• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ރެސިޕީ ⁄ ޕެޕަރ އެންޑް ސޮސެޖް ޕިއްޒާ

ޕެޕަރ އެންޑް ސޮސެޖް ޕިއްޒާ



ބޭނުންވާ ތަކެތި
1 ޕިއްޒާ ބްރެޑް ނުވަތަ ފުއްޕި މާގެ ފުށްގަނޑު
4 ސޮސެޖް ތުނިކޮށް ފޮތިކޮށްފައި
1 ޖޯޑު ވަރަށް ހަނި ހަނިކޮށް ކޮށާފައި ހުރި ރެޑް ބެލްޕެޕަރ
 
2/1 ޖޯޑު ޕީލްޑް ޓޮމާޓޯ
 
2 ކެޕްސިކަމް ކަރު ނަގާ (ކުދިކޮށް ކޮށާފައި)
ފަޅި ގްރީން އަނިއަން ވައްކޮށް ކޮށާ އެތިއެތި ކޮޅަށް ނައްޓާާފައި
3/1 ސަމުސާ މުގުރި އަސޭ މިރުސް
1 ފިޔާ ( ވަރަށް ހިމުންކޮށް ކޮށާފައި)
2 ޓޮމާޓޯ  ( ފޮތިކޮށްފައި)
3/1 ޖޯޑު ޓޮމާޓޯ ސޯސް
3/1 ޖޯޑު ޗިލީ ސޯސް
3/1 ސައި ސަމުސާ އަޖިނަމޮޓޯ
1 ޖޯޑު ގާނާފައި ހުރި މޮޒެރެއްލާ ޗީޒް
1 ސައި ސަމުސާ ލޮނުމެދު ( ޗިސްކޮށްފައި ހުރި
ލޮނުކޮޅެއް
ބަޓަރު ކޮޅެއް
ތެޔޮ ފޮދެއް
ތައްޔާރުކުރާނެ ގޮތް
ތަވާ އުނދުން މައްޗަށް އުދާލާފައި
ކުޑަ ތެޔޮ ފޮދެއް އަޅާފައި ހޫނުވީމާ ފިޔާ، ކެޕްސިކަމް .މިރުސް،  އަޅާފައި ދޭފަތުން ހަލަމުން ދާށެވެ. ފިޔާކޮޅު މޯޅިވީމާ ސޮސެޖް. ލޮނު އސޭ މިރުސް ، ލޮނުމެދު. އަޖިނަމޮޓޯ ޕީލްޑް ޓޮމާޓޯ، ޓޮމާޓޯ ސޯސް ، އަޅާފައި ރަހަ ނިކުންނަވަރަށް ކެކުމުން އަުނދުން މަތިން ބާލާށެވެ. ޓްރޭއެއްގައި ތުނިކޮށް ބަޓަރު ހާކާލާފައި ބްރެޑް ބާއްވާފައި ނުވަތަ ފުއްޕިމާ ރޮށީގެ ފުށްގަނޑު އިންޗިއެއްގެ 3/1 ބޯމިނަށްޓްރޭގައި ފަތުރާލާފައި  މަސްގަނޑު ފަތުރާލާފައި މަތީގައި ބެލްޕެޕަރ ކޮޅާއި އަދި ގްރީން އަނިޔަން ފަތުރާލާފައި ޓޮމާޓޯ ފޮތި ތައް އަތުރާލާފައި އެންމެ މައްޗަށް ޗީޒް ވިއްސާލުމަށްފަހު އަވަނުން ފިހެލާށެވެ.
 
ޖުވޭ



Source link

Leave a Reply

Related Articles