• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ވާހަކަ ⁄ ހާލަތުގެ ޝިކާރަ

ހާލަތުގެ ޝިކާރަ


269456

އެދުވަހުވެސް އަހަރެން ނަސޭހަތްދިނީ ބިބީގެ ފިޔަފަޅުތަށް ރަނގަޅު ނޫންކަމަށް އަހަރެންނަށް ފެނުމުންނެވެ. އެކަމަކުވެސް ބިބީ އަހަރެންގެ ނަސޭހަތް ޤަބޫލު ނުކުރީ އެވެ. ކޮންމެ ދުވަހަކުވެސް އިރު އަރައެއް ނޫން ހެއްޔެވެ؟ އެހެންވިއްޔާ އިރު އޮއްސޭނެ އެވެ. މިއީ ބިބީގެ ވިސްނުން ހުންނަގޮތެވެ.
ބިބީ އަކީ އަހަރެންގެ ބޮޑުބޭބެ އެވެ. ބޮޑުބޭބެ އަށް ވިއެއްކަމަކު އަހަރެމެން ދެމީހުންގެ އުމުރުގެ އެހާ ބޮޑު ފަރަޤެއް ނުހުންނާތީވެ އަހަރެމެން ދެމީހުން އަބަދު އެއްކޮށް އުޅޭތީ ފެންނަނީއެވެ. ދެމީހުންގެ ތެރެއިން އަހަރެންގެ ވިސްނުން ތޫނުވެފައި މާ ބޮޑަށް ހަރުދަނާ ވާހަކަ ބައްޕަ ބުނާނެއެވެ. އަސްލު އެހެންވީ ސަބަބު އެނގޭނީ އާއިލާ މިހުންނަށެވެ. ބިބީ ވިހެއިއިރު ކުޑަ ކަމުން ކަރަންޓު ފޮއްޓެއްގައި ބިބީ ބާއްވަން ޖެހުން ވާހަކަ މާމަ ކިޔައިދިނެވެ. އެހެންކަމުން ބިބީގެ ވިސްނުން ކޮށީއެވެ.
ބިބީ އާއި އަހަރެން އަބަދުވެސް ރޮކެޓް އުދުއްސައިހަދަމެވެ. އަހަރެންނަކީ ރޮކެޓްގައި އިންނަން ޖެހޭ މީހާ ކަމުގައި އަހަރެން ބިބީ ކައިރީގައި ބުނެވުނު އަދަދެއްވެސް ނޭގެއެވެ. އަހަރެން ރޮކެޓްގައި ނީންނަނަމަ ރޮކެޓް ވެއްޓި މުޅި ދުނިޔެ ފަނާވެދާނެއެވެ. ދުނިޔޭގެ ސަލާމަތަށްޓަކައި އަހަރެން ކޮންމެ ފަހަރަކު ރޮކެޓުގައި އިންނަމެވެ.
އެދުވަހުވެސް އަހަރެން އިނީ ރޮކެޓްގައެވެ. ރޮކެޓްގައި އިންނައިރު ހުރިހާ އެއްޗެއް ރީތިކޮށް ފެނެއެވެ. ބިބީ ހުރީ ފަރުބަދަމަތީގައެވެ. ބިބީގެ ފިޔަވަޅުތަށް ހުރިގޮތުން ކޮންމެފަދަ ވަގުތެއްގައިވެސް ބިބީ ހޫނު އަލިފާނަށް ވެއްޓިދާނެއެވެ. އެހެންވެ އަހަރެން ނަސޭހަތްދިނީ ފަރުބަދަމަތިން ފޭބުމަށްފަހު ދޮންވެލިގަނޑުމަތީގައި ހިނގުމަށެވެ. ބިބީ ބުނިގޮތުންނަމަ އިރުއޮއްސުމުން ހޫނު އަލިފާން ފިނިވެގެން ގޮސް އޭގެ މަތީގައި ހިނގާލެވޭ ވަރުވާނެ އެވެ. އެކަމަކު އިރުނުއޮއްސިއްޖެ ނަމަ ބިބީ ހޫނު އަލިފާނަށް ވެއްޓޭނެ ނޫންހެއްޔެވެ. ބިބީ ބުނީ އިރުއަރާފައި ހުރެއްޖިއްޔާ އިރު އޮއްސޭނެކަމަށެވެ. މިކަމާ އަހަރެން ވަރަށް ހިތްހަމަ ނުޖެހުނެވެ. އިރު މެދުއުޑުގައި ހަރުލާފަ ހުރެދާނެތީއެވެ. އިރު ނުއޮއްސި ބިބީ ހޫނު އަލިފާނަށް ވެއްޓި ގުރައަކަށް ބަދަލުވެދާނެތީއެވެ. އޭރުން އަހަރެން ކިހާ އެކަނި ވާނެ ހެއްޔެވެ؟ ބިބީ އަށް ހަމަ ނުވިސްނެނީއެވެ. އެންމެ ފަހުން އަހަރެންކައިރި އަށް ރުޅިއައީއެވެ. ބިބީ ގައިގައި ދަތްއަޅާ ބިބީ ނިތްކުރީގައި އަހަރެންގެ ނިތްކުރިން ޖެހި ޖެހީނުން ދެމީހުން ހެއަށް ގޮތްވީ އެވެ.
އަސްލު ކަން ހިނގާ ދިޔަގޮތް އަހަރެންގެ ބައްޕަ އަށް އަހަރެން ކިޔައިދިނީމެވެ. އެހެން މީހަކާއި އަހަރެން ވާހަކަ ދައްކަން ބޭނުން ނުވާތީއެވެ. ބައްޕަ ތެދުވެގެން ބޭރަށް ނިކުތްތަން އަހަރެން ބަލަން އޮތީ މެވެ. ދެއަތް އެނދުގައި އައްސާފަ އޮތުމުން ކަރުދޮށް ކަހާލަން ބޭނުންވިޔަސް ނުކެހިފައެވެ.
އަންސާރު ހޮސްޕިޓަލްގެ ޕްރައިވެޓް ކޮޓަރީގެ ދޮރު ކައިރިކޮށްލުމަށް ފަހު ބޭރަށް ނިކުތްއިރު ދީމާ ފެންކަޅިވެފައި ގޮނޑީގައި އިށީނދެ އިންތަން ފެނުނެވެ. މަޑުމަޑުން އެދިމާލަށް މިސްރާބު ޖެހުމަށްފަހު ހުރި ފިޔަވަޅުމަތީގައި މަޑުކޮށްލީ ޑޮކްޓަރ އިދުރީސް ފައިލެއް ހިފައިގެން އެދިމާލަށް އަންނަތަށް ފެނިފައެވެ. ދީމާ ވެސް ލޯފުހެލުމަށް ފަހު އަންސާރު ކައިރިއަށް އައިސް ހުއްޓުނެވެ.
” ބައިޕޯލަރ ޑިސްއޯޑަރ ވިތު ސިވިއަރ ސްކިޒޮފްރޭނިއާރ!! އަންސާރު އަށް މިކަން އެނގިލައްވާ ދެއްތޯ؟ އިޝާގެ ބިހޭވިއަރ ވޮސްޓްވާހެން ހީވަންޏާ އެސައިލަމްއަށް ގެންދިއުމަށް އަޅުގަނޑު ދެންނެވީން ނޫންތޯ؟ އަދި އިޝާގެ ހާލަތު ބޭހުން ރަނގަޅު ނުވާ ވާހަކަ ވެސް އަޅުގަނޑު އެދުވަހު ދެންނެވީން… މިހާރު ދެން އިތުރު ޗޮއިސްއެއް ނެތް އެނގޭތޯ… އިޝާ މެންޓަލް އެސައިލަމް އަށް ބަދަލުކުރަން އަޅުގަނޑުމެން މަސައްކަތް ފަށަނީ!” ދީމާގެ ގިސްލުމުގެ އަޑު އިވުމުން އަންސާރު ދީމާގެ ކޮނޑުގައި އަތްޖައްސާލާ ފިރުމާލީ ހިތްވަރު ދިނުމުގެ ގޮތުންނެވެ.
” ޑޮކްޓަރ! އަޅުގަނޑުގެ ކޮއްކޮ އައިސަރު…” އަންސާރުއަށް އަހާލެވުނެވެ.
“އައިސަރުގެ ކިބައިން އެހާ ވައިލެންޓް ބިހޭވިއަރ އެއް އޮބްޒަރވް ނުކުރެވޭ.. އަދި ވަރަށް ކޯޕަރޭޓިވް. ބޭހުން އަސަރު އެބަ ކުރޭ އައިސަރުއަށް.. އެހެންވީމަ އައިސަރު އޮބްޒަވޭޝަންގަ މި ބަހައްޓަނީ.”
advertisment
އައިސަރު އާއި ނުލާ އިޝާ އެންމެ ހިނދުކޮޅެއްވެސް ވޭތުކުރާކަށް ބޭނުމެއްނުވާނެއެވެ. ދެމީހުން އެކީގައި އެއްކޮޓަރިއަކަށް ލަނީވެސް އެހެންވެގެންނެވެ. އަންސާރު މާޔޫސްވިއެވެ. އިޝާ އެކަނި ވާނެތީއެވެ. އަންސާރުގެ ހުރި އެންމެ ދަރިއެކެވެ. އެދަރިފުޅު ބޭނުން ކޮންމެ ކަމެއް އަންސާރު ކޮށްދެން ބޭނުންވެއެވެ. އެދަރިފުޅު ރަނގަޅުވުމަކީ އޭނާގެ އެންމެ ބޮޑު އުއްމީދެވެ. އެކަމަށްޓަކައި އަންސާރުގެ އެއްބަޑު އެއްބަފާ ކޮއްކޮ އައިސަރު އަކީ ވެސް ސިކުނޑީގެ ބަލިމީހަކަށް ހަދައި އިޝާގެ ހާލަތުގެ ޝިކާރައަކަށް އައިސަރު ހެދީ އިޝާގެ ހާލަތު ރަނގަޅުވެދާނެ ކަމަށް އޭނައަށް އިހްސާސް ކުރެވުމުންނެވެ. އެކަމަކު މިއަދު އެކަމަކަށްޓަކައި އޭނާ އެންމެ ބިރުގަތް ކަންތަށް ލައިގަތީއެވެ. އިޝާ މެންޓަލް އެސައިލަމްއަށް ގެންދަންޖެހުނީއެވެ. އައިސަރު ބަލަހައްޓަން ބޭނުން ނޫނަސް އައިސަރު ބަލަހައްޓަން ޖެހުނީއެވެ. ދެން ހަދާނެގޮތެއް އަންސާރުއަށް ނޭގި އިޝާ ފުރޮޅުލީ ގޮޑިއެއްގައި އެސައިލަމްގެ ވެހިކަލަށް އެރުވި މަންޒަރު ބަލަހައްޓައިގެން ހުރެވުނެވެ. އެވަގުތު ޑޮކްޓަރ އިދްރީސް އައިސް އަންސާރު ކައިރީގައި މަޑުމަޑުން ބުނެލިއެވެ.
“އަންސާރުގެ އެދިލެއްވުމަކަށް އައިސަރުގެ ކޭސް އަޅުގަނޑު ހޭންޑަލްކުރީ… އަންސާރު ބޭނުންވި ގޮތަށް.. އެކަމަކު ދެން މިކަން ހުއްޓަވާލައްވާ!! އައިސަރުއަށް އިހްމާލުވާތަން ދެކެން އަޅުގަނޑު ދެން ނުހުންނާނަން. 12 އަހަރު މި ގޮތަށް އުޅެވިއްޖެ.. އެންމެ ކަތި ފިޔަވަޅެއްވެސް އެޅީ ރިޕޯރޓް ކުރަންޖެހޭ ފަރާތަށް އަޅުގަނޑު ޑޮކިޔުމެންޓް ތަކާއެކު ރިޕޯރޓް ކުރާނަން. ”
އަންސާރުގެ ކޮނޑުގައި އަތްބާއްވާލުމަށްފަހު ޑޮކްޓަރ އިދުރީސް ކާރުގެ ތަޅުދަނޑި އަތުތެރެއަށްލައި މުށްބާރުކޮށްލަމުން ކާރުގެ ތެރޭގައި އިށީނެވެ. އަދި ހިތްހަމަ ޖެހުމުގެ ނޭވައެއް ދޫކޮށްލީ އަހަރު ތަކަކަށް ފަހު މިނިވަންކަން އިހްސާސް ކުރެވުމުންނެވެ. އެދުވަހު 9 އަހަރުގެ އައިސަރުގެ ބައިޕޯލަރ ޑިސްއޯރޑަރ ހުރި ކަމަށް ޑައިގްނޯސްކޮށް އަންސާރުގެ 8 އަހަރުގެ ބައިޕޯލަރ ހުރި ދަރިފުޅާއި އޭރު ނޯރމަލްކޮށް ހުރި އައިސަރު އާއި އެއް ހާލަތަކަށް ގެނައީ ހަމަ ފައިސާގެ ދަހިވެތިކަމުގައެވެ. އޭގެ 12 އަހަރު ފަހުން މިއަދު އެކަން ރަނގަޅުކުރުމަށް ފުރުސަތު ލިބުމުން ފަސްނުޖެހި އެކަން ކުރެވުނީތީ ޑޮކްޓަރ އިދްރީސް ހާސް ފަށުން ޝުކުރުކުރިއެވެ.
ކާރުގެ ކުޑަދޮރުގެ ބިއްލޫރިގަނޑުން ބޭރުބަލައިލި ވަގުތު ހޮސްޕިޓަލްގެ ކުޑަދޮރުން ބޭރުބަލަންހުރި އައިސަރު ޑޮކްޓަރ އިދްރީސްގެ ލޮލުގައި އަޅައިގަތެވެ. އެވަގުތު ކަންކުރެވުނު ގޮތާއި މެދު ސުވާލު އުފެދުނީ އައިސަރުގެ މޫނުގެ ކުލަވަރު ފެނިފައެވެ.
އެމީހުން ބޭބީ އެގެންދަނީ ކޮންތަނަކަށް ބާއެވެ؟ ބިބީ ދާންޖެހޭނެ ބާއެވެ؟ އައިސަރު އަށް ވިސްނުމަށް ނައީ ދެން ހަދާނެ ގޮތެކެވެ. ބޭބީ އާއެކު ނުގޮސްފިނަމަ އަނެއްކާ ދޮންބެ ރުޅި އަތުވެދާނެއެވެ. ރޭގަނޑު ގަޑީގައި ބިބީ ގުދަނުގައި ތަޅުލާފަ ބަހައްޓައިދާނެއެވެ. ބިބީ ހަދާނީ ކިހިނެއް ހެއްޔެވެ؟
” އައިސަރު! އެކަމާ ހާސްނުވޭ! އަހަރެން މިހިރީނު! ދޮންބެއަށް ވެސް، އެއްކަލަ ފަލަ ޑޮކްޓަރަށްވެސް އެއްކަމެއްވެސް ނުކުރެވޭނެ! އައިސަރު މިގަޑީގައި ނިދާލާ! ”
އަބަދުވެސް އައިސަރުއަށް އައިމަން ދައްކާ ވާހަކަ އަޑުއިވެއެވެ. އެހެން މީހުންކައިރީގައި އައިމަން ބުނާގޮތަށް އައިސަރު ކަންތަށް ކުރާ ވާހަކަ ނުބުނުމަށް އައިމަން އަންގާފައި އޮންނާތީވެ އައިސަރު ނުބުނަނީއެވެ. ބޭބީ އެކަނި ވިޔަސް އައިސަރު އެކަންޏެއް ނުވެއެވެ. އައިމަން ހުންނާތީއެވެ. އައިމަން ބުނާގޮތުންނަމަ ހުރިހާ ކަމެއް ދެންދާނީ ރަނގަޅަށެވެ. ބޭބީ ދިޔައީމައި ހުރިހާ ކަމެއް ރަނގަޅުވީއެވެ. އައިސަރު އެނދުގައި އޮށޯވެ ލޯމަރައި ބާރުކޮށްލީ ނިދާލުމުގެ ބޭނުމުގައެވެ.
ކެޓެގަރީ: ކުރުވާހަކަ އުފެއްދުންތެރި

2694

???Naseyhaiyy therivanee not rude???

0.0

???And i love it keep it up???

2 months ago

???Naseyhaiyy therivanee not rude???

0.0

Thi enmennah ves furathama v goiyy ingeynee
rangalhah kee nama ennu.furathama comment kuraairu rangalhah kiyaabala dhw.after that comment plz noonee rangalhu kolaashey miveni thankolhen eyrun reethi vaaney buneema vaahaka liyaa meehaa ah ves v bodu hiyy vareh libeyne dhw.i know that eki meehunge hiyaalu hunaanee eki gothah kan but……. plz

1

2 months ago

858

0.0

Concept molhey bunee ??

3

6 months ago

މޯދީ

0.0

ގެޓް ވޭ

1

7 months ago

ގެސް

0.0

އެއީ ސިކުނޑި ހަމަ ނުޖެހޭ ކުދިން. އެކުދިންގެ ނަޒަރުން ވާހަކަ ފަށާފަ ، ނިންމާފަ އެއިނީ. މެދު ތެރެއިން އެއީ އެކުދިންގެ ދިރިއުޅުމުގަ ތިބި އެހެން މީހުންގެ ނަޒަރުން ވާހަކަ ގެނެސް ދީފަ

9

7 months ago

Mu

0.0

Ohumeh nufilaa ehgothakah vs vaanuvaaga nimuniruvs

1

5

7 months ago

Bohalaaku

0.0

?? Mi v kihineh ??

1

4

7 months ago

malmal

0.0

neyge miga v eggothrhvrx.. feshinsureh nimendhen vaanyvaa ga.. mithi kadaey.. liyanyaa thankolheh rangalhu ehcheh liyefa publish kohbbe dhw

10

7

7 months ago

?

Sikidi hulhuwaalaigen kieema v goiy egije… meehun liyaa waahaka ah ufehdhuntheri hiyaalu dheyn neygenyaa nudhee hurebal..

7

7 months ago

Kiyuntheriyaa

Mee creative writing. Abadhu loabeege vaahaka kiyaa myhunnakah mikahala vaahaka eh get eh nuvaane

8

3

7 months ago

Anonymous

Ehntha?
Molhiyya mi vee goiy ragalhah kiyaidheebala!!

3

1

7 months ago

ސޮރީ ފަހުން އެގުނީ ވީގޮތް

އޭގައި ބިބީ އަކާއި ބޭބީ އަކާއި އެއީ ސިކުޑި ހަމަނުޖެހޭ ދެކުދިން. ދެން އެއީ އެކުދިންގެ ބެލެނިވެރިން. ބޭބީ އާއި ބިބީ އަކީ ކަޒިން. ބޭބީ އަކީ އަސްލު ބަލި ކުއްޖެއް، ބިބީ ބަލި ކުއްޖެއްކަމަށް ހެދީ ޑޮކްޓަރ އާއި ބޭބީގެ ބައްޕަ ރޭވުމެއްގެ ތެރެއިން. ދެން ފަހުން ޑޮކްޓަރ އެކަމަށް ހިތާމަކޮށް އެކަން ހުއްޓުވީ. ހުއްޓުވިފަހުން ޑޮކްޓަރ އަށް ޝައްކުވީ ބިބީ އަކީ ވެސް އަސްލް ހަމަ ސިކުޑީގެ ބަލި ކުއްޖެއްކަން. ބީބީ އަކީ އައިސަރު އައިސަރު ގެ ހިޔާލީ މީހެއް އައިމަން އަކީ.

8

7 months ago

Backpack

0.0

Mee kocheh. Olhun bolhun. Mulhin kada.

8

7

7 months ago

ކިޔުންތެރިންގެ ހިޔާލު ކެންސަލް
Your Rating



Source link

Leave a Reply

Related Articles