• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ވާހަކަ ⁄ ޕްރިންސަސް ރަނާ

ޕްރިންސަސް ރަނާ


3653127

ނޯޓު: މިއީ ހަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ޚިޔާލީ ވާހަކައެކެވެ.
އަހަރެންނަކީ އުމުރުން 21 އަހަރުގެ ޒުވާނެކެވެ. މުޅި ދުވަހުގެ ގިނަ ވަގުތުތައް އަހަރެން ހޭދަ ކުރަނީ ފޭސްބުކްގައެވެ. އެކި އަންހެން ކުދިންނާއި ވާހަކަދައްކައި ހީސަމާސާ ކުރުމަށެވެ. ފިރިހެން ކުއްޖެއް އަހަރެންނަށް ފޭސްބުކުން ގޮވައިލިޔަސް އަހަރެން އެކަމަކަށް އިޖާބެއް ނުދެމެވެ. އެޔަށް ވުރެށް އަހަރެން މާ ބިޒީ އެވެ. އެކި އަންހެން ކުދިން ގާތުގައި އަހަރެން ފޮނިކެނޑުމުގައި މުޅި ދުވަސް ދާ ގޮތްވެސް ޚުދު އަހަރެންނަކަށް ވެސް ނޭނގެއެވެ.
އަހަރެންނަކީ ގިނަ އަންހެން ކުދިން ބުނާ ގޮތުން ނަމަ ވަރަށް “ހޭންޑްސަމް” މީހެކެވެ. އަހަރެންގެ ބުޅި އިސްތަށިގަނޑުގެ ޖާދޫގައި އެތައް އަންހެންކުދިންނެއް ޖެހެމުން ދިޔައެވެ. އަހަރެން އަމިއްލައަށް އަހަރެން މިއީ ހާދަ ރީތި މީހެކޭ ހިތަށް އަރާ ފަހަރުވެސް އާދެއެވެ.
އާދައިގެ މަތިން އަހަރެން މިއަދު ވެސް ފޭސްބުކަށް ވަނީމެވެ. އަހަރެންނަށް ލިބިފައި ހުރި މެސެޖުތަކާއި ނޮޓިފިކޭޝަންތައް އަހަރެން ބަލަމުން ގެންދިޔައީމެވެ. ކުއްލިއަކަށް އަހަރެންގެ ނަޒަރު ހުއްޓުނީ އަހަރެންނަށް އައި ފްރެންޑް ރިކްއެސްޓަކުންނެވެ.
“ޕްރިންސަސް ރަނާ”
އަހަރެންނަށް އެ ކުއްޖާގެ ފޭސްބުކް އައިޑީ މަޑުމަޑުން ކިޔައިލެވުނެވެ. ހަމައެއާއި އެކު އެ ކުއްޖާގެ ޕްރޮފައިލް ބަލާލީމެވެ.
“ވާވް… ވާވް…”
އަހަރެންނަށް ބޭއިޚުތިޔާރުގައި ބުނެވުނެވެ. އާނކެވެ. އެއީ ހަމަ އަސްލުވެސް “ޕްރިންސަސް” އެކެވެ. “އޭންޖަލް” އެކެވެ. އަހަރެންގެ ހިތް ވަގުތުން “ޕްރިންސަސް ރަނާ” އަށް ގޮވަން ފަށައިފިއެވެ. ފްރެންޑް ރިކްއެސްޓް އަހަރެން ޤަބޫލުކުރީ ހިތުން ރުހުމުންނެވެ. ވަރަށް ބޮޑަށް ބޭނުންވެގެންނެވެ. އަހަރެން އެއްގޮތަކަށްވެސް ލަސްކުރާކަށް ބޭނުމެއްނުވިއެވެ. ވަގުތުން “ހައި” ޖަހައިލީމެވެ.
އެކަމު ކަންތައް ދިމާވީ ވަރަށް ދެރަ ގޮތަކަށެވެ. އަހަރެންގެ ފޯނަށް އަޅާފައިވާ އިންޓަރނެޓް ޕެކޭޖް ހުސްވެއްޖެއެވެ.
“އޯ ޝިޓް… އެ ހުސްވީ ޕެކޭޖް…”
އަހަރެންނަށް ބޭއިޚުތިޔާރުގައި ބުނެވުނެވެ. އަހަރެން ފޯނު ހިފައިގެން ގައިގެ ހުރި ބާރަކަށް ދުވެފައި ރީލޯޑު ކުރާ ފިހާރައަކަށް ވަދެ ފޯނަށް ރީލޯޑެއް އަޅައިފީމެވެ. ފޭސްބުކަށް ވަތް އިރު އަހަރެން އުފަލުން ފޮޅުނެވެ. އަހަރެންނަށް “ޕުރިންސަސް ރަނާ”ގެ ފަރާތުން މެސެޖްތައް އޮހެމުން ދަނީއެވެ. ތަފާތު މެސެޖުތަކެކެވެ.
“ހެލޯ”
“އޭ”
“ދިޔައީތަ؟”
“އޯކޭ”
“ރަނާ ވެސް ދެންދަނީ”
“ބާއި”
އަހަރެން މެސެޖުތައް ކިޔާލީމެވެ. އަހަރެން ވަގުތުން ރިޕްލައި ކުރަން ފެށީމެވެ. އެވަގުތު ރަނާވެސް އޮންލައިނުގައި އިނުމުންނެވެ.
“އަހަރެން މި އައީ އޭ… ތިއީ ކޮން ކުއްޖެއްތަ؟ ހާދަ ލޯބި ކުއްޖެކޭ…” އަހަރެން ރަނާއަށް ފުރަތަމަވެސް ކުރީ ތަޢުރީފެވެ.
“ރަނާ… ދިރިއުޅެނީ މާލެ ގަ… 20އަހަރު… ތީނަ ޔޯ…؟” ރަނާގެ ކުރު ތަޢާރަފެއް އަހަރެންނަށް ދިނެވެ. އަހަރެންވެސް ރަނާއަށް ތަޢާރަފު ވެލީމެވެ.
ރަނާ އާއި އަހަރެން ފޭސްބުކުގައި އެތަކެއް ވަގުތުތަކެއް ފޫހި ކަމެއް ނެތި ވާހަކަ ދައްކަމުން ގެންދިޔައީމެވެ. އެކި ވާހަކަތަކެވެ.
ދުވަސްތައް ފާއިތުވަމުން ދިޔައެވެ. އަހަރެންނާއި ރަނާގެ ގުޅުން ވެސް ދިޔައީ އެއް ދުވަހުން އަނެއް ދުވަހަށް ބަދަހިވަމުންނެވެ. އެކަމަކު ހަމައެކަނި ފޭސްބުކުންނެވެ. އަދި އަހަރެމެން ދިމާވެސް ނުވެއެވެ. ރަނާގެ ފޯނު ނަމްބަރެއްވެސް އަހަރެންނަކަށް ނޭނގެއެވެ. އަހަރެންނަށް ޔަޤީންވާ ކަމަކީ އަހަރެންގެ ހިތުގައި ރަނާއަށް ޚާއްޞަ މަޤާމެއް ދެވިއްޖެކަމެވެ. އަހަރެންގެ ޙަޔާތަށް ރަނާ އައި ފަހުން އެހެން އަންހެންކުދިންނާއި އަހަރެން އޮތް ގުޅުން މުޅިން ހީނަރުވެގެން ދިޔައެވެ. އަހަރެންގެ ހިތް މިހާ އަވަހަށް ބަދަލުވެގެން މިދިޔައީ ރަނާގެ ރީތިކަމުގެ ސަބަބުންނެވެ. އެ ރީތި ކަމުގެ ޖާދޫގައި އަހަރެން ޖެހި ނިމިދާން ނެގީ ހަމަ ކުޑަ ސިކުންތުކޮޅެކެވެ.
އަހަރެންނަށް 21 އަހަރު ފުރުނު އިރުވެސް އެހާ ރީތިކަމެއް ލިބިފައިވާ އަންހެންކުއްޖެއް އަަހަރެން ނުދެެކެމެވެ. އެ ރީތި ދެލޮލެވެ. ފަން ދިގު އިސްތަށިގަނޑެވެ. އެ ލޯބިލޯބި ތުންފަތެވެ. އެ އަލިކަން ގަދަ ދޮން މޫނެވެ. އެ ރީތިކަން ފެނި ފަލަކުން ހަނދުވެސް ވެއްޓިގެން ގޮސްދާނެވެ. އެހާވެސް ރީއްޗެވެ. އެހާވެސް ފުރިހަމައެވެ. ބައެއް ފަހަރު އެއީ އިންސާނެއް ބާއޭ ވެސް ހިތަށް އަރައެވެ. ﷲ ގެ ކުޅަދުންވަންތަކަމާއެވެ. ސަހަރޯއެވެ. ރަނާ ހާދަ ރީއްޗެވެ.
ރޭދުވާ މަގުން އަހަރެންގެ ހިތް ރަނާ އަށް ގޮވަމުންދެއެވެ. ރަނާ އާއި ބައްދަލު ކޮށްލާ ހިތުން އަހަރެން ހިތް މޮޔަވާން ގާތް ވެއްޖެއެވެ. އަހަރެންގެ ހުރިހާ ވެސް އުފަލަކީ މިހާރު ރަނާއެވެ. އެއީ މިހިތުގެ ރާނީއެވެ. ރަނިކަމަނާއެވެ.
އަހަރެންގެ އެދުމަށް ރަނާ އޭނާގެ ފޯނު ނަމްބަރު ދިނެވެ. ފޭސްބުކުން އަހަރެންގެ ހިތުގައި ރަނާއަށްޓަކައި ޖަހަން ފެށި ވިންދު، ފޯނު ކޯލް ތަކާއި ހިސާބަށް ވާޞިލު ވެއްޖެއެވެ. ދަންވަރުގެ ވަގުތުތައް ރަނާގެ ޖާދުވީ އަޑުން އަހަރެންގެ ހިތް ކަތިލައި ކޮށައި މަށަމުން ދިޔައެވެ. އެހެންނަމަވެސް ހަށިގަނޑަށް ލިބުނީ ވޭނެއް ނޫނެވެ. އަރާމެވެ. ހިތްހަމަޖެހުމެވެ. އަަހަރެން ރަނާ ގާތުގައި ދިމާކުރަން ބޭނުންވާ ވާހަކަ ބުނީމެވެ. އެކަމަށް ރަނާ އާނބަސް ބުނީ އަހަރެން ހީވެސް ނުކުރާހާ އަވަހަށެވެ. އަަހަރެން ވަރަށް އުފާވީމެވެ. އަހަރެން ނިންމީ ރަނާ އާއި ދިމާކޮށް މިހިތް ރަނާއަށް އެދޭވަރު އަންގާލާށެވެ. ރަނާ ދެކެ އަހަރެން ލޯބިވާ މިންވަރު ބަޔާންކޮށްދޭށެވެ.
އާދުވަހަކަށް އިރު އުދަރެހުން މަރުޙަބާ ކިޔަމުން އައީ އަހަރެންގެ ހިތް އުފާ ކުރުވަމުންނެވެ. އަހަރެން ފޯނު ނަގައި ރަނާއަށް ގުޅީމެވެ. އެތައް އިރަކު އަހަރެމެން ދެމީހުން ވާހަކަދައްކަން އޮތީމެވެ. އަހަރެން ރަނާ ގާތުގައި ބުނީމެވެ. ތިޔައީ މި އުނޑުދަށުގައި ހުރި އެންމެ ރީތި އަންހެން ކުއްޖާއެވެ. ރަން މުތްތަކެއްގެ ތެރެއިން ނޫރާނީ މަލެއް ފަރިވިޔަސް އެ ފަރިކަމަށް ވުރެށް ރަނާ ފަދަ މަހާރާނީއެއް ގެ އުޖާލާކަމުން ވިދާ ވިދުން މާ ހިތްގައިމު ވާނެކަމަށެވެ. އަހަރެން ފަށުވި އިބާރާތްތަކުން ރަނާއަށް ތަޢުރީފު ކުރަމުން ގެންދިޔައީމެވެ.
އަހަރެންގެ އިންތިޒާރަށް ނިމުން އަންނަނީއެވެ. އަހަރެންގެ ހިތުގެ ރާނީ ކަމުގައިވާ ރަނާ އާއި ބައްދަލުކުރަން އަހަރެން ގެއިން ނިކުމެ ސައިކަލަށް އަރައި ނައްޓާލީމެވެ. ރަނާ ދަޢުވަތު ދިނީ ސީދާ އޭނާގެ ގެޔަށެވެ. ރަނާ ފެންނަ ހިނދު އަހަރެން ހާދަ ކަންތައްތަކެއް ކުރާނަމޭ ހިތަށް އަރައެވެ. ލޯބިން ގޮސް ބޮސް ދޭންވެސް މިހިތް ބޭނުންވެއެވެ. ރަނާ އުރާލަން ވެސް ބޭނުންވެއެވެ.
އަހަރެން ގޮސް ސައިކަލް މަޑުކޮށްލީ ރަނާ ބުނި އެޑްރެސްގެ ދޮރު ކުރިމައްޗަށެވެ. އަހަރެންގެ ހިތް ވަރަށް ބާރަށް ތެޅެން ފަށައިފިއެވެ. މިއީ އަހަރެންނަށް އަބަދުވެސް ވާ ވަރެވެ. އަންހެންކުދިންނާއި ދިމާކުރަން ވަރަށް އުޅޭނެވެ. އެކަމު އެހާ އަހަރެން ފިނޑިވެސް ވާނެއެވެ. އަަހަރެން ފޯނު ނަގައި ރަނާއަށް ގުޅަން ފޯނުގެ އަތްގަނޑަށް ފިއްތާލީމެވެ.
“ޕޮއް…” އަހަރެން ސިއްސައިގެން ގޮސް ފަހަތްބަލާލީމެވެ.
“މަށަށް ދޯ ތި ގުޅަނީ…؟؟”
އަހަރެންގެ ފަހަތުގައި ހުރި އަންހެން ކުއްޖާ އެހެން ބުނުމާއިއެކު އަހަރެން ލައިގެން ހުރި ޖިންސުގެ ކަށްގަނޑު މަޑުމަޑުން ތެމެން ފެށިއެވެ. އާނކެވެ. އަހަރެންނަށް ހީސްލެވުނީއެވެ. ގަޔަށެވެ. ގަތް ބިރެއްގެ ބޮޑު ކަމުންނެވެ.
“ނޫން… ނޫން… އަަހަރެން… އަ…ހަރެން ނުގުޅަން….” އަހަރެން ގަތީ އަމަށަކު ބިރެއް ނޫންނެވެ.
“ކޮން ފާޑަކަށްތަ ތި އުޅެނީ…؟ މީ ރަނާ އޭ… ތި ހިތުގެ ރާނީއޭ.. ހިނގާބަ ދެން ރޫމަށް…” އެ އަންހެން ކުއްޖާ ހިނިތުންވެލިއެވެ. ދަތްތައް ފެންނަވަރަށެވެ. އަހަރެން އިތުރަށް ގަތީ ބިރެވެ.
“ތީ… ތީ… ރަ… ރަނާ ތަ؟…” އަަހަރެން ވަރަށް ޖެހިލުންވެ ހުރެ އެހީމެވެ.
“އާނ… ކިހިނެއްވީ ބޭބީ…؟؟ ހިނގާ އަވަހަށް ރޫމަށް ދާން..”
ރަނާ އަހަރެންނަށް ރޫމަށް ދިޔުމަށް އަނެއްކާވެސް ދަޢުވަތު ދިނެވެ. އަހަރެން ބަލާކަށް ނުހުރެ ސައިކަލްގެ މުށްގަނޑަށް ފެލައިލީމެވެ. އެތަނުން ފިލައި ރައްކާވުމަށެވެ. ރަނާ އަހަރެންނަށް ވަރަށް ގޮވިއެވެ. އެހެންނަމަވެސް އަހަރެން ބާރު ދުވެލީ ގައި ސައިކަލު ދުއްވާފައި ގޮސް އަހަރެންގެ ގޭގެ ދޮރުމަތީގައި މަޑުކޮށްލީމެވެ. އޭރު އަހަރެން ހުރީ ވަރުބަލިވެފައެވެ.
އަހަރެންގެ ހިތަށް އެރިއެވެ. ރަނާ އަކީ ހަމަ އަސްލު ވެސް “ޕްރިންސަސް” އެކެވެ. އެކަމު އެއީ ފޮޓޯ އެޑިޓް ކުރަން ބޭނުން ކުރާ ތަފާތު އެޕް ތަކުގެ “ޕްރިންސަސް” އެވެ. ރަނާގެ ރީތި ކަމަކީ އެޑިޓެކެވެ. އެއީ ހަޤީޤަތެއް ނޫނެވެ. ފޭސްބުކަށް ލާ ކޮންމެ ފޮޓޯއެއް ރަނާގެ އަސްލު ގެއްލޭ ވަރަށް ތަފާތު އެޕްތައް ބޭނުންކޮށް ސިފަ ބަދަލު ކޮށްގެން ރަނާ ވީ ފޭކު “ޕްރިންސަސް” އަކަށެވެ. އެ ފޭކު “ޕްރިންސަސް” އަހަރެން މޮޔަކޮށް ލައިފިއެވެ. ދެން އަހަރެން ވިސްނާނަމެވެ. ފެންނަ ކޮންމެ ރީތި ކަމަކީ ހަޤީޤަތެއް ނޫންނެވެ. ހަމަ އެބީދައިން ވިދާހާ ކޮންމެ އެއްޗެއް ރަނަކަށް ވެސް ނުވާނެއެވެ. ރަނާ އަކީވެސް އެފަދަ ފޭކު ރަނުގެ ބާވަތެއްކަން އަހަރެންނަށް ކަށަވަރުވެއްޖެއެވެ. ދެން އަހަރެން ވާ ސަލާމެވެ.
ނިމުނީ
ކެޓެގަރީ: ހަޤީޤީ ވާހަކަ ކުރުވާހަކަ މަޖާ ވާާހަކަ ލޯބީގެ ވާހަކަ

3653

izey

0.0

ޖުލައި މަހުގެ ނިޔަލަށް ރާއްޖެއަށް އަންނަ ފަތުރުވެރިން ސަމާލުވުމަށް އެދި ދުޢާ ކުރަމެވެ ??

1

13 hours ago

Koko

0.0

Thanks

1

1 day ago

izey

0.0

ގަޔަށް ފޮޑި ޖެހުނީމާ ހީސް ލެވޭނޭ

1

2 days ago

izey

0.0

Fureytha anany kaalan

1

2 days ago

Anonymous

0.0

LOL?????

2

2 weeks ago

?P-I-N-K__?__M-O-N?

0.0

Fureytha ehtha .noony handi ehtha . Fenun ehcheh describe kohdhin Nama ehnu dho . Varah balaalaa .
hihvehje eyna iny kihinehkan

4

3 weeks ago

ރާއިފް

0.0

ކިހިނެއް ހުރިމީހެޙް ތަ ފެނުނީ

2

3 weeks ago

Anonymous

0.0

???

2

1

1 month ago

koko

0.0

Wow

2

1 month ago

Anonymous

0.0

Varah salhi yoo

1

1 month ago

ކިޔުންތެރިޔާ

0.0

ކަލޭނޭ ފުރޭތައެއްތަ ފެނުނީ

2

1 month ago

Unknown lover

Hama vedhaane
??Hehe lol

4 weeks ago

love

0.0

???????

1

1 month ago

Anonymous

0.0

ވަރަށް މަޖާ

3

2 months ago

Mmmmmmh

0.0

Kalo ahan ves heeheee

3

2 months ago

Anonymous

0.0

Lol varah majaa???

6

1

2 months ago

ގުބޮޅި

0.0

މަހީކުރީ ވެރުނީކަމައް ހަހަހަހަ

11

2 months ago

Anonymous

0.0

Hees levunee ey bunithankolhun kiriyaa hini gan’du falhain nudhiyaee?????. Huvaa hee hee halaaku vehje ????

10

2

2 months ago

Kids

0.0

Haha.. heehee halaak

10

2 months ago

Yash

0.0

ގަޔަށް ހީސްލެވުނީމަ ހާދަ ވަރެކޭ ދޯ އެވީ؟

9

2 months ago

??????????

0.0

???????

11

2 months ago

Anonymous

0.0

?????

15

1

2 months ago

????

0.0

??????

20

1

2 months ago

ކިޔުންތެރިންގެ ހިޔާލު ކެންސަލް
Your RatingSource link

Leave a Reply

Related Articles