• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ ޖުމްހޫރީ ޕާޓީން ބާއްވަން އުޅުނު ބޮޑު ޖަލްސާ ފަސްކޮށްފި

ޖުމްހޫރީ ޕާޓީން ބާއްވަން އުޅުނު ބޮޑު ޖަލްސާ ފަސްކޮށްފި


ޖުމްހޫރީ ޕާޓީގެ ލޯކަލް ކައުންސިލް އިންތިހާބު ފެށުމުގެ ގޮތުން ބާއްވަން އުޅުނު “ދީނާ ގައުމުގެ ދިފާއުގައި” ޖަލްސާ ފަސްކުރަން އެ ޕާޓީ އިން ނިންމައިފިއެވެ.ހޮނިހިރު ދުވަހު ބެއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަން އިއުލާން ކުރެއްވީ އެ ޕާޓީގެ މެމްބަރުން ކަމުގައިވާ އަހްމަދު ނިހާން އާއި އަލީ އާރިފް އެވެ. ޖުމްހޫރީ ޕާޓީ އިން މި ޖަލްސާ ފަސްކުރަން ނިންމީ މިހާރު ދުނިޔޭގައި ހަލުވިމިނެއްގައި ފެތުރެމުންދާ ކޮރޯނާ ވައިރަސްއާ ގުޅިގެން ގިނަ ބަޔަކު އެއް ތަނަކަށް އެއްވެ އުޅުމަކީ، ރައްކާތެރި ކަމެއްގެ ގޮތުގައި ނުދެކޭތީ ކަމަށް އެ ޕާޓީ އިން ވަނީ ބުނެފައެވެ.މިކަމާއި ގުޅިގެން އެ ޕާޓީ އިން ނެރުނު ބަޔާނުގައި ވަނީ، މި ހާލަތުގައި އެފަދަ އެއްވުމަކުން ލިބިދާނެ ސިޔާސީ ފައިދާއަކަށްވުރެ ބޮޑަށް ދިވެހިންގެ ދުޅަހެޔޮކަމާ، ރައްކާތެރިކަމާ، ސަލާމަތަށް އިސްކަންދިނުން އެއީ ފަރުދެއްގެ އެންމެ އިސް ޒިންމާއަށް ހަދަންޖެހިފައިވާ ދަނޑިވަޅެއް ކަމަށެވެ.ގައުމުގެ ހާލަތު ބަދަލުވުމުން އެ ޖަލްސާ ބާއްވާނެ ތާރީހެއް އިއުލާންކުރާނެ ކަމަށް ވެސް ޖޭޕީގެ ބަޔާނުގައި ވެއެވެ. އަދި މިއީ މި ވައިރަސް ދިވެހިންނަށް ފޯރަފާނެކަމުގެ ބިރުވެރިކަން އިންތިހާއަށް އޮތް ދަނޑިވަޅަކަށް ވުމުން، ޖަލްސާ ނުބޭއްވުމަކަކީ އެންމެ ރައްކާތެރި ގޮތްކަމުގައި ދެކޭ ކަމަށް ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވެއެވެ.



Source link

Leave a Reply

Related Articles