• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ މުނިފޫހި ފިލުވުން ⁄ 96 ކިލޯގެ ސާރާ ހިކުމުން ޔޫއެސް އެއާޕޯޓްގައި އަބަދުވެސް ތާށިވޭ

96 ކިލޯގެ ސާރާ ހިކުމުން ޔޫއެސް އެއާޕޯޓްގައި އަބަދުވެސް ތާށިވޭ


Share

ބޮލީވުޑުގެ ތަރި، ސާރާ އަލީ ހާން، 96 ކިލޯގައި ހުރެފައި ހިކުމުން އޭނާއަށް ޔޫއެސްގެ އެއާޕޯޓް ތެރޭގައި އަބަދުވެސް މައްސަލަތައް ދިމާވާ ކަމަށް ސާރާ ބުނެފި އެވެ.

Advertisement
އުމުރުން 25 އަހަރުގެ ސާރާއަކީ ސައިފް އާއި އަމްރިތާގެ ކައިވެންޏަށް ލިބިފައިވާ އެންމެ ދޮށީ ދަރިފުޅު، ސާރާ ހިކިފައި ވަނީ އޭނާ ކިޔަވަން އެމެރިކާގައި އުޅުނު އިރެވެ. އޭނާ ވަނީ ހަތަރު މަހުގެ ތެރޭގައި 30 ކިލޯ ލުއި ކޮށްލާފަ އެވެ. ސާރާ ބުނީ ހިކުނުއިރު ވެސް އޭނާގެ އައިޑީކާޑުގައި އިންނަނީ ވަރަށް ފަލަ އިރުގެ ފޮޓޯއެއް ކަމުން އެއާޕޯޓްގެ އޮފިޝަލުން އޭނާއާ ސުވާލުކުރުމަށް ހިފަހައްޓާ ކަމަށެވެ. އެގޮތުން އެއާޕޯޓުން ސަލާމަތްވަނީ ވަރަށް ހާލުން ކަމަށް ސާރާ ބުނެ އެވެ. ސާރާ ކުރިން ހާމަކުރި ގޮތުގައި ހިކިފައި ހުރި މަންޒަރު ފެނުމުން އޭނާގެ މަންމަ ވެސް ހައިރާންވި އެވެ. އެގޮތުން ސާރާ ބުނީ އޭނާ ޗުއްޓީއަށް އިންޑިއާއަށް ދިޔައިރު އޭނާގެ މަންމަ ހުރީ އޭނާ ބަލާއި އެއާޕޯޓަށް ގޮސް ކަމަށެވެ. އަދި މަންމައަށް އޭނާ ފާހަގަކުރަން އެނގުނީ އޭނާ ގެންގުޅޭ ފޮށި ފެނުމުން ކަމަށް ވެސް ސާރާ ބުނެއެވެ.ސާރާ ބުނީ، އޭނާ ހިކެން މަސައްކަތް ކުރި ދުވަސްތަކުގައި މަންމައަށް ފޮޓޯއެއް ވެސް ފޮނުވާފައި ނުވާކަމަށެވެ. އެހެންކަމުން ބޮޑު އަދަދެއް ލުއި ކޮށްލުމުން މީހާގެ ސިފައަށް ވެސް ބޮޑު ބަދަލެއް އައި ކަމަށެވެ.ސާރާ ބޮލީވުޑަށް ތައާރަފުވެފައި ވަނީ އަބީޝޭކް ކަޕޫރު ޑައިރެކްޓުކޮށް ނެރުނު ފިލްމު “ކެދާނަތު” އިން ނެވެ. ސުޝާންތު ސިންގް ރާޖުޕުތާއެކު އޭނާ އެފިލްމުގައި ފެނިގެންދާއިރު ގިނަ ބަޔަކަށް ވަނީ ސާރާގެ އެކްޓިން ކަމުގޮސްފައެވެ. ދެން ސާރާ ފެނިގެންދިޔައީ “ސިމްބާ” މިމަހުގެ 28 އިންނެވެ.އެންމެ ފަހުން ސާރާ ފެނިގެންދިޔައީ ލަވް އާޖްކަލްއިން ކާތިކް އާރިޔަންއާއެކު އެވެ. Source link

Leave a Reply

Related Articles