• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ދީން ⁄ ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟



07 ޑިސެމްބަރ 2018 ގެ ލިޔުމާ ގުޅޭ
الحد ގެ لغوي މާނައަކީ:
المنع އެވެ. (މަނާ ކުރުމެވެ.) މިގޮތުން البوّاب (ދޮރު ބަލަހައްޓާ މީހާ) އަށް الحدّاد އޭ ވެސް ކިޔެއެވެ. އެއީ، އޭނާ ދޮރުން ވަނުމަށް މީސްތަކުންނަށް މަނާކުރާތީއެވެ. އިސްލާމީ ޝަރީޢަތުގައި العقوباتއަށް الحدއޭ ކިޔެނީ އެ حد ތަކުގެ ސަބަބުން އެފަދަ ކުށްތަކަށް އަރައިގަތުމަށް މަނާކުރާ ސަބަބަކަށް ވާތީ ކަމުގައި ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން ލިޔުއްވާފައި ވެއެވެ. حدود الله ގެ مراد އަކީ: މާތް الله حرام ކުރެއްވި ތަކެއްޗެވެ. ނުވަތަ ކަންތައްތަކެވެ. އެއީ އެފަދަ ކަންތައްތައް މާތް الله حرام ކުރައްވާފައި ވާ ތީއެވެ. އަންނަނިވި އާޔަތަކީ އޭގެ دليل ކެވެ. تِلْكَ حُدُودُ اللَّـهِ فَلَا تَقْرَبُوهَا (سورة  البقرة:187) މާނައީ: “އެއީ މާތް الله ގެ حد ތަކެވެ. ފަހެ، ތިޔަބައިމީހުން އެއާ ކައިރި ނުވާށެވެ!”
الحد ގެ اصطلاحي معنى އަކީ:
އިޞްޠިލާޙީ މާނަ ޢިލްވެރިން ދެ ގޮތަކަށް ގެންނަވައެވެ. އެއްގޮތަކީ: މާތްالله ގެ حق އަށްޓަކައި ކަނޑައަޅާފައިވާ ވާޖިބު عقوبات އެކެވެ. އަދި އެހެން މާނައެއް ގައި މާތް الله ގެ ޙައްޤެއް ވިޔަސް ނުވަތަ އަޅުންގެ ޙައްޤެއް ވިޔަސް، އެކަމަކަށް ޝަރުޢީ ގޮތުން ކަނޑައަޅާފައިވާ ޢުޤޫބާތެއެވެ. މިއީ ޙަނަފީން ފިޔަވައި އެހެންބޭކަލުން (އެބަހީ: ޖުމްހޫރު ދަންނަބޭކަލުން) ކުރައްވާފައިވާ ތަޢުރީފެވެ.
 اللهގެ މިފަދަ ޢުޤޫބާތު ޝަރުޢު ކުރައްވާފައި ވަނީ އިންސާނުންގެ ކަރާމާތަށްޓަކަ އެވެ. އެބައި މީހުންގެ ޢިއްޒަތާއި، ނަސަބާއި، މުދަލާއި، ބުއްދިއާއި، ނަފްސު ސަލާމަތް ކުރުމަށްޓަކަ އެވެ. ނަމަވެސް މިކަންތަކުގެ ތެރެއިން ބައެއް ކަންތައްތަކަކީ ހަމައެކަނި الله ގެ ޙައްޤު ތަކެކެވެ. އެބަހީ: މުޖުތަމަޢުގެ ޙައްޤުތަކެވެ. މިސާލަކަށް ޒިނޭގެ ޙައްދާއި ރަލުގެ ޙައްދެވެ. އަނެއް ބަޔަކީ އޭގައި الله ގެ ޙައްޤާއި އަޅުންގެ ޙައްޤު އެކުލެވިފައިވާ ޙައްދުތަކެވެ. މިސާލަކަށް ޤަޛުފުގެ ޙައްދު ފާހަގަކޮށްލެވެއެވެ.
ޙައްދު ޤާއިމު ކުރުމަށް މާތް ﷲ އަންގަވާފައިވާ ކުށްތަކަކީ:

حد الزنى (ޒިނޭގެ ޙައްދު)
حد القذف (ޤަޛުފުގެ ޙައްދު)
حد السرقة (ވައްކަމުގެ ޙައްދު)
حد الحرابة أو( قطع الطريق) (ޙަރާބާ ނުވަތަ ފޭރުމުގެ ޙައްދު)
حد الخمر (ރަލުގެ ޙައްދު)
عقوبة القصاص (ޤިޞާޞްގެ ޢުޤޫބާތް)
عقوبة الرد (މުރުތައްދުވުމުގެ ޢުޤޫބާތް)

“އަލްފިޤްހުލްއިސްލާމީ ވަ އަދިއްލަތަހޫ” ގައި ވާގޮތުން ބައެއް ބޭފުޅުން البغى (ބަޣާވާތް ކުރުން) 8 ވަނަ ޙައްދު ކަމުގައި ބަޔާން ކުރައްވާފައި ވެއެވެ.



Source link

Leave a Reply

Related Articles