• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ދީން ⁄ ޙައިޟުގެ ދުވަސްވަރު ޖިމާޢުނުވެ އެނޫން އެހެން ގޮތަކުން އަރާމެއް ލިބިގަތުމަކީ ދީނީގޮތުން ކޮންކަހަލަ ކަމެއްތޯ؟

ޙައިޟުގެ ދުވަސްވަރު ޖިމާޢުނުވެ އެނޫން އެހެން ގޮތަކުން އަރާމެއް ލިބިގަތުމަކީ ދީނީގޮތުން ކޮންކަހަލަ ކަމެއްތޯ؟


ސުވާލު: ޙައިޟުގެ ދުވަސްވަރު ޖިމާޢުނުވެ އެނޫން އެހެން ގޮތަކުން އަރާމެއް ލިބިގަތުމަކީ ދީނީގޮތުން ކޮންކަހަލަ ކަމެއްތޯ؟

ޖަވާބު: ޙައިޟުގެ ދުވަސްވަރު ޖިމާޢުނުވެ އެހެން ގޮތަކުން އަރާމެއް ލިބިގަތުމަކީ ހުއްދަކަމެކެވެ. އޭގެ ދަލީލުތަކަކީ،
ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވިއެވެ.
كُنْتُ أَغْتَسِلُ أَنَا وَالنَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ مِنْ إِنَاءٍ وَاحِدٍ، كِلانَا جُنُبٌ، وَكَانَ يَأْمُرُنِي فَأَتَّزِرُ، فَيُبَاشِرُنِي وَأَنَا حَائِضٌ-رواه البخاري ومسلم މާނައީ: ”ތިމަންކަމަނާއާއި ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމް އެއް ކަންވާރަކުން ނާނޭފުޅުފިއްލަވަމުއެވެ. އެއީ ތިމަންކަމަނާއާއި އެކަލޭގެފާނާ ޖުނުބުވެރިޙާލުގައި ވަނިކޮށެވެ. އަދި ތިމަންކަމަނާގެ ޙައިޟުގެ ދުވަސްވަރު އެކަލޭގެފާނު ތިމަންކަމަނާއަށް އިޒާރެއް އަނުމަށް އަމުރުކުރައްވައެވެ. އެއަށްފަހުގައި އެކަލޭގެފާނު ތިމަންކަމަނާއާ ލޯބިކުރައްވައެވެ.“
އަދި ހަމަ އެހެންމެ އެކަލޭގެފާނުގެ އަނބިކަނބަލެއް ކަމުގައިވާ މައިމޫނާ ރަޟިޔަﷲ ޢަންހާގެ ކިބައިން ރިވާވެގެންވެއެވެ. كَانَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يُبَاشِرُ نِسَاءَهُ فَوْقَ الْإِزَارِ وَهُنَّ حُيَّضٌ- رواه البخاري ومسلم މާނައީ: ”ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ، އިޒާރެއްގެ މަތިން އެކަލޭގެފާނުގެ އަނބިއަނބިކަނބަލުން ޙައިޟުގައިވާ ދުވަސްވަރު މުބާޝަރާކުރައްވާ ހައްދަވާކަމުގައިވިއެވެ. (ލޯބިކުރައްވާ ހައްދަވައެވެ.)“
ޙައިޟުގެ ދުވަސްވަރު ޖިމާޢުވުމާ ބެހޭގޮތުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. اصْنَعُوا كُلَّ شَيْءٍ إِلَّا النِّكَاحَ-رواه مسلم މާނައީ: ”ޖިމާޢުވުން ފިޔަވައި ހުރިހާކަމެއް ކުރާށެވެ.“

ޖަވާބު ދެއްވީ = الشيخ محمد شافع






Source link

Leave a Reply

Related Articles