު އެއް ފަހަރަށް ދޫކޮށްލެވިއްޖެ!”
ކަންތައްތައްވާނީ މިހެންކަން ކުރިންވެސް އަހަންނަށް އެނގެއެވެ. އަހަރެން ކުރާނީ ކިޔެއް ހެއްޔެވެ؟ ހަމަ ހަނދާންނުވަނީއެވެ. ގެޔަށް ގޮސް ވެސް ފިލާވަޅު ހެދުމަށް ހަނދާން ކުރުމަށް ވަރަށް މަސައްކަތްކުރަމެވެ. ކޮންމެ ވެސް ކަމެއް ކުރަންޖެހޭ ކަން ހަނދާނުގައި ހުރެއެވެ. ނަމަވެސް ކޮންކަމެއްކަމެއް އެއްގޮތަކަށް ވެސް ހަމަ ހަނދާނަކަށް ނާންނަނީއެވެ.
“ކިހާ ބޮޑު ކަމެއް މީދެން ޒާހީ! ކޮންމެ ދުވަހަކުވެސް ކޮންމެ ވެސް މުދައްރިސެއް މަ ސުކޫލަށް ގެންނާނެ! އެންމެން ވެސް ހަމަ އެއް ބަންޖެއް މިކިޔަނީ! ފިލާވަޅެއް ނުހަދައޭ! ފިލާވަޅެއް ދަހެއް ނުކުރެއޭ! ގަޑި ނިންމާފަ މަޑެއް ނުކުރެއޭ! ލަދުން ބިންފަޅައިގެން އަޑިއަށް ހިނގައިދާނެ! ބަލަ ޒާހީ މިހާރު ތިއުޅެނީ ގްރޭޑް 05 އެއްގައޭ! އަމިއްލައަށް ޒިންމާ ނަގަން ދަސްކޮށްބަލަ! މިހާރު ތިއީ ބޮޑުމީހެކޭ! ކޮންމެ ފަހަރަކު މަންމަ ބުނީމައެއް ނޫނޭ ގޮސް ފިލާވަޅުހަދާނީ!”
މަންމަގެ އެ ބަސްތަކާއެކު އަހަރެންގެ މޫޑް އެއްކޮށް ގެއްލިޖެއެވެ. ނަފްސް ކުށްވެރި ކުރެވެން ފަށައިފިއެވެ. އަމިއްލަ ނަފްސާ ސުވާލުކުރީމެވެ.
” މީހަކު ބުނާ އެއްޗެއް ހަނދާނުގައި ނުހުންނަނީ ކީއްވެ ހެއްޔެވެ؟ ފިލާވަޅު ހެދުމަށް ހަނދާން ނެތެނީ ކީއްވެ ހެއްޔެވެ؟ ފިލާވަޅުތައް އަހަރެންގެ ސިކުނޑީއަށް ނުވަންނަނީ ކީއްވެ ހެއްޔެވެ؟”
ޖަވާބެއް ނުލިބުނެވެ. ދެން އެކަން ވެސް އަހަރެންގެ ސިކުނޑިން ފިލައިގެން ހިނގައްޖެވެ. ފޫހިވެފައި ވުމުގެ ސަބަބުން އެއްޗެހި ބަދަލުކޮށްލައިގެން ފުޓްބޯޅަ ކުޅުމަށް ދަނޑަށް ދިޔައީމެވެ. ކަމެއްވީހެން ހީވެސް ނުވެއެވެ. ދާދިފަހުން ޖެހި ބިހި ކަހައިވެސް ނުލައެވެ.
“ޒާހީ.. ޒާހީ…..ޒާހީ…..”
ހީވަނީ މަގުގެ އެއްކޮޅުގައި ހުރެފައި މީހަކު އަހަންނަށް މަޑުމަޑުން ގޮވާހެންނެވެ. އެއީ ވެސް ބިލާހެކެވެ. މިގޮވަނީ މަންމައެވެ. މަންމަ އިނީ ކައިރީ އިން ސޯފާގައެވެ. މަންމަގެ މޫނުމައްޗަށް އަރާފައިވާ ކުލައިން އަހަންނަށް ގޮވައިތާ ލައްކަ އިރުވެއްޖެކަން އަހަންނަަށް އިހުސާސް ކުރެވުނެވެ.
” ބަލަ އަބަދު ކޮންހިޔާލަކަށް ގެއްލިފަތަ ތިއިންނަނީ… މިހާރު ކިތައް ފަހަރު ޒާހީ ކައިރީ މިބުނަނީ ތިތަނުން ފެންވަރަން ދާށޭ! އެއޮށްގެން އިރުއޮށްސެނީއޭ..”
އެއްޗެކޭ ބުނަން އުޅެފައިވެސް އެ ބުަނަން އުޅުނު ޖުމުލަ ދުލަށް ނައުމުން އިތުރަށް ކޮށައި މަށައިގެން އެ ޖުމުލަ ބުނުމުގެ ބަދަލުގައި އަހަރެން ގޮސް ކޮޓަރިއަށް ވަނީމެވެ. އެހެން ވާހަކަދައްކައިފިނަމަ މަންމަގެ ފައިވާނުގައި ހުރި ވަރު މިރޭވެސް ދައްކައިލާފާނެވެ.
“މަންމާ!!.. މިތާ… އެ.އަރޕޯ…ޓުގައި މި ކިއެއްކުރަނީ….؟”
” ސާބަސް ޒާހީ! ހަމަ މަ އަނގަ ނުގޮށްވިގެން ދޯ ތި އުޅެނީ! މިހުރީ މިއަދު ދޮންދައްތަ ޑަކްޓަރީ ފާސް ނަގައިގެން ރާއްޖެ އަންނާތީ ދޮންދައްތަ ބަލައި އައިސް އެންނު”
ޖުމުލަތަކަކާއެކު މޫނުމައްޗަށް ވެސް އެތިފަހަރެއް ލިބުނެވެ. ތެދެކެވެ. މި ހުރި ދޮންދައްތަ ބަލައި އައިސްފައެވެ. އެކަން އަހަރެންގެ ހަނދާނުން އެހާ އަވަހަށް ކައްސައިލީ ކީއްވެހެއްޔެވެ؟ މިއަދު ހަތަރުދަމު އެކަމާ އުފާފާޅުކުރި އިރު އެހާ އަވަަހަށް އެ ހަނދާންނެތުނީ ކީއްވެހެއްޔެވެ؟ އެކަމާމެދު އަނެއްކާ ފިކުރު ކުރަންވެއްޖެނަމަ އަހަރެންގެ ސިކުނޑި ގޮވައިދާނެއެވެ.
އަހަރެންގެ މި އައިބު ދިރިއުޅުނުން ފުރަތަަމަ ވެސް އަޅައިގަނީ ދޮންދައްތަގެ ލޮލުގައެވެ. އަދި ވަރަށް ރަނގަޅަށް އަހަރެންގެ އަމަލުތައް ކައިރިން ދޮންދައްތަ ބަލަމުންދާކަން އަހަންނަށް ފާހަގަކުރެވުނެވެ. މިހުރިހާ ދުވަސްތަކެއްގައި އަހަރެންގެ ހިތުގައި އުފެދޭ ޝަކުވާތަކަށް ޖަވާބުދިނީ ދޮންދައްތައެވެ. އަހަރެންގެ ސިކުނޑީގައި އުފެދޭ ސުވާލުތަކަށް ޖަވާބު ލިބުނީ ދޮންދައްތަގެ ފަރާތުންނެވެ.
” އާން މަންމާ! އެއީ ޒާހީ ކޮއްކޮ އަމިއްލަ އަށް އުޅޭ ގޮތެއް ނޫން! އެއީ “ޑިމެންޝިއާ” ކިޔާ ބައްޔެއް! މާނައަކީ ސިކުނޑީގެ ސެލްތައް ހަލާކުވަނީއޭ! އެކަމުގެ ސަބަބުން ކަންތައްތައް ވަރަށް އަވަހަށް ހަނދާނުން ކައްސާލައިގެން ދާނެ! ވާހަކަ ދެއްކުމުގައި ލަސްކަމަކާ އައިބުކަމެއް ފާޙަގައެއް ނުކުރެވޭތަ؟ އެއީ އެބަލީގެ ސަަބަބުން ސިކުނޑީގައި އުފެދޭ ޖުމުލަތައް ދުލާ ހަމައަށް ފޯރުކޮށްދިނުމުގެ މަރުހަލާގައި އުނގޫތަކެއް ދިމާވާތީ! އަދި މި ބަލީގެ ސަބަބުން ވަރަށް އަވަހަށް މޫޑް ވެސް ބަދަލުވެގެންދާނެ! ބައެއް ފަހަރު ފުން ހިޔާަލަކަށް ވެސް ގެއްލިފައި އިނެދާނެ!”
ހުރިހާ ޝުކުރެއް ވެސް ހައްޤުވެގެން ވަނީ ދޮންދައްތައަށެވެ. ދޮންދައްތަގެ ލަފާގެ މަތިން މިހާރު މި ބައްޔާ ގުޅޭ ޙާއްސަ މީހަކަށް ދެއްކިއްޖެއެވެ. އަދި ދިން ބޭސްތަކާއި ޕްރެކްޓިކަލް އެކްސަސައިޒްތަކުގެ ސަބަބުން މިހާރު ކޮންމެވެސް ވަރެއްގެ ކުރިއެރުމެއް އައިކަން ހުދު އަހަރެންނަށް ވެސް ފާޙަގަކުރެވުނެވެ. ދަރިންގެ އަމަލުތައް ހުންނަ ގޮތްތައް މައިންބަފައިން ކައިރިން ބަލަން ޖެހެއެވެ. އަދި ފާހަގަވާ އައިބު ގޮތްތައް މީހުންނާ ހިއްސާކޮށް އެކަމަށް ހައްލެއް ހޯދުމަކީ މުހިއްމު ކަމެކެވެ. މިއާ ހިލާފަށް އެކުދިންނަށް ދިމާއަށް ރުޅިއައިސް އެއްޗެހި ކިޔާ އަނިޔާ ކުރުމުން މިފަދަ ކަންކަމަށް އެއްްވެސް ހައްލެއްނުލިބޭނެއެވެ.
ކެޓެގަރީ: ކުރުވާހަކަ

1653

bibgry

0.0

vaahakaige name Bing kurinama dho ?

3 months ago

Mau

0.0

މި ވާހަކައިގެ ނަން ގޫގުލް ކުރީމަ އަންނަނީ ފްރާންސް ބަހެއްގެ ގޮތުގައި..ވާހަކަ ކިޔާލީމަ މި އިނގުނީ މި ލިޔުންތެރިޔާ ލިޔަން މި އުޅެނީ ޑިމެންޝިއާ އާއި ބެހޭގޮތުން ކަން….
ބައްޔަށް ކިޔާ ނަން އޮޅިގެން އެގޮތަށް ލިޔެވުނީތޯ؟

3

1

3 months ago

Uranium_235

0.0

?Isn’t it dementia

7

3 months ago

ކިޔުންތެރިންގެ ހިޔާލު ކެންސަލް
Your Rating



Source link

Leave a Reply

Related Articles